ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ރަސްމީ އެކައުންޓުން ރައީސް ޕްރޮމޯޓު ކުރާތީ ވައްޑޭގެ ނުރުހުން!

ނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ބައްވާ ޕްރައިމެރީ އާއި ދިމާކޮށް ޕާޓީގެ ރަސްމީ ޓުވިޓާ އެކައުންޓުން އެއް ކެނޑިޑޭޓަކު ޕްރޮމޯޓު ކުރުމަށް މަސައްކަތް ކުރަމުން ދާތީ އެކަން ކުށްވެރި ކުރާކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

މި މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީއަށް ބޮޑު ވާދަވެރިކަމެއް އުފެދިފައިވާއިރު އޮތް އެންމެ ބޮޑު ތުހުމަތަކީ ސަރުކާރުގެ ނުފޫޒުގެ ވާހަކަތެކެވެ. ޗެއާޕާސަންގެ އިންތިހާބުގައި ވެސް ސަރުކަރުގެ ވަސީލަތްތައް ބޭނުންކޮށް ކެމްޕެއިން ކުރިކަމުގެ ވާހަކަތައް ދެކެވިފައި ވަނިކޮށް، ވައްޑޭ މިއަދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެކައުންޓުން ދެވަނަ ދައުރަކަށް ރައީސް ގެނައުމަށް ކުރާ ކެމްޕެއިންތަކާއި އެމްޑީޕީގެ ރަސްމީ އެކައުންޓުން ކުރާ އެފަދަ ރީ-ޓުވީޓުތައް ކުށްވެރި ކުރާ ކަމަށެވެ.

ރިޔާސީ ޕްރައިމެރީގައި ވާދަ ކުރައްވަނީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި، ވެރިކަމުގެ އިތުރު ދައުރަކަށް އައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އިންތިހާބާއި ގާތްވެފައިވާއިރު ގައުމީ މަޖިލީހުގެ އަޣުލަބިއްޔަތާއި ރައްޔިތުންގެ އެމްޑީޕީގެ ބޮޑު މެޖޯރިޓީއެއް އޮތީ ރައީސް ސޯލިހަށެވެ. ރައީސް ނަޝީދަށް ތާއީދު ކުރާ މެމްބަރުން ތުހުމަތު ކުރާ ގޮތުގައި، އެބޭފުޅުންގެ ތާއީދު ރައީސް ސޯލިހަށް ލިބެނީ އަމިއްލަ ވަޒީފާ އަދި އާއިލީ މީހުންގެ ވަޒީފާތަކުގެ ބޭނުމުގަ އެވެ. އަދި އެބޭފުޅުންގެ އެކި ކުންފުނިތަކަށް ސަރުކާރުގެ މަޝްރޫއުތަކާއި، ކުދި ކުދި މަސައްކަތްތައް ލިބޭތީކަމަށް ވެސް ބުންޏެވެ.

ޕްރައިމެރީއެއްގެ ކެމްޕެއިނުގެ ތެރެއިން، އެމްޑީޕީގެ ޓުވިޓާ އެކައުންޓުން ރައީސް ސޯލިހަށް ތާއީދުގައި ކުރާ ޕޯސްޓުތައް ކުށްވެރިކޮށް ވައްޑޭ ވިދާޅުވީ އެ އަމަލު ބެލެވޭނީ ވަކި ކެނޑިޑޭޓަކު ޕްރޮމޯޓު ކުރުން ކަމަށެވެ. އެއީ ރައީސް ސޯލިހު އެންމެ ފަހުން ބޭއްވި ޕްރެސްގައި ވެރިކަމުގެ އިތުރު ދައުރެއް ދޭން ޖެހޭ ސަބަބުކަމަށް އެމަނިކުފާނު ފާހަގަކުރެއްވި ނުކުތާތަކުގަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުން ހަދާފައިވާ ވީޑިއޯ ކްލިޕެކެވެ. ރައީސް އޮފީހުގެ އެކައުންޓުން ކުރި އެ ޓުވީޓު، އެމްޑީޕީގެ އެކައުންޓުން ރީ-ޓުވީޓު ކުރުމުން ވައްޑޭ ވަނީ އޭގެ ސްކްރީން ޝޮޓެއް ވެސް ޕޯސްޓުގައި ހިމަނާފަ އެވެ.

ވައްޑޭ ވިދާޅުވީ މިއީ ޕާޓީގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުން ކަމަށެވެ. މިގޮތަށް ފާހަގަ ކުރެވޭ ޕްރައިމެރީ އާއި ގުޅުން ހުރި ޝަކުވާތައް އިލެކްޝަންސް ކޮމިޓީ އާއި އެހެން ގުނަވަންތަކަށް ހުށަހަޅާނެކަމަށް ވައްޑެ މައުލޫމާތު ދެ އެވެ.

އިންތިހާބުގެ ގިނަ ޝަކުވާތަކެއް ހުރި ނަމަވެސް، ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން ދަނީ އިންތިހާބުގެ އިންސާފުވެރިކަމާއި މެދު ސުވާލު އުފައްދައި ހައްލެއް ނުލިބިދާނެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ނަމަވެސް އިލެކްޝަންސް ކޮމިޓީ އާއި ޕާޓީގެ ޗެއާޕާސަން ފައްޔާޒް އެ ތުހުމަތުތައް ދޮގު ކުރެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: