މާލޭގައި ހިނގި އަލިފާނުގެ ހާދިސާ ހިނގި، ގަރާޖު ހުރި އިމާރާތުން ބޮޑީ ބޭގުތަކެއް ނެެެރެން ފަށައިފި އެވެ.
12:30 ހާއިރު ރޯވި އަލިފާން އެއްކޮށް ކޮންޓްރޯލް ކުރެވުނީ ފަތިހު 04:35 ހާއިރު އެވެ.
ތިން ބުރިއަށް ހަދާފައި އިން އެ އިމާރާތުގެ ތެރެއަށް ހަތް ބޮޑީ ބޭގު ވެއްދި އެވެ. ސިފައިން އިމާރާތުގެ ތެރެއަށް ވަދެފައި ވަނީ ބޮޑެތި ލައިޓުތަކެއް ހިފައިގެންނެވެ. އެއަށް ފަހު 5:30 ހާއިރު ހަތަރު ބޮޑީ ބޭގެއް ވަނީ އެމްބިއުލާންސަށް އަރުވައި ގެންގޮސްފަ އެވެ.
ހާދިސާގައި މަރުވި މީހުން ނެރެފައި ވަނީ، އެ ސަރަހައްދުން އާއްމުން ދުރަށް ޖައްސައި ލައިޓުތައް އަޅުވައި ފޮތި ދެމުމަށް ފަހު އެވެ.

