ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލިފާނުގެ ހާދިސާގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 10!

އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ ހަށިތައް ބޮޑީ ބޭގްއަކަށް ލައިގެން ގެންދަނީ - ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

މާފަންނުގައި ހުރި ގަރާޖެއްގައި ރޯވެ ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި 10 މީހަކު ނިޔާވެއްޖެއެވެ.

ރޭ ދަންވަރު 12:30 ހާއިރު އަލިފާން ރޯވެފައި ވަނީ އިސްކަންދަރު މަގާއި ކޯރުކެނޑި މަގާއި ގުޅޭ ކަންމަތީގައި ހުރި ކާރު މަރާމާތު ކުރާ ގަރާޖެެއްގެއެވެ.

ދެ ބުރިއަށް ހަދާފައި ހުރި އެ އިމާރާތުގައި ވަރަށް ބޮޑަށް ރޯވިއެވެ. އަދި އެ ސަރަހައްދުގައި ތިބި ނޫސްވެރިންނަށް ވަނީ ބާރުގަދަ އެއްޗެއްގެ ގޮވުމުގެ އަޑުވެސް އިވިފައެވެ.

ރޭގެ އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވުނީ ފަތިހުގެ 4:38 ގަ އެވެ. ނަމަވެސް އަދިވެސް ގުދަނުން، ދުން އަރަމުން އެބަދެއެވެ.

ސިފައިން އަދިވެސް ދަނީ ތަނުގައި ބަޔަކު ވޭތޯ ބެލުމުގެ މަސައްކަތް ކުރަމުންނެވެ. ރޭ އެންމެ ފުރަތަމަ މީހާ އެމްބިއުލާންސްގައި ގެންދިޔައީ 2:30 ހާއިރު އެވެ. އެއަށް ފަހު، އަންހެނެއް ވެސް ގެންދިޔައެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާއިރު ފުރަތަމަ ގެންދިޔަ މީހާގެ ހާލު ސީރިއަސްކަމަށް ފުލުހުން ބުނެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި ހާދިސާއިން ސަލާމަތްވީ އެކަކަށްދަނީ އައިޖީއެމްއެޗުގައި ފަރުވާދެމުންނެވެ. އަދި އޭނާގެ ހާލު ސީރިއަސްއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: