އިންސާފު ގާއިމްކޮށްދޭނެ ކަމަށް ބުނެ އައިސް އަތާއިފައި ނުބާނާ ތަނެއް ނެތި އިތުރު ފަސްއަހަރު ދޭން ބުނުމުން ނުދޭނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
މިސަރުކާރު ވެރިކަމަށް އައީ މިނިވަން ފަނޑިޔާރުގެއެއް ގާއިމްކޮށްދޭނެ ކަމަށް ވައުދުވެގެންނެވެ. ނަމަވެސް ވެރިކަމަށް ހަތަރު އަހަރު ފުރިގެންދާއިރު އެކަން ފުރިހަމަވެފައި ނުވާ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ރޭ ޕީޕީއެމް އިން އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި އެއްވުމެއްގައި ޝުޖާއު ވިދާޅުވީ ދިވެހިރާއްޖޭގެ މާލިއްޔަތުގައި ރައީސް ޔާމީން އެއްކޮށްފައިހުރި ލާރިކޮޅު ރައްޓެހިންނަށް ބަހާލުމަށްފަހު އިތުރަށް ފަސް އަހަރު ދޭށޭ ބުނުމުން ނުދޭނެ ކަމަށެވެ.
ޝުޖާއު ވިދާޅުވީ ކޮވިޑްގެ ހާލަތުގައި ބޮޑު ސިންގާ ވައްކަން ކޮށްފައި އިތުރު ފަސް އަހަރު ދޭން ބުނުމުން ރައްޔިތުން ވޯޓް ނުދޭނެ ކަމަށެވެ.
ދިވެހިރާއްޖޭގެ ހުރިހާ ސްކޫލްކުދިންނަށް ހެދުނު ނާސްތާ ދޭނެކަމަށްބުނެ އެކަން ފެއިލްކޮށްލުމަށް ފަހު އިތުރު ފަސްއަހަރު ދޭށޭ ބުނީމަ ނުދޭނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ މިގައުމުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހް އަށް ތާއީދު ނެތްކަމަށެވެ.
ޝުޖާއު ވިދާޅުވީ 2023 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީން އާ އެކު ޕީޕީއެމް އިން ވެރިކަމަށް އަންނާނެ ކަމަށެވެ.
ޝުޖާއު ވިދާޅުވީ ރައީސް ޔާމީންގެ މެސެޖުގައި ހުރިހާ ސަޕޯޓަރުން ވަރަށް ބޮޑަށް ހިތްވަރު ކުރުމަށް ކަމަށާއި އެމަނިކުފާނުވެސް ލިބެމުންދާ އަނިޔާގައި ހިތްވަރު ކުރައްވަމުންގެންދަވާ ކަމަށެވެ. އަދި މިވެރިކަން ބަދަލު ކުރުމަށް ރައީސް ޔާމީން އާ އެކުގައި ހުރިހާ އެންމެން އަޒުމް އާކުރުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވި ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ ޕީޕީއެމް އަށް ވެރިކަން ހޯދަން އެނގޭ ކަމަށެވެ.
ޝުޖާއު ވިދާޅުވީ މިސަރުކާރަކީ އިންޑިއާގެ އެހީތެރިކަމުގައި ދެމިއޮތް ސަރުކާރެއް ކަމަށެވެ.
ޝުޖާއު ވިދާޅުވީ އެމްޑީޕީގެ އާއްމު މެމްބަރުން ރައީސް ސާލިހް އަށް ދެވަނަ ދައުރެއް ނުދޭނެ ކަމަށެވެ.

