އެސްޓީއޯ އިން ކުރިއަށް ގެންދާ ވޯލްޑްކަޕް ޕްރޮމޯޝަން އާއި ގުޅުވައި މުޅިން އާ ޕްރޮޑަކްޓުތަކެއް ތައާރަފްކޮށްފިއެވެ.
އެސްޓީއޯއިން ”ހޭވައްލާ ތައްޔާރު“ ފީފާ ޕްރޮމޯޝަންއާއި ގުޅުވައި ތައާރަފްކޮށްފައިވަނީ ”ބޮކްސް ލައިޓު“ ބްރޭންޑުގެ ޕޮރޮޖެކްޓަރު ތަކެކެވެ. އެސްޓީއޯއިން އާންމުކޮށްފައިވާ 4 މޮޑެލް ގެ އަގުތައް ހުރީ 9،999 ރުފިޔާއިން ފެށިގެން 27،600 ރުފިޔާ އާއި ދެމެދުއެވެ.
‼️ New Arrivals ‼️
Shop for BoxLight #Projectors this season & get into the #FifaWorldCup spirit! 😃⚽️🎉#HeyvallaThayyaru #FIFA22 pic.twitter.com/MBYmreRrCs
— STO People's Choice (@stopcmv) November 2, 2022
އެސްޓީއޯގެ ”ހޭވައްލާ ތައްޔާރު“ ޕްރޮމޯޝަން ފަށާފައިވަނީ އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހުއެވެ. މި ޕްރޮމޯޝަންގެ ތެެރޭގައި އެސްޓީއޯއިންވަނީ ފިލިޕްސް އަދި ސެމްސަންގް ބްރޭންޑުގެ ޓީވީވެސް ހިމަނާފައެވެ، ޕްރޮމޯޝަން ކުރިއަށް ގެންދާނީ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

