ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމާޒަކީ ނޯތް ކޮރިއާ ދުނިޔޭގެ އެންމެ ވަރުގަދަ ނިއުކްލިއާ ބާރަށް ހެދުން: ކިމް ޖޮންގް އުން

ނޯތް ކޮރެއާގެ އިސް ލީޑަރު ކިމް ޖޮންގް އުން: ފޮޓޯ/ސީއެންއެން
ޝެއާރކޮށްލާ ކަހަލަދޯ؟

ނޯތް ކޮރެއާއަކީ ދުނޭގެ އެންމެ ވަރުގަދަ ނިއުކްލިއާ ބާރަށް ހެދުމަށް އެ ގައުމުގެ އިސްވެރިޔާ ކިމް ޖޮންގ އުން މަސައްކަތް ކުރައްވަމުންދާކަމަށް އެ ގައުމުގެ ސަރުކާރުގެ މީޑިއާއިން ބުނެފިއެވެ.

ނޯތް ކޮރިއާގެ ސަރުކާރުގެ ހަބަރުތައް ފަތުރާ މީޑިއާ ކޭސީއެންއޭއިން ރިޕޯޓުކޮށްފައިވާގޮތުން، ނޯތް ކޮރެއާގެ ނިއުކްލިއާ މަޝްރޫއުގެ މަގުސަދަކީ މިހާތަނަށް އެކުލަވާލެވިފައިނުވާވަރުގެ އެފަދަ ބާރެއް ހޯދުންކަމަށް ކިމް ވަނީ ވިދާޅުވެފައެވެ. ކިމް މިފަދައިން ވިދާޅުވީ، އާ ވައްތަރެއްގެ އެއް ބަރުން އަނެއް ބައްރަށް ދަތުރު ކުރާ މިސައިލްތަކެއް ޓެސްޓު ކުރަމުންދާކަމަށް ބުނުމަށް ފަހުއެވެ.

ކޭސީއެންއޭއިން ބުނެފައިވާގޮތުން އެ ގައުމުން ޓެސްޓު ކުރަމުންދިޔައީ ހުވަސޮންގް 17 ނަމަކަށް ކިޔާ ރޮކެޓެކެވެ. މި ރޮކެޓަކީ ސީދާ އެމެރިކާގެ ވެރިރަށަށް ނިއުކްލިއާ ހަމަލާއެއް ދިނުމުގެ ގާބިލުކަން ހުރި ބޮޑު ރޮކެޓެއްކަމަށް އެ ގައުމުން ބުނެއެވެ.

އާ ބާވަތެއްގެ ރޮކެޓެއް ބިނާ ކުރުމާއި އެކު ކިމްވަނީ އެ ރޮކެޓު ބިނާ ކުރުމުގެ މަސައްކަތްތަކުގައި ޝާމިލުވި ފަރާތްތަކަށް މަރުހަބާ ކިޔާފައެވެ. އެނާ ބުނެފައިވާގޮތުން ނޯތް ކޮރެއާއިން ބިނާ ކުރި ރޮކެޓަކީ ދުނިޔޭގެ އެންމެ ބާރުގަދަ ހަތިޔާރެވެ. އަދި މި ހިސާބުން މިފަދަ ވަސީލަތްތައް އިތުރަށް ތަރައްގީވެގެންދާނެކަމަށްވެސް ބުނެފައިވެއެވެ.

ކިމް ބުނެފައިވާގޮތުން މި ރޮކެޓާއި އެކު، ކޮރެއާއިންވަނީ އެ ގައުމުގެ ކާމިޔާބު ކުރިމަގު މުޅި ދުނިޔެއަށްވެސް ދައްކާލާފައެވެ. އަދި ދުނިޔޭގެ އެންމެ ބާރުގަދަ އަސްކަރިއްޔާއަށްވުމާއި ގާތް ވެފައިވާ މިންވަރުވެސް ވަނީ ޔަގީންވެފައިކަމަށް އެނާ ބުނެފައިވެއެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: