ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޯމުތައް އާންމު ނުކުރަނީސް ރައީސް ސާލިހުގެ ތާއީދު ފޯމުތައް ފުރުމުގެ މަސައްކަތް ކުރި: ހަސަން ލަތީފް

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން ހަސަން ލަތީފް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކަންކަން އިންތިޒާމު ކުރުމުގައި  އަމަލުކޮށްފައިވާ ގޮތާއިމެދު ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ފާޑުވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހަސަން ލަތީފްވަނީ ޕްރައިމަރީއަށް ކެމްޕެއިން ކުރުމަށް ދީފައިވާ އެއް މަސް ދުވަހުގެ މުއްދަތު ކުރު ނޫންތޯ ސުވާލުކުރައްވާފައެވެ. އަދި އެނާ ވަނީ އަވަސްކޮށްލައްވައިގެން ޕްރައިމެރީއެއް ބޭއްވުމުގެ މަގުސަދާއިމެދުވެސް ސުވާލު އުފައްދަވާފައެވެ.

ހަސަން ވިދާޅުވީ، ރިޔާސީ ޕްރައިމަރީއަށް ކެމްޕެއިން ކުރުމަށް ރައީސް ނަޝީދު އަދި ރައީސް ސާލިހަށް ލިބިވަޑައިގެންފައިވަނީ ހަމަހަމަ ފުރަތެއް ނޫންކަމަށެވެ. އަދި ރިޔާސީ ޕްރައިމަރީގެ އިއުލާނު ކުރުމުގެ ކުރިންވެސް ރައީސް ސާލިހަށް ތާއީދު ފޯމުތައް ފުރުމުގެ މަސައްކަތްތައް ރަށްރަށުގައި ކުރިއަށް ގެންދިޔަ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް އެނާއަށް ފެނިވަޑައިގެންނެވިކަމަށް ހަސަން ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، ނައިފަރު ދާއިރާގައި އެ މަސައްކަތްތައް ކުރިކަމަށެވެ. އަދި ޕާޓީއިން އެ ފޯމުތަށް އާންމު ކުރުމުގެ ކުރިން ރައީސް ސާލިހުގެ ފެކްޝަނަށް ފޯމުތައް ލިބިގެންދިޔަ ގޮތާއިމެދުވެސް އެނާ ސުވާލު އުފެއްދެވިއެވެ.

ހަސަން ވިދާޅުވީ، އެމްޑީޕީއަކީ އިންސާފުވެރި މިނިވަން އިންތިހާބެއް ބޭއްވުމަށް އެންމެ ބޮޑަށް ވަކާލާތު ކުރާ ޕާޓީކަމަށެވެ. އަދި ރައީސް ނަޝީދަށް ގޮންޖެހުންތަކެއް ކުރިމަތިވާކަމުގެ މައުލޫމާތުތައް އަދި އެކަންކަން ކުރިމަތިވަމުންދާ ގޮތްތަކާއިބެހޭ މައުލޫމާތުތައް ރައީސް ސާލިހަށް އެނގިވަޑައިނުގަންނަވާނެކަމަށް ގަބޫލު ނުކުރައްވާނެކަމަށް އެނާ ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، އިރާދަ ކުރެއްވީއްޔާ ކުރިއަށް އޮތް އިންތިހާބު ކާމިޔާބު ކުރައްވާނީ ރައީސް ނަޝީދުކަމަށެވެ. އެހެންނަމަވެސް ޕްރައިމަރީއަށް އިއުލާނު ކުރުމުން ފެންމަތިވެފައިވާ ކަންކަމުގެ ސަބަބުން އެމްޑީޕީއަށް ބޮޑެތި ގެއްލުންތައް ލިބިގެންދާކަމަށް އެނާ ފާހަގަކުރެއްވިއެވެ.

ހަސަން ވިދާޅުވީ، އެންމެ ބޮޑު ގެއްލުމަކީ ޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުން އެއްވެސް ސަބަބެއް ނެތި ޕާޓީއާއި ދުރުކޮށްލައި ޕާޓީއާއި މެދު އެމީހުންގެ ތެރޭގައި ރުޅިވެރިކަން އުފެދިގެންދިއުންކަމަށެވެ. އެހެންކަމުން އެ ބޭފުޅުންގެ ވޯޓު ހޯދުން ވެގެންދާނީ އެމްޑީޕީއަށް ދަތިކަމަކަށް ކަމަށް އެނާ ވިދާޅުވިއެވެ. އަދި މެމްބަރުންތަކެއް ވަކި ކުރުމުގެ ގޯސް ހެދުމަށްފަހު، އެކަން އެނގިތިބެ މާދަން އެ މެމްބަރުންގެ ގާތަށް ވޯޓު ހޯދުމަށް ދިއުމުން އެކަން ވާނެތޯވެސް ހަސަން ސުވާލު އުފެއްދެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 75%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 25%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: