ސަންގު އެމްވީގައި ލިޔެފައިވާ އާޓިކަލްއެއް ނުނަގައިފިނަމަ ގާނޫނީ ފިޔަޅު އަޅާނެކަމަށް ބުނެ ބެންކް އޮފް މޯލްޑިވްސް އިން ”ސަންގު“ އަށް އިންޒާރު ދީފިއެވެ.
އާންމު ރައްޔިތުން ބެންކް އޮފް މޯލްޑިވްސްގެ މައްޗަށް ކުރާ ތުހުމަތުތަކާއި ގުޅޭގޮތުން ސަންގު އެމްވީއިން ލިޔެފައިވާ އާޓިކަލްއަކާއި ގުޅިގެން ބެންކް އޮފް މޯލްޑިވްސް އިން ފޮނުވި އިންޒާރުގެ ސިޓީގައި ބުނެފައިވާގޮތުން، ”ސަންގު“ އިން ވަނީ ހަގީގަތާއި ހިލާފު އަދި ”ކަނޑައެޅިގެން ދޮގު“ މައުލޫމާތުތަކެއް ލިޔެފައެވެ. އަދި އެ ލިޔުމުގެ ސަބަބުން ބެންކް އޮފް މޯލްޑިވްސް ބަދުނާމުވާކަމަށްވެސް ބުނެފައިވެއެވެ.
ބީއެމްއެލް އިން ބުނެފައިވާގޮތުން އެ ލިޔުންތަކާއި ގުޅިގެން ބެންކުން ވަނީ ”ސަންގު“ އަށް ގުޅައި ލިޔުންތަކުގައި ހުރި ”ދޮގު“ މައުލޫމާތުތައް ރަނގަޅުކުރުމަށް ސައްހަ މައުލޫމާތު ދީ ކޮމެންޓުވެސް ދީފައެވެ. އެހެން ލިޔުންތަކަށް ބަދަލުތަކެއް ގެނެސްފައިނުވާކަމާއި ވެބްސްއިޓް އިން ނަގާފައިނުވާކަން ބެންކުން ފޮނުވި ސިޓީގައި ފާހަގަކޮށްފައިވެއެވެ.
ސަންގު އެމްވީގައި ގެނެސްދީފައިވާ ވާހަކަތަކަކީ ”ދޮގު“ ކަމަށް ބުނެ ބެންކުންވަނީ އެ ވާހަކަތަކަށް ރައްދު ދީފައެވެ. އެގޮތުން މިހާތަނަށް ބެންކުގެ މުވައްޒިފަކު ޝާމިލުވެގެން ބެންކުގެ އެކައުންޓުތަކުން ފައިސާ ގެއްލިފައިވާކަން އެއްވެސް ތަހުގީގީ އިދާރާއެއްގެ ތަހުގީގުން ފާހަގަކުރެވިފައިނުވާކަމަށް ބެންކުން ބުނެފައިވެއެވެ. އަދި މުވައްޒިފުން ޝާމިލު ނުވާކަން ބެންކުންވާނީ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައިވެސް ފާހަގަކޮށްފައިކަމަށް ބުނެފައިވެއެވެ.
ބީއެމްއެލް އިން ބުނެފައިވާގޮތުން އާންމުންގެ ތެރޭގައި ދެކެވޭ ވާހަކަތަކާއި ކުރެވެމުންދާ ތުހުމަތުތައް ހިއްސާކޮށް ސަންގުއެމްވީގައި ޝާއިއުކޮށްފައިވާ ލިޔުމަކީ ”ވަރަށް އަންޕްރޮފެޝަނަލް އަދި ނޫސްވެރިން ޚަބަރު ގެނެސްދިނުމުގައި ގެންގުޅެންޖެހޭ ކޯޑް އޮފް ކޮންޑަކްޓް އަދި އެތިކަލް ލެވެލްތަކާއި ހިލާފަށް“ ލިޔެފައިވާ ލިޔުމެކެވެ.
ސަންގުއެމްވީގައި ޝާއިއުކޮށްފައިވާ ލިޔުން ”ރިޓްރެކްޓްކޮށް އަދި އިސްލާހުކުރުމަށް“ ބުނެ ބެންކްއިން ފޮނުވާފައިވާ ސިޓީގައި ބުނެފައިވާގޮތުން 3 ދުވަސްތެރޭގައި ބެންކް އިން ބުނާގޮތަށް އަމަލު ނުކޮށްފިނަމަ އަދި ރަސްމީ ލިޔުމުން މާފަށް ނޭދޭ ނަމަ ގާނޫނޫ އިމުގެ ތެރެއިން ”ސަންގު“ އާއި ދެކޮޅަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް ބެންކުން އަޅާނެކަން ”ސަންގު“ ގެ މައުލޫމާތަށް ދަންނަވާކަމަށެވެ.


21 Responses
ލިޔަންވީ ބެންކުގެ ވެރިން ވަޒީފާގެ ނުފޫޒުވެސް ބޭނުންކުރެ. އަދިވެސް ލިޔެ. ސަންގު ޓީމަށް ސާބަސް. ހައްގު ބަސް ބުނަންވާނެ. ސްޕޮންސާ ދޭތިއްޔޭ ކިޔާފަ ނުތިބޭތި
މިހާރުދެން ޔާޤީނާގާތަށް މި ކަށަވަރުވީ ސަންގުން ލިޔުނު ރިޕޯރޓަުގައި ޙަޤީޤަތެއް ވާކަން. އެހެން ނޫންނަމަ މި ވަރަކަށް ނުތެޅޭނޭ ހަމަ ހީވަނީ..
ސަންގް ނޫހުގަވަނީ ހަގީގަތް. ހަގީގަތް ހާމަކުރުމުން ހަޖަމުނުވީ ބޭންކްއަށް. ބޭންކުގެ މުވައްޒަފުން ކީއްވެގެންތޯ އަޅުގަޑުގެ ޕާސަނަލް އިންފޮމޭޝަން އާއްމު މީހަކާ ޝެއަރ ކުރީ. ކީއްވެގެންތޯ މީސްމީހުންގެ އެކައުންޓަށް ތިބޭފުޅުން މެދުވެރިވެގެން އެހެން މީހުންގެ ލާރި ޖަމާކުރަނީ. ޢަދި އެކައުންޓްގަ ހުންނަ ލާރި ގެއްލެނީ.
ބެންކުގެ އިހުމާލޭ ބުނެވޭނޭ ޖާގައޮވެގެން އެހެންބުނަނީ އެހެންނޫންނަމަ މީސްމީހުން ވވވބުރަމަސައްކަތުން ހޯދާފައި އެއްކޮއްފައި ބޭންކުއެކައުނއޓުގައިހުންންނަފައިސާކޮޅު މަދު ސިކުންތެއްގެތެރޭގައި އެހެން އެކައުންޓުތަކަށް ވަގުންޖަމާކުރަމުންގެންދާއިރު އެއީ ނުހައްގުން ވަގަށް ގެންދާ ރުފިޔާކަން ބެންކަންރަގަޅަންއެގޭއިރު ކީތްވެގެންތޯ އެލާރިކޮޅުއެމީހައަށް ހޯދާނުދެވެންޖެހޭ ސަބަބަކީކޮބާތޯ؟؟ޕޮލިހަށްވެސް މައްސަލަ ފޮނުވެންޖެހޭނެ،، ބޭންކުން އެފުރުސަތު ވަގުންނަށް ދީގެން ކުރުވާކަމެންހަމަޔަގީން މިހާރު ބޭންކަށް އިތުބާރެއްނެން އިތުބާރު ގެއްލިއްޖެ ވވވ ސަލާމް ޅ ެްެްެްެ
ބޭންކުގަ ތިބެނީ ވަގުންކަމަށް ބުނެވުމުގެ ފުރުސަތު އެބޮތް. ޢަމިއްލަ އެކައުންޓްގަ ހުރި ފައިސާ އެހެން އެކައުންޓްކަށް ވަގަށް ޓްރަންސްފަރ ކުރީމަ ބޭންކަށް ރިޕޯރޓް ކުރީމަ އެ ފައިސާ ހޯދަން ހަދަން ޖެހޭގޮތް ގްރޭޑް 7 ގެ ދަރިވަރުންނަށް އިނގޭއިރުވެސް ބޭންކްކަކަށް ނޭނގޭ. ވައްކަމުގަ ބައިވެރި ވެވިފަ ހުންނަނީ
ކިޔަންވީ ހަމަ. އެކަން އެގޮތައްކުރި މުވައްޒަފުންގެ އަނގައިން ކިޔާފަ އެބަހުރި ތިމަންނަމެން ހަދަނީމިހެންނޭ. އަދި ކަޓުވާލާ ފައިސާ ޖަމާކުރާ އެމީހުންގެ ރައްޓެހިންނަށް ކަމިޝަންވެސް ދީފައެބަހުރި. އެއީ އެފައިސާ އެރައްޓެހިންގެ އެކައުންޓަށް ވަތްކަން ނޭގޭކަމަށް ހެދުމަށް ދޭ ކަމިޝަން އެއް. އަދި އެފައިސާ އަނެއްކާ އެހެން އެކައުންޓަކަށް ފޮނުވާލަނީ. ވައްކަން ކުރީމަ ވަގައް ގޮވާނެ
އޭއް އޭއް ބޭންކުން ތިގޮތަކަށް ނޫސްވެރިންނަށް އިންޒާރު ނުދެވޭނެ . ބޭންކުން ރަނގަޅުކުރަން ނޫސްވެރިންބާރުއަޅާކަންތައްތައް ރަނގަޅުކުރަންވީ ، ބިރުދައްކަންވީއެއްނޫން
ތިހެންވިއްޔާ ބެންކް އެޮފް މޯލްޑިވްސް އިން ބުނެލަދީބަލަ އަންމު ފަރުދަކަށް ކިހިނެއްތޯ ލޯންނު ޖަމާވާކަން އެނގެނީ . ލޯނެއް ޖަމާވާއިރަށް ޕްރޮމޯސަނެއް ލިބިގެން ތިޔަ ގުޅަނީ .
ރައްޔިތުންގެ ބޭންކްދޯ! ރައްޔެތު ނިކަމެތިމީހާގެ ދައުރެއްނެތްދޯ؟ ނިކަމެތި މީހާއައް އަހަރަކު އެއްފަހަރު ވެސް އެއްޑޮލަު ގަންނަން ނުލިބޭ! ލަދުވެތިވެބަލަ!
މަރުގެ އިންޒާރުތޯ ބޭންކުން މަކަރު ހަދހަ
ބޭންކު އިން ބައިވެރިވާ ކަމުގެ ޕްރޫފް ދައްކާނަން
ބަލަ ރައްޔިތުމީހާއަތުން ކުޑަ އިންޓރެސްޓް ލޯން ނެކޭ ކިޔާ ބޮލުގަ އަޅުވާގެން ކިތަންމެ ވަރަކަށް ދެއްކިޔަސް އިންޓަރެސްޓް ކޮޅު މިދެއްކެނީ… އުމުރު ދުވަހު މިދެއްކެނީ އިންޓރެސްޓް. އިންޓަރެސްޓް ކޮޅު އެބަ އަރާ ލޯނުގެ %120 މީތޯ ރައްޔިތުންގެ ބޭންކަކީ. ނިކަމެތި ރައްޔިތުމީހާ ފެލާލާގެން މިކިޔަނީ ކުއާޓާ ގައި ބިލިއަނުން ބިލިއަނުން ފާދާވެއްޖެއޯ. އަދި މޮޅުތަންކޮޅަކީ ދުވަހަކުވެސް ރައްޔިތުމީހާ އަށް ސައްހަ މައުލޫމާތެއް ނުލިބޭނެ.
ބެންކް އޮފް މޯލްޑިވްސް އިން ބުނެދީބަލަ ކިހިނެއްކަމެއް އެ މީސް މީހުން ނައް އެ އެނގެނީއެކައުންޓް އައް ލާރިއެއް ޖަމާވާ އިރައް ؟؟
މޮޅުކަމަކީ ޖަމާ ވާ ދުވަހާ ވަގުތާ އަދަދުވެސް އެނގޭކަން!!
ބޭންކް އިން ލޯނެއް ޖަމާވިޔަސް އެނގޭ!!
ޚަމަގަސްތުގަ ބެންކުން ކުރާކަމެއް
މިޔޮއްހާ ދުވަހު ކުދި ބޮޑު ހުރިހާ މީޑިއާއަކަށް ސްޕޮންސަރ ދީގެން ހުރިހާ މީޑިއާއެއްގެ ދުލުގަ ހިފައިގެން ކާލކާލާ، ހެވި ދިލިފަ ތިއްބާ ބޮޑު މީޑިއާއަކުން މިނިވަންކަމާއެކީ އެއްޗެއް ޖަހާލީމާ ވީވަރު މީ. އަޅެ ނިކަން މީޑިއާތަކަށް ތި ދޭ ސްޕޮންސަރ ތަކުގެ އެގްރިމެންޓް އާންމުކޮށްލަބަލަ މީ ދޮގެއްތޯ ބަލަން. މީޑިއާގަ އުޅޭ ތީގެ ފަތިފުށް ފެނިފަ އޮތީމަ މިހެން މި ބުނަނީ.
އަޅުގަނޑުވެސްހައިރާންވަނީ ބެންކުންގެ ނަމުގައި އަޅުގަނޑުގެ ބެންކު އެކައުންޓު ނަންބަރާއި ކާޑުގެ ނަންބަރާއި އަޅުގަނޑުގެ އައިޑީކާޑުގެ އަސްލު ފޮަޓޯއެއި އެކީ ވައިބާ ކޮއްފަ އެބަހުރި
ތިހެން އަދި ރައްޔިތުންނަށް ބިރެއް ނުދެއްކޭނެ އަންގޭތޯ. ސީއީއޯ ވަޒީފާއިން ވަކިކުރަން ޖެހިވަޑައިގެންފާނެ އިނގޭތޯ
ރާއްޖޭގެ އެހެން ބެންކުތަކުގައި ހުރި ފައިސާ ގެއްލޭ ވާހަކަ ނުދައްކާ. އެންމެން ކިޔަނީ ބެންކް އޮފް މޯލްޑިވސް އެކައުންޓުގައު ހުންނަ ލާރި ގެއްލޭވާހަކަ.ފުރޯޑް ކޯލްތަކުގައިވެސް ބޭނުން ކުރަނީ ބޭންކް އޮފް މޮލްޑިވްސް އެކައުންޓުތައް. މިހާރު އެންމެ ރަނގަޅުވާނީ އެކައުންޓު އެހެން ބޭންކަކަށް ބަދަލު ކުރުން . އެހެން ބެންކް ތަކުގަ ހުންނަ ލާރި ގެއްލިގެން އެވެސް ރައްޔިތަކު ސޯސަލް މީޑިޔާގަ ނުދައްކާ. ހަމަ އެކަނި އަހަރެމެންގެ ބޭންކް މިކަމެށް ހިނގަނީ. «««« މިކަމިން އެބަޖެހޭ ވިސްނާލަން»»»
ބަލަގަ ބީއެމްއލް ބެންކުގަނޑާ ހަދާންނެތުނީތް ތިޔަ ބޭންކުގެ މުވައްޒަފަކު އެއްލައްކަ މީހުންގެ ބޭންކުން 1 ރުފިޔާ ނަގައިގެން ކުރި ވައްކަން..
ހޫން ތިތާ ތިބޭންކުގައި އުޅެނީ ކުށެއް ނުކުރާނެ މީހުން..
ބުނެބަލަ ތިމަންމެެން ފޭލިވެއްޖެޔޭ ކްސްޓްމަރުންގެ އެކައުންޜުތްކުން ވައްކަން ނުކުރާނެ ގޮތް ހެދުމަށް…
ބީއެމްއެލްއިން ޕެންޑިން ޓްރާންސެކްޝަންތައް ޕާޗޭސްއަކަށް ބަދަލުވާއިރު އެބަ މަދުވޭ އެވެލެބަލް ބެލެންސްއިން. މިއީ ހަމަ ލޯކަލް ޓްރާންސެކްޝަންތައް ހަދާއިރުވާގޮތް…
ވަޓް އިޒް ގޮއިންގް އޮން ހިޔަރް؟