ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހަކީ މި ޖީލުގެ ”އަނދިރި އަނދިރިން“: ޑރ ޖަމީލު

ރައީސް އިބްރާހިމް މުހައްމަދު ސާލިޙް އަދި ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަކީ، ދިވެހިރާއްޖޭގެ ގައުމިއްޔާތަށް ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި ވައިރަސްކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހުގެ ސަރުކާރުންވަނީ މޮރިޝަސްއަށް ޗާގޮސް ވިއްކާލާފައިވާކަމަށް ބުނެ، ކުރީގެ ރައީސް އަދި އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްވެސް ފާހަގަކުރައްވާފައިވާއިރު، ޗާގޯސް މައްސަލައިގައި ނުރުހުން ފާޅުކުރައްވާ ޖަމީލު ވިދާޅުވީ، ރައީސް ސާލިހު އެ މައްސަލައިގައި އަމަލުކުރައްވަނީ ރާއްޖެއަށް ގެއްލުންވާގޮތަށްކަމަށެވެ. އަދި އެކަން ކުރައްވަނީ ގަސްތުގައިކަމަށް އެނާ ވިދާޅުވިއެވެ.

ޖަމީލު ވިދާޅުވީ، ރައީސް ސާލިހުގެ އަނބިކަނބަލުންގެ ބައްޕާފުޅުން ފެށިގެން އާއިލީ ފަރާތްތަކުންވެސް ގައުމަށް ދީފައިވާ އަނިޔާ ފެންނަން އޮތްކަމަށެވެ. އަދި މިހާރު ފޮތިފޮތި ކުރުމަށް ފަހު، ރާއްޖޭގެ ސަރަހައްދުވެސް ވިއްކަން ފަށާފައިވާކަމަށާއި، އަދިވެސް މި ކޯލިޝަން ސަރުކާރާއި އެކު ތިބޭނީތޯ ޖަމީލު ވަނީ ސުވާލުކުރައްވާފައެވެ.

ޖަމީލު ވިދާޅުވީ، ރާއްޖެ އަދި މޮރިޝަސްގެ އިން ކަނޑައެޅުމަށް ނިންމާފައިވާ އުސޫލުތަކަށް ބަލާލުމުން، ރައީސް ސާލިހު ހިންގާފައިވާ ”ޖަރީމާ“ ހާމަވާކަމަށެވެ. އަދި މި ކަން ހިންގާފައިވަނީ ރާވައިގެންކަމަށާއި، ރާއްޖެއިން ބައެއް މޮރިޝަސް އަށް ދިނުމަށް އެދުނީ ރައީސް ސާލިހުގެ ސަރުކާރުންކަމަށާއި އެމަނިކުފާނަކީ ގައުމަށް ޖެހިފައިވާ އެންމެ ނުރައްކާތެރި ވައިރަސްކަމަށާއި، އެމަނިކުފާނަކީ މި ޖީލުގެ ”އަނދިރި އަނދިރިން“ ކަމަށްވެސް ޖަމީލު ސިފަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: