ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2018 ވަނަ އަހަރު އިންތިހާބު ކާމިޔާބު ކުރީ ރައީސްގެ ރަނގަޅު ސިފަތަކުގެ ވާހަކަތައް ދައްކައިގެން: މީކާއިލް

ޝެއާރކޮށްލާ ކަހަލަދޯ؟

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ރަނގަޅު ސިފަތަކުގެ ވާހަކަތައް ރައްޔިތުންނާއި ހިސާބަށް ގެނެސްދީގެންކަމަށް މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ، 2018 ވަނަ އަހަރުގެ އެމްޑީޕީގެ ހަރަކާތްތަކަށް ނަޒަރު ހިންގާލުމުން، އެންމެ ގިނައިން ދައްކާފައިވާނީ ރައީސް ސާލިހުގެ ރަނގަޅު ސިފަތަކުގެ ވާހަކަ ކަން ފާހަގަކުރެވިގެންދާނެކަމަށެވެ. އެގޮތުން އެމަނިކުފާނުގެ އެންމެ ރަނގަޅު ސިފަތަކުގެ ގޮތުގައި ފާހަގަކުރެވިގެންދިޔައީ ފިޔަވަޅެއް ނެންގެވުމުގެ ކުރިން ވިސްނާ ވަޑައިގަންނަވާ ކަމުގެ ސިފަކަމަށް އެނާ ފާހަގަކުރެއްވިއެވެ.

މީކާއިލް ވިދާޅުވީ، އެ ދުވަހު ދެއްކީ ރައީސް ސާލިހު ވަގުތު ނަންގަވައިގެން ވިސްނަވާ ވިސްނުންތަކަށް ފަހު ނިންމަވާ ނިންމެވުންތަކުގެ ހަރުދަނާކަމުގެ ވާހަކަކަމަށެވެ. އަދި އެ ދުވަހު އެ ސިފަތައް ވެގެންދިޔައީ މޮޅު ސިފަތަކަކަށް ކަމަށާއި ވެގެންދިޔައީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓެއްގެ ކިބައިގައި ކޮންމެހެންވެސް ހުންނަންޖެހޭނެ ސިފަތަކެއް ކަމުގައިކަމަށް މީކާއިލް ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، މިއަދުވެސް ނެރެން ބޭނުންވަނީ އެ ސިފަތައް ހުރި ކެނޑިޑޭޓެއްކަމަށެވެ. އަދި ސިފަތައް ހުރި ކެނޑިޑޭޓަކީ ރައީސް ސާލިހުކަމަށް މީކާއިލް ވިދާޅުވިއެވެ.

މީކާއިލް ވިދާޅުވީ، 2018 ވަނަ އަހަރުގެ މަޖިލީސް އިންތިހާބުގެ ތެރެއިން އެންމެ ގިނައިން އިވިގެންދިޔައީ އެ މީހަކީ ސަރުކާރުގެ ކެނޑިޑޭޓުކަމަށް ބުނާ ވާހަކަމަށެވެ. އަދި ކެމްޕެއިންގެ ތެރެއިން ސަރުކާރަށް ވާގިވެރިވާނެކަމަށާއި މަދަދުވެރިވާނެވާހަކަވެސް އިވިގެންދިޔަކަން އެނާ ފާހަގަކުރެއްވިއެވެ. އެނާ ވިދާޅުވީ، އެމްޑީޕީއަށް 65 މަޖިލީސް ގޮނޑި ލިބިގެންދިޔަައީ ރައްޔިތުންނަށް އެ ވާހަކަތައް ވިއްކައިގެންކަމަށެވެ.

އެހެންނަމަވެސް އެ ވަގުތާއި މިހާރުވެސް ހަރުދަނާ އޮޕޮޒިޝަނެއް ނެތުމާއި އެކު ޕާޓީގެ ތެރެއިންވެސް ވާގިވެރިވުމާއި އެކު ފާރަވެރިވާނެކަމަށް ޕާޓީގެ ތެރެއިން ބަޔަކު ވިދާޅުވިކަމަށް އެނާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
13%ވަރަށް ގަދަ 7%ވަރަށް ގަޔާވޭ 7%ބޮޑު ޖޯކެއް 7%ހައިރާންވެއްޖެ 27%ވަރަށް ދެރަ 40%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: