ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗާގޮސް މައްސަލައިގެ ސްޓޭންޑު ބަދަލުކުރުން: ސިޓީގައި ހިމެނޭ ވާހަކަތައް ސަރުކާރަށް ހާމަކުރެވެން ނެތް!

ރައީސް ސޯލިހާއި މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ކުމާރު ޖުގްނައުތާ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) ހުށަހަޅާފައިވާ މައްސަލައިގައި ސަރުކާރުން މީގެ ކުރިން ގެންގުޅުނު ސްޓޭންޑު ބަދަލުކޮށް އެ ގައުމުގެ ބޮޑުވަޒީރަށް ފޮނުވި ސިޓީގައި ހިމެނޭ ވާހަކަތައް ހާމަކުރެވެން ނެތްކަމަށް ސަރުކާރުން ބުނެފި އެވެ.

ރާއްޖެއާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިޓްލޮސް ހުށަހަޅާފައިވާ މައްސަލައިގެ ސްޓޭންޑު ބަދަލުކޮށް އެކަން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ހާމަކުރީ ނިމިދިޔަ ހަފްތާގެ ތެރޭގަ އެވެ. މިއީ ދެ މައްސަލައެއްގެ ގޮތުގައި ސަރުކާރުން ބުނާއިރު، މޮރީޝަސްގެ ސިޔާދަތު ގަބޫލު ކުރުމަށް ރާއްޖެއިން ނިންމިކަން ރިފްއަތު ހާމަކުރީ އިކޮނޮމިކް ޒޯންގެ ފުށު އަރާ މައްސަލައިގެ ޓްރައިބިއުނަލްގަ އެވެ.

ރާއްޖޭގެ ސަރަހައްދީ އިން ކަންޑައެޅުމާއި ގުޅޭގޮތުން ކަނޑުގެ ގާނޫނާއި ބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލުގައި ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލަކަމަށް ސަރުކާރުން ބުނާއިރު ކަނޑުތަކާއި ބެހޭ މައްސަލައިގެ ޓްރައިބިއުނަލުގައި ޗާގޯސްގެ މިލްކުވެރިކަމާއި ގުޅޭގޮތުން އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފައިވާ ގަރާރު ތަންފީޒުކުރުމަށް ދިވެހިރާއްޖެއިން ވޯޓު ދެނޭކަމަށް ހާމަކުރަން ޖެހުނީ ކޮން ސަބަބަކާއި ހުރެ ތޯ ސުވާލުތަކެއް ވަނީ އުފެދިފަ އެވެ.

ރާއްޖޭގެ ސްޓޭންޑު ބަދަލުކޮށް، އެ ނިންމުމުގެ ދިފާއުގައި ތަކުރާރުކޮށް އެކި ގޮތްގޮތުން މަސައްކަތްކޮށް ބުނަމުން ދަނީ މި ނިންމުމުގެ ސަބަބުން ރާއްޖެއަށް ލިބޭނެ އެއްވެސް ގެއްލުމެއް ނެތް ކަމަށެވެ.

މައްސަލައިގައި މާބޮޑެތި ވާހަކަތަކެއް ދެކެވިފައި ނުވަނީސް، ނުވަތަ ފެންމެތިވެ ބައިނަލްއަޣްވާމީ ގައުމުތަކުގެ މެދުގައި ބަހުސްއެއް އަދި ނެތް ވަގުތެއްގައި ދިވެހި ސަރުކާރުން މިފަދަ ސިޓީއެއް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވަން ޖެހުނު ސަބަބާއި މެދު ސުވާލު އުފެދެ އެވެ. އަދި ހާއްސަކޮށް ކުއްލި ގޮތަކަށް، ރައީސުލްޖުމްހޫރިއްޔާ ސިޓީއެއް ފޮނުވުމަށް ނިންމެވީ ކޮން ކަންތަކެއްގެ މައްޗަށް ބިނާކޮށް ދެކެވުނު ވާހަކައެއްގެ ތެރެއިންތޯ އާއި ސިޓީގައި ރާއްޖޭގެ ތައީދު ލިބޭނެކަމުގެ އިތުރަށް އެހެން މަޝްވަރާއަކަށް އެދިފައި ވޭތޯ ސުވާލު ކުރުމުން މިއުވާން ވިދާޅުވީ ދެ ގައުމެއްގެ ސަރުކާރާއި ދެމެދު ދެކެވޭ ވާހަކަތައް ހާމަ ނުކުރެވޭނެ ކަމަށެވެ.

”ދެ ގައުމުގެ ހެޑް އޮފް ސްޓޭޓް ބަދަލު ކުރާ ސިޓީތަކަކީ އާއްމު ގޮތެއްގައި އާއްމު ކުރާ އެއްޗެއް ނޫން.. އާއްމު ގޮތެއްގައި މިނިވަން ދުވަހުގެ ތަހުނިޔާ ކިޔަން މި ފޮނުވާ ސިޓީ ބައެއް ފަހަރު އެބަހުރޭ ބައެއް ގައުމުތަކުން އާއްމުކޮށްފައި..“ މިއުވާން

ސިޓީގެ ތަފްސީލުތައް ދެވެން ނެތް ނަމަވެސް، މައްސަލައިގައި ވަރަށް ގިނަ ދޮގު މައުލޫމާތާއި އޮޅުވާލުންތައް ފަތުރަމުންދާކަމަށް ވިދާޅުވެ، މިއުވާން ވަނީ އެ ލިޔެކިއުމުގައި ރާއްޖޭގެ ސްޓޭންޑު ބަދަލުވީ ނަމަވެސް އައިސީޖޭގެ ކަންތަކުގައި މޮރިޝަސްއަށް ތާއީދު ކުރިނަމަވެސް ކޮންޓިނެންޓަލް ޝެލްފް މައްސަލަ އަދި ޑީލިމިޓޭޝަން މައްސަލަ އެއްވެސް ގުޅުމެއް ނެތްކަމަށް ވަރަށް ސާފުކޮށް ލިޔެފައިވާނެކަމަށް ހާމަކުރައްވާފަ އެވެ.

”ކޮންމެ ދުވަހަކު ވެސް މިފަދަ ސިޓީތައް ފޮނުވާނެ.. ދެން މި ސިޓީތައް އާއްމުކުރުން އެއީކޮށް އުޅޭކަމެއް ނޫން“ މިއުވާން

އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ތުހުމަތުތަކަށް ރައްދު ދެއްވައި މިއަދުގެ ޕްރެސްކޮންފަރެންސްގައި މިއުވާން ވިދާޅުވީ އެބޭފުޅުންގެ މިހާ ކަންބޮޑުވުން މައްސަލައިގައި އޮތް ނަމަ 2017 ގައި ވޯޓު ދިނުމަށް ފަހު ”ވޯޓް އޮފް އެކްސްޕްލެނޭޝަން“ ދިނީސް ކަމަށެވެ. އަދި މި ސަރުކާރު ވެރިކަމަށް އައިސް 2019 ގައި ވޯޓު ދިނުމަށް ފަހު ”ވޯޓް އޮފް އެކްސްޕްލެނޭޝަން“ ދީފައިވާނެކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން ކުރިޔަށް އޮތްތަނުގައި ނަގާ ވޯޓެއްގައި ވެސް އެކަމުގެ ތަފްސީލު ރާއްޖެއިން ދޭނެކަމަށް މިއުވާން ވިދާޅުވި އެވެ.

ސިޓީއާއި ގުޅޭގޮތުން މިއުވާން ދެއްވި ޖަވާބު ފުރިހަމަ ނުވާތީ، އެހެން ނޫސްވެރިއަކު ވެސް ވަނީ އެ ސުވާލު ތަކުރާރުކޮށް ރައީސް ސޯލިހު މޮރިޝަސްގެ ބޮޑު ވަޒީރަށް ސިޓީއެއް ފޮނުވުމަށް އިސް ނެންގެވީ ކޮން ކަމެއްގެ ސަބަބުން ތޯ ސާފުކޮށްދޭން އެދިފަ އެވެ.

”ސިޓީފުޅެއް ފޮނުއްވުމުގެ އެ އިންޓްރެސްޓު.. އަސްލު މޯރަލް ކޮބައިތޯ.. އެކަމާއި ގުޅޭގޮތުން ވަރަށް ބޮޑަށް އެބަ ސުވާލު އުފެދޭ“ ސަންގުގެ ސުވާލަށް މިއުވާނަށް ޖަވާބު ނުދެވޭކަން ފާހަގަކޮށް ނޫސްވެރިޔާ ސުވާލު ކުރި އެވެ.

ޖަވާބުގައި މިއުވާން އަނެއްކާވެސް ވިދާޅުވީ، އިދިކޮޅުން ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި ވަރަށް ގޯސް ވާހަކަތަކެއް ދައްކަމުން ގެންދާކަމަށެވެ. އަދި އެކަމުގެ ސަބަބުން ”ވަރަށް ބޮޑުކަމެއް ވެގެން އުޅޭހެން“ ރައްޔިތުންނަށް ހީކުރެވެނީ ކަމަށެވެ.

”މާބޮޑުކަމެއް ވެގެންނެއް ނޫން މިއުޅެނީ.. އެބޭފުޅުން ބުނާ ގޮތުން ހީވަނީ ރާއްޖެ ދެންމެ ދެންމެއަކު ވިއްކާލަފާނެހެން… އެހެންނެއް ނޫނެއް ނޫންތޯ.. އަޅުގަނޑު މިއްދެއްކީ އެއް ނޫންތޯ އެ ހެކިތައް“ މިއުވާން

މިއަދުގެ ޕްރެސްގައި މިއުވާން ވަނީ ޗާގޮސް މައްސަލައިގައި، ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު މީޑިއާތަކާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ވަކި ނަމެއް ހާމަނުކޮށް މިއުވާން ވިދާޅުވީ ބައެއް ބޭފުޅުން ވާހަކަތައް ދައްކަވަނީ ވަކި ފައިދާއެއް ހޯދުމަށްކަމުގަ އެވެ. އަދި މުނައްވަރު ދެއްކެވި ވާހަކަތައް އެއީ އެއްވެސް ހަގީގަތެއް ނެތް، އިތުރުފުޅުތަކެއްކަން ރައްޔިތުންނަށް ސާފުވާނެކަމަށް މިއުވާން ވިދާޅުވި އެވެ.

ކަޗާގޮސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭ ގޮތުން އައިސީޖޭއިން ނިންމާފައިވާ ނިންމުމަށް އދ ގައި ރާއްޖެއިން ތާއީދުކުރަން ނިންމި މައްސަލައާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން އިޓޮލްސްގައި ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލަކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގެ މައްސަލައިގައި އަދިވެސް ރާއްޖޭގެ ސްޓޭންޑް ބަދަލު ނުވާކަމަށް ތަކުރާރުކޮށް ސަރުކާރުން ދަނީ ބުނަމުންނެވެ. ސަރުކާރުން ބުނެފައި ވަނީ ބަދަލުވީ އދ. ގައި ނަގާ ވޯޓިންގެ ސިޔާސަތުކަަމަށާއި ޗާގޮސް އިސްތިއުމާރުކޮށްގެން ތިބި، ތިބުމާ ދެކޮޅަށް އދ. ގައި ރާއްޖެއިން ވޯޓު ދޭނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: