2018 ޖަނަވަރީގެ ކުރިން ފިލިޕިންސްގެ އެލްޑަރސްގޭޓް ކޮލެޖުން ސަނަދު ލިބޭގޮތަށް، ސްރީލަންކާގެ އެއިމްސް ކޮލެޖުގައި ހިންގަމުން ގެންދާ ޕީއެޗްޑީ ޕްރޮގްރާމަށް އެންރޯލްވެ ރަޖިސްޓްރީވެފައިވާ ދަރިވަރުން، ޕްރޮގްރާމް ފުރިހަމަކުރުމަށް ފަހު ހުށަހެޅުމުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގައި ހިމެނޭ ޕީއެޗްޑީ ޕްރޮގްރާމަށް ވަނުމުގެ ޝަރުތު ހަމަވާ ދަރިވަރުންގެ ސަނަދު އޮތޯރިޓީން ވެލިޑޭޓް ކޮށްދޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެންގިކަމަށް އެ ދަރިވަރުން ބުނެފި އެވެ.
ސެޓްފިކެޓު ގަންނަ މައްސަލައެއް އާއްމުންގެ ތެރޭގައި ދެކެވި، ސަރުކާރުން ވެސް މި މައްސަލައިގައި ބަހެއް ބުނީ ޕީއެޗްޑީ ހާސިލު ކުރުމުން ރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން އެ ބަލައިނުގަތް މައްސަލައިގައި ބަޔަކު ކޯޓަށް ދިޔަކަން މީޑިއާތަކުން ރިޕޯޓު ކުރުމުންނެވެ. ސްރީ ލަންކާގެ އެއިމްސް ކޮލެޖުން ހެދި ޕީއެޗްޑީ ގަބޫލު ނުކޮށްގެން ސިވިލް ކޯޓަށް ހުށަހެޅި މި މައްސަލައަކީ މި އަހަރުގެ މެދެއްހާ ހިސާބުގައި ހުށަހަޅާފައިވާ މައްސަލައެކެވެ. ތިން މީހެއްގެ ފަރާތުން ކޯޓަށް ހުށަހެޅި އެ މައްސަލައިގައި އެދިފައި ވަނީ ޕީއެޗްޑީ ސެޓްފިކެޓު ބަލައިގަތުމަށް އެމްކިއުއޭގެ މައްޗަށް އަމުރު ނެރެދިނުމަށެވެ. މައްސަލަ މީޑިއާތަކާއި ހަމައަށް އައީ، ކޯޓުގައި އަޑުއެހުންތައް ވެސް ފެށިފަހުންނެވެ.
މި މައްސަލައިގައި އެމްކިއުއޭއިން ބުނީ ރާއްޖެއިން ބޭރުން ހާސިލު ކުރާ މަތީ ތައުލީމުގެ ސަނަދުތަކަކީ އެ އޮތޯރިޓީއަށް ހުށަހަޅައިގެން އެ އޮތޯރިޓީ ގަބޫލުކޮށް އެކަމަށް ހާއްސަ ތައްގަނޑުޖަހައި ވެލިޑޭޓް ކޮށްފައިވާ ސަނަދުތަކަކަށް ވާންޖެހޭ ކަމަށެވެ. އަދި ސަރުކާރުގެ އެކި ވުޒާރާތަކުން ވަޒީފާ ދިނުމުުގައި ބަލައިގަންނާނީ އެމްކިޔުއޭ ގަބޫލުކޮށްފައިވާ ސަނަދު ކަމަށްވާތީ ސަނަދުތައް ބަލައިގަންނަތޯ ސަމާލުވުމަށް ވެސް އެ އޮތޯރިޓީއިން ވަނީ އެދިފައެވެ.
ކޯޓުގައި ކުރިޔަށް ދާ މައްސަލައަކީ ކޮލެޖަކުން ތައުލީމު ހާސިލުކުރި ކޯހެއްގެ މައްސަލައެކެވެ. ނަމަވެސް ބެލެވޭ ގޮތުގައި، ސްރީލަންކާގެ ކޮލެޖާއި ސެޓްފިކެޓުތައް ގަންނަ މައްސަލަތައް މިއީ ތަފާތު ދެ މައްސަލައެކެވެ. މައްސަލައިގައި އެކި ގޮތްގޮތަށް ތުހުމަތުތަކެއް ކުރެވި، ބައެއް އިސް މަގާމުގައި ތިބި ބޭފުޅުންނަށް ވެސް ތުހުމަތުތަކެއް ވަނީކޮށްފަ އެވެ.
ސަންގުން މިކަން ހިނގައިދިޔަ ގޮތުގެ ތަފްސީލު ހޯދުމަށް މަސައްކަތް ކުރުމުން، ކޯސް ފުރިހަމަ ކުރި ދަރިވަރުންގެ ފަރާތުން ބަޔާނެއް ވަނީ ލިބިފަ އެވެ. މިއީ 12 ދަރިވަރުންގެ ތެރެއިން، 08 ދަރިވަރަކު އިއްޔެ ބައްދަލު ކުރުމަށް ފަހު ދިން މައުލޫމާތުތަކެވެ.
މި މައްސަލައިގައި ކަން ހިނގައިދިޔަ ގޮތުގެ ތަފްސީލު ސަންގުއާއި، މީގެ ތެރެއިން 08 ބޭފުޅަކު ވަނީ ހިއްސާކޮށްފަ އެވެ. މައުލޫމާތު ހިއްސާކޮށް، ޕްރޮގްރާމް ނިންމާފައިވާ ދަރިވަރުން ބުނީ ފިލިޕިންސްގެ އެލްޑަސްގޭޓް ކޮލެޖުން ސަނަދު ލިބޭގޮތަށް، ސްރީލަންކާގެ އެއިމްސް ކޮލެޖުގައި ހިންގަމުން ގެންދާ ޕީއެޗްޑީގައި ބައިވެރިވުމަށް ދަރިވަރުންގެ ހައިސިއްޔަތުން ކުރަންޖެހޭ ހުރިހާކަމެއްކޮށް، އެ އޮތޯރިޓީގެ އެންމެހާ އުސޫލުތަކާއި، އެ އޮތޯރިޓީން އެންމެހާ އިރުޝާދުތަކާއި އެއްގޮތަށް އަމަލުކޮށް، ކޯސް ފުރިހަމަކޮށްފައި ވަނިކޮށް އެމްކިއުއޭއިން ހެދި ގޯސްތައް ފޮރުވުމަށް މަސައްކަތްތަކެއްކޮށްފައިވާ ކަމަށެވެ. އެގޮތުން އެތަނުގެ ގޯސްތައް ފޮރުވުމަށް، އެމްކިއުއޭގެ ސީއީއޯ ޑރ. ޢަބްދުލް ހަންނާން ވަހީދު މައްސަލައިގައި ކަނޑައެޅިގެން ދޮގު މައުލޫމާތު ދެމުން ގެންދާކަމަށް ތުހުމަތުކޮށް މައުލޫމާތު ދިން މީހުން ބުނީ އެމްކިއުއޭގެ ބަޔާންތަކާއި އެ އޮތޮރިޓީން ވަކިވަކީން މީޑިއާތަކަށް ދިން މައުލޫމާތުތަކަށް ބިނާކޮށް މީޑިއާތަކުގައި ގިނަ އާޓިކަލްތައް ޝާއިއު ކުރަމުންދާ ކަމަށެވެ.
މިކަންތައް ހިނގައިދިޔަ ގޮތުގެ އިތުރު ތަފްސީލުތައް ލިއުމަކުން ހިއްސާކޮށް، ދަރިވަރުންގެ ބަޔާނާއި އެކު އެމްކިއުއޭއިން ހިއްސާކޮށްފައިވާ ލިޔެކިޔުންތައް ޖަދުވަލުތަކުގެ ގޮތުގައި ހިމަނާފައި ވެއެވެ.
މިއީ 2014 އަދި 2015 ވަނަ އަހަރުތެރޭ ރާއްޖޭގައި ބޭއްވި އެކި އެޑިއުކޭޝަން ފެއަރ ތަކުގެތެރޭ ފިލިޕިންސްގެ އެލްޑަރސްގޭޓް ކޮލެޖުން ސަނަދު ލިބޭގޮތަށް، ސްރީލަންކާގެ އެއިމްސް ކޮލެޖުގައި ހިންގަމުންގެންދާ ޕީއެޗްޑީ ޕްރޮގްރާމާއި ބެހޭ މައުލޫމާތު ދިނުމުން ބައެއް ދަރިވަރުން އެންރޯލްވި ޕްރޮގްރާމެކެވެ. ފިލިޕިންސްގެ އެލްޑަސްގޭޓް ކޮލެޖުން ސަނަދު ލިބޭގޮތަށް، ސްރީލަންކާގެ އެއިމްސް ކޮލެޖުގައި ހިންގި ޕީއެޗްޑީ ޕްރޮގްރާމަކީ އެމްކިއުއޭގެ ސަނަދުގެ ފެންވަރު ބެލުމުގެ އުސޫލުގެ ދަށުން ސަނަދު ދޫކުރާ މަރުކަޒު ހުންނަ ގައުމުގެ ސަރުކާރުން ގަބޫލު ކުރާ ސަނަދެއްތޯ އާއި، އޮތޯރިޓީގެ ސްޓޭންޑާޑް ތަކާއި ކްރައިޓީރިއާ ތަކަށް ފެތޭ ކޯހެއް ތޯ ސާފުކޮށްދޭން އެދި ދަރިވަރުން އޮތޯރިޓީގައި އެދުމުން އެ ޕްރޮގްރާމަކީ އޮތޯރިޓީގެ ސަނަދުގެ ފެންވަރު ބެލުމުގެ އުސޫލުގެ ދަށުން ސަނަދު ދޫކުރާ މަރުކަޒު ހުންނަ ގައުމުގެ ސަރުކާރުން ގަބޫލުކުރާ ސަނަދެއްކަން ކަށަވަރުކުރުމަށްފަހު ދޫކުރާ ”ރެކޮގްނިޝަން އޮފް ހަޔަރ އެޑިއުކޭޝަން ޕްރޮވައިޑަރ އެންޑް ޕްރޮގްރާމް“ ލިޔުންވަނީ ދޫކޮށްފަ އެވެ. މި ބަޔާނާއި އެކު 2016 ގައި ދަރިވަރަކަށް ދޫކޮށްފައިވާ ޕްރޮގްރާމްގެ ރެކޮގްނިޝަން ލެޓާރ ސަންގަށް ވަނީ ލިބިފަ އެވެ.
އެއަށް ފަހު އޭގެ ދެ އަހަރު ފަހުން 2018، ފެބްރުއަރީ 22 ގައި އެމްކިއުއޭއިން ޕްރޮގްރާމުގެ ބައެއް ކަންކަން ބަލަމުން ދާތީ ކޯހުގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ބޭނުމަށް ދޫކުރާ ”އިންސްޓިޓިއުޓް ޕްރޮގްރާމް ރިކޮގްނިޝަން“ ދޫކުރުން 2018 ޖަނަވަރީ މަހުން ފެށިގެން ވަގުތީ ގޮތުން ހުއްޓާލާފައިވާކަމަށް އެންގި އެވެ. އަދި އެ ޕްރޮގްރާމްގައި އެއްވެސް ދިވެހި ދަރިވަރެއް ކިޔަވަމުން ދާނަމަ 2018 މާޗް މަހުގެ 15 ގެ ކުރިން، އެންގުމަށް ބަޔާނެއް އާއްމުކުރިކަން ދަރިވަރުން ފާހަގަ ކުރި އެވެ. އެހެންވެ، އޮތޯރިޓީގެ އެންގުމާއި އެއްގޮތަށް ހަމަ އެ ހަފްތާގެ ތެރޭގައި، ފެބްރުއަރީ 27 ވަނަ ދުވަހު އެ ޕްރޮގްރާމުގައި ދިވެހި ދަރިވަރުން ކިޔަވަމުންދާކަމަށާއި ޕްރޮގްރާމް ފެށި ތާރީހު އަދި ނިމޭނެ ތާރީހު ލިޔެކިއުމުން އެނގޭނެ ގޮތަށް ހުށަހެޅިކަމަށް ބަޔާނުގައި ވެއެވެ. އަދި ހުށަހެޅި ލިޔުންތަކަށް ރިއާޔަތްކޮށް، 2018 ޖަނަވަރީގެ ކުރިން މި ޕްރޮގްރާމަށް އެންރޯލްވެ ރަޖިސްޓްރީވެފައިވާ ދަރިވަރުން، ޕްރޮގްރާމް ފުރިހަމަކުރުމަށް ފަހު އޮތޯރިޓީއަށް ހުށަހެޅުމުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގައި ހިމެނޭ ޕީއެޗްޑީ ޕްރޮގްރާމަށް ވަނުމުގެ ޝަރުތު ހަމަވާ ދަރިވަރުންގެ ސަނަދު އޮތޯރިޓީން ވެލިޑޭޓް ކޮށްދޭނެކަމަށް އަންގާފައި ވެއެވެ. ލިޔެކިއުންތަކުން ދައްކާ ގޮތުގައި އެގޮތަށް އަންގާފައި ވަނީ 29 މާޗު 2018 ގަ އެވެ.
އެމްކިއުއޭގެ އިރުޝާދާއި އެއްގޮތަށް ދިވެހި ދަރިވަރުން ކިޔެވުން ހުއްޓާނުލައި އެ ފުރިހަމަ ކުރި އެވެ. ބައެއް ދަރިވަރުންގެ ކޯސް 2019 ގައި ނިމުނުއިރު ބައެއް ދަރިވަރުން ނިމިފައި ވަނީ 2020 ގަ އެވެ. ނަމަވެސް 2021 ގައި އެ ޕްރޮގްރާމް ގަބޫލު ނުކުރުމަށް އެ އޮތޯރިޓީގެ ގަވަނިން ބޯޑުގެ 2021 ގެ 06 ވަނަ ބައްދަލުވުމުގައި ނިންމައި އެގޮތަށް ދަރިވަރުންނަށް އެންގި އެވެ• އެމްކިއުއޭއިން އެގޮތަށް ނިންމީ ބައެއް ދަރިވަރުން ކޯސް ނިންމިތާ އަހަރު ދުވަސް ވެސް ވީފަހުންކަން ދަރިވަރުން ފާހަގަކުރި އެވެ.
މި މައްސަލައިގައި ދަރިވަރުން ފާހަގަކުރި ބައެއް ކަންތަކުގެ ތެރޭގައި، މި ޕްރޮގްރާމް ކިޔަވާ ނިންމީ އެމްކިއުއޭ އަކީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީއަށް ވެފައި، އޮތޯރިޓީން ސަނަދު ވެލިޑޭޓް ކުރަނީ ކިޔަވައިދޭ މަރުކަޒާއި ސަނަދު ދޫކުރާ މަރުކަޒަކީ އޮތޯރިޓީން ގަބޫލު ކުރާ ތަނަކަށް ވުމުންކަމަށް ވާތީ އެވެ. އަދި އެކަން އެއޮތޯރިޓީން ކަށަވަރުކޮށް މި ޕްރޮގްރާމަކީ އެއޮތޯރިޓީން ގަބޫލު ކުރާ ޕްރޮގްރާމެއްކަމަށް އަންގާފައިވާތީކަމަށް ފާހަގަކުރި އެވެ. ދަރިވަރުން ބުނީ ކިޔެވުން ނިންމާ ސަނަދު ލިބުނު އިރުވެސް، އެއޮތޯރިޓީގެ މި ނިންމުމަށް ބަދަލެއް ގެނެސްފައި ނުވާކަމަށެވެ.
ީމީގެއިތުރުން ދަރިވަރުން ބުނެފައި އެ އޮތޯރިޓީގެ ލަފަޔާއި އިރުޝާދާއި އެއްގޮތަށް ކުރިއަށް ގެންގޮސް ނިންމާފައިވާ ޕްރޮގްރާމެއްގެ ސަނަދު ވެލިޑޭޑް ނުކުރުމަށް ނިންމައި، ދަރިވަރުންގެ އެއްވެސް އިހުމާލެއް ބާރެއް ނެތް ކަމެއްގައި ދަރިވަރުން ”ޕީނަލައިޒް'“ ކުރުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށެވެ. އަދި މައްސަލައިގައި ސިވިލް ކޯޓަށް ދާން ޖެހުނީ އެ ސަބަބާއި ހުރެކަން ފާހަގަކުރި އެވެ.
ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ސެޓްފިކެޓްތައް ވެލިޑޭކް ކުރުމަށް އަމަލުކުރަމުން ދާ އުސޫލަކީ ދަރިވަރަކު ކޯސް ނިންމާ ވެލިޑޭޓްކުރަން ހުށަހެޅުމުން އެ ވެލިޑޭޓް ކުރުންކަމަށް ބަޔާނުގައި ވެއެވެ. ނަމަވެސް، މި މައްސަލާގައި ބައެއްދަރިވަރުން ސެޓްފިކެޓް ވެލިޑޭޓް ކުރަން އެ އޮތޯރިޓީއަށް ހުށަހަޅާފައި ނުވާ އިރުވެސް، ދަރިވަރުން މަސައްކަތް ކުރާ އިދާރާތަކަށް ސީދާ ޑރ. ހަންނާނު ގުޅުއްވައި ޕާސަނަލް ލެވެލްއެއްގައި މިކަމުގެ ތެރެއަށް ވަދެ ދޭން ނުޖެހޭ މައުލޫމާތާއި ކުރަން ނުޖެހޭ ކަންތައްތައް ކުރަމުން ދާކަމަށް ދަރިވަރުން ފާހަގަކުރި އެވެ.
މި ކަމުގައި މުޅިންވެސް އޮތީ އެމްކިއުއޭގެ އިހުމާލުއޮތް ކަމުގެ ތުހުމަތު:
ދަރިވަރުން ބުނީ ޕްރޮގްރާމުގައި ބައިވެރިވީ، މިއީ އެމްކިއުއޭ އިން ގަބޫލުކުރާ ޕްރޮގްރާމަކަށް ވާތީ ކަމަށެވެ. އަދި މި ޕޮރޮގްރާމްކީ އެމްކިއުއޭގެ ކުރީގެ މެނޭޖްމަންޓް ކޮށްފައިވާ ކަމެއްކަމަށް ބުނެ، އެމްކިއުއޭގެ އިހުމާލު ފޮރުވައި މިކަމުން ރެކިގަތުމަށް ޑރ. ހަންނާނު މީޑިއާތަކަށް ދޮގު މައޫލޫމާތު ދެމުން ގެންދާ ކަމަށެވެ. އަދި ހަންނާނު 2019 ވަނަ އަހަރު މަގާމާ ހަވާލުވުމަށް ފަހު 2 އަހަރު ވީ އިރުވެސް މި ޕްރޮގްރާމަކީ އެތޯރިޓީން ގަބޫލުނުކުރާ ޕްރޮގްރާމެއްކަމަށް އަންގާފައި ނުވާތީ އެތައް ދަރިވަރުންނެއް މި ޕްރޮގްރާމުގެ ކިޔެވުން ކުރިއަށް ގޮސްފައިވާކަމަށް ބުންޏެވެ.
ދަރިވަރުން ވަނީ މައްސަލަ ހަންނާނުއަށް ފާހަގަވީ ހިސާބުން، އެކަން އެންގި ނަމަ ގިނަ ދަރިވަރުންނަށް މި ޕްރޮގްރާމު ހުއްޓާލުމަށް ނުވަތަ އެހެން ޔުނިވަރސިޓީ އަކަށް ބަދަލުކުރުމުގެ ފުރުސަތު އޮތީސް ކަމަށެވެ. އަދި އެތައް ހަރަދަކާއި ވަގުތެއް ސަލާމަތް ވީސްކަން ފާހަގާކުރި އެވެ. ނަމަވެސް، އެމްކިއުއޭ އަކީ ދިވެހި ދަރިވަރުން ރައްކާތެރިކޮށް މަގުދައްކާ ދިނުމަށް އޮތް އޮތޯރިޓީއަށް ވެފައި، އަދި ޑރ. ހަންނާނު އެމްކިއުއޭގެ އެންމެ އިސް ފަރާތް ކަމުގައިހުރެ، 2 އަހަރުވީ އިރުވެސް ދަރިވަރުންނަށް މިކަން ނާންގާ ހުރުމަކީ ވި އެންމެ ބޮޑު އިހުމާލުކަމަށް ދަރިވަރުން ވަނީ ބުނެފަ އެވެ.
އަދި ހަޔައެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަންއަށް މިކަން އެނގިހުރެ، ދަރިވަރުން ރައްކާތެރިކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް މިއަދާއި ހަމައަށް އަޅުއްވާފައި ނުވާތީ އެކަމުގެ ކަންބޮޑުވުންތައް ވެސް ހިއްސާ ކުރި އެވެ.
މައްސަލައިގައި އެމްކިއުއޭ އަދި ހާއްސަކޮށް ހަންނާނު އަމަލު ކުރަމުން ދަނީ ޒާތީ ގޮތަކަކަށްކަމަށް ތުހުމަތުކޮށް ދަރިވަރުން ބުނީ ޑރ. ހަންނާނު މައުލޫމާތު ދީގެން، މި ކޯހަކީ ދަރިވަރުން އެއްވެސް ކްލާހަކަށް އެޓެންޑް ކުރުމެއްނެތި ނިންމާފައިވާ ކޯހެއް ކަމުގައި ބައެއް މީޑިއާތަކުގައި ލިޔެފައި އެބަހުރި ކަމަށެވެވެ. ނަމަވެސް، މި ކޯހަކީ ކޯހުގެ ފުރަތަމަ 6 މަސް ދުވަހު ކްލާސްތަކަށް ހާޒިރުވެ ކިޔެވުމަށް ފަހު، ރިސާޗް ދާއިރާތައް ކަނޑައަޅާ ސްޕަވައިޒަރުންގެ ބެލުމުގެ ދަށުން ކުރިއަށް ގެންގޮސް ނިންމާފައިވާ ކޯހެއްކަމަށް ދަރިވަރުން ބުންޏެވެ.


3 Responses
ވަގު ސަނަދު ހިފައިގެން ކޯޓް އަކަށް ނުދާނެ. މިކޮލަޖަކީ ޖައްވީ އިލްމާއި، ތައުލީމާއި، ހެލްތުގެ އަދި ޓެކޮނޮޖީގެ ދާއިރާއިން މަތީ ތައުލީމު ފޯރުކިށްދޭ ފެންވަރު ރަފަޅު ކޮލެޖެއް. އަދި ޔުނިސްކޯގެ ވެޑްގައި ދަފުތަރު ކޮށްފަ އިންނަ ކޮލެޖް އެއް. ސުވާލް އުދައްދަނީ ހައްނާނުގެ ވަގަށް ފރހނ ކާއި ހިތާވެގެން އޮސްޓްރީލިއާން ނެގި ފޭކް ޕީއެޗްޑީގެ ވާހަކަ، ދިވެހިރާއްޖޭގެ ސަނަދު އޮނިގަޑު ގެ 9 އެއް ފުރިހަމަކޮށް ތިޔަ ވިދާޅުވާ ެސަސަސަސަސަސަސަސަސަ ނަދު ވަނީ ހުރިހާ ދަރިވަރުން އެކުރެޑިޓްކޮށްފަ.
ޑރ.ހަންނާނާ ކޮށްލަންބޭނުންވާ ފުރަތަމަ ސުވާލަކީ:
1- މީގައި ދަރިވަރުންގެ އިހުމާލަކީ ކޮބައިތޯ؟
ސަބަބަކީ، ދަރިވަރުނގެ ހައިސިއްޔަތުން އެކުދިން ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަ އަށް އެކުދިން ކޮށްފައިވާކަން އެބަ އެނގޭ.
ދެވަނަ ސުވާލަކީ:
2- ޑރ.ހަންނާނު ގެ ކޮންސާރން އަކީ އެބޭފުޅާގެ މުއައްސަސާގެ އިހުމާލުކަންވެސް ރަނގަޅަށް އެނގެން އޮތް ހިނދު، މުއައްސަސާ އިޞްލާޙު ކުރައްވަން އުޅުއްވުމުގެ ބަދަލުގައި، ދަރިވަރުން ޕީނަލައިޒް ކުރައްވަން އުޅުއްވުމުގެ ބޭނުމަކީ ކޮބައިތޯ؟
ތިންވަނަ ސުވާލު:
3- މި ޕީ.އެޗް.ޑީ ޕްރޮގްރާމަށް ރިކޮގްނިޝަން ދިނުން ހުއްޓާލިކަން އެމް.ކިއު.އޭ ގެ ސާރކިއުލާރ އަކުން، ޢާއްމުކޮށް އިޢުލާނު ކުރި ފަހުން، ޑރ.ހަންނާނާއި އެމް.ކިއު.އޭ ކަންބޮޑުވާ މިންވަރަށް ނުވަތަ އިތުރަށް އެއްވެސް ކުޖަކު މި ކޯހަށް އެއްރޯލްވެ، ޕްރޮގްރާމް ރިކޮގްނިޝަން އަށް ހުށްއަޅާފައި ވޭތޯ؟
ޚަމެއް އޮންނަ ގޮތް ކިޔައިނުދީ މަތިމަތިން ކިޔައި ދިނުމަކީވެސް ދޮގުހެދުން. ޢެލްޑާސްގޭޓް ނިސްބަތްވާ ގައުމުންވެސް ގަބޫލުނުކުރާ އަދި ލަންކާއިންވެސް ގަބޫލު ނުކުރާ ސަނަދެއް ތިންވަނަ ގައުމަކުން ގަބޫލުކުރާނެ ގޮތެއްނޭގޭ. ދަރިވަރުންތަކަކަށް އެކޯސް ގަބޫލުކުރާނެ ކަމަށް ކުރިން އެމް.ކިއު.އޭގެ ވެރިން ލިޔުން ދީފައިވަނީ އޭރުވެސް އޮތް ގަވާއިދާއި ހިލާފަށް. މީގައި ދަރިވަރުންނަށް ލިބުނު ގެއްލުމުގެ ބަދަލު ފާއިސާއިން ދިނަސް ޕީ.އެޗް.ޑީ ސަނަދު ދީފިނަމަ މިފަދަ އެތައް ސަނަދެއް ދޭން މަޖުބޫރުވާނެ. ޢެންމެ ފުރަތަމަ ފެޔަރ އަކަށް އައިސް އެއްފަހަރާ 50 ވަރަކަށް ކުދިންނަށް ނުއަގުގައި ކޯސް އޮފަރ ކުރުމުން ދަރިވަރުންނަށް މީގައި ގޯހެއް އުޅޭކަން ނޭގުން އެއީދެރަ ކަމެއް. ޢަދި ދަރިވަރުންނަށް ގޯސްލިޔުމެއް އޭރުހުންނެވި އެމް.ކިއު.އޭގެ ވެރިޔާ ދެއްވުންވެސް ގޯސް. ޢަދި އެބޭފުޅާ މީގެ އެއްވެސްކަހަލަ ޒިންމާއެއް ނުނެގެވުންވެސް ދެރަ. މީގައި ހުރިހައި ގެއްލުމެއް މިލިބެނީ މިކޯސްހެދި ފަރާތްތަކަށް އަދި މިހާރު އެމް.ކިއު.އޭގައި ތިބި މުވައްޒަފުންނަށް.