ގަރާޖުގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން މިހާރު ކުރިއަށްދަނީ ގެއްލުންވީ މީހުންގެ މައުލޫމާތު ދެނެގަތުމުގެ މަސައްކަތްކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ފުލުހުން ޓުވީޓެއްކޮށް ބުނެފައިވަނީ ރޭ މާފަންނު ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވެފައިވާ މީހުނާއި ފަރުވާދެމުންދާ މީހުންގެ މައުލޫމާތު ދެނެގަތުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންކަމަށެވެ.
ރޭ މ. ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވެފައިވާ މީހުނާއި ފަރުވާދެމުންދާ މީހުންގެ މައުލޫމާތު ދެނެގަތުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
— Maldives Police (@PoliceMv) November 10, 2022
ރޭ 12:30 ހާއިރު މާލޭގެ އިސްކަންދަރު މަގާއި ކޯރުކެނޑި މަގާއި ގުޅޭ ކަންމަތީގައި ހުރި މ. ނިރުފަހި ގަރާޖުގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި 10 މީހަކު ވަނީ ނިޔާވެފައެވެ. އެމްއެންޑީއެފްއިން މައުލޫމާތުދެއްވާފައިވާ ގޮތުގައި މި ހާދިސާގައި ސަލާމަތްކުރެވިފައިވަނީ 14 މީހުންނެވެ

