ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީ މި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު ރިޔާސީ ޕްރައިމެރީގައި ވޯޓުލާއިރު ފުންކޮށް ވިސްނުމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އެމްޑީ÷ީގެ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފިއެވެ.
އިމްރާން ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީއާއި އަދާލަތު ޕާޓީއާއި އެއްވެސް ގުޅުމެއް ނެތްނަމަވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގެ ފަހަތުގައި ގައުމީ މަސްލަހަތާއި ގުޅުންހުރި ގިނަކްނަކް އެބަހުރި ކަމަށެވެ. އެހެން ކަމުން ރިޔާސީ ޕްރައިމެރީގައި އެމްޑީޕީގެ މެމްބަރުން ވޯޓުލާއިރު ވިސްނުމަށް އިމްރާން ވަނީ އެދިވަޑައިގެންފައެވެ.
އިމްރާން ކުރެއްވި ޓުވިޓްތަކުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ބައިވެރިވެ ވަޑައިގެން ބޭއްވި ފުރަތަމަ ކެމްޕެއިން ޖަލްސާ ކުރިޔަށްދިޔައިރު އިދިކޮޅު ޕީޕީއެމް،ޕީއެންސީއަށް ރައީސް ސާލިޙް ޖަލްސާ ބޭއްވި އެމްޑީޕީ ހަރުގެ ސަރަހައްދުގައި ސިޔާސީ ހަރަކާތް ހިންގުމަށް ޖަގާ ދެއްވާފައި ވާތީ އެކަމަށް ތަޢުރީފް ކުރައްވާފައިވެއެވެ.
އެގޮތުން އިމްރާން ކުރެއްވި ޓުވިޓުގައި ވިދާޅުވީ އިދިކޮޅު ޕާޓީގެ ޖަލްސާއެއް މަގުގެ އަނެއް ފަޅީގައި މިނިވަންކަމާއިއެކު ބޭއްވުމުގެ ފުރުސަތު ފުރިހަމައަށް ދީގެން ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ޖަލްސާ ކުރިޔަށް ގެންދިއުމަކީ ރައީސް ސާލިޙްގެ ހިތްވަރުގަދަ ކަމާއި ކެތްތެރިކަން ހާމަވެގެންދާ ކަމެއް ކަމަށެވެ.
އިމްރާން ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެ ވަޑައިގެންނަވާ ޖަލްސާއެއް ކުރިޔަށްދާ ތަނެއްގައި ނުވަތަ ވަސްފޯރާ ހިސާބުގައި ވެސް ރައީސް ޔާމީންއާއި އިދިކޮޅު ފަރާތްތަކަށް ޖަލްސާއެއް ބޭއްވުމުގެ ފުރުސަތު ރައީސް ޔާމީޏް ނުދެއްވާނެކަން ޕީޕީއެމްގެ މެމްބަރުން ވެސް ގަބޫލު ކުރާނެ ކަމަށެވެ،
Hama yageenunves RY baiverive vadaigannava jalsaehge vasfoara hisaabehgaves idhikolhu bayaku jalsaeh baahvan furusathu nudhehvaanekan PPM beyfulhun ves gaboolufulhu kurahvaane.
— Imran Abdulla (@ShimranAb) January 4, 2023
ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ބައިވެރިވެ ވަޑައިގެން ބޭއްވި ފުރަތަމަ ކެމްޕެއިން ޖަލްސާ ކުރިޔަށްދިޔައިރު އިދިކޮޅު ޕީޕީއެމް، ޕީއެންސީގެ ފަރާތުން ވަނީ އެ ސަރަހައްދުގައި ޖަލްސާއެއް ބާއްވައި ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި އަޑުއުފުލާފައެވެ.
ރައީސް ސޯލިހު ވާހަކަ ދައްކަވަމުން ގެންދެވި ދަނޑިވަޅުގައި އާޓިފިޝަލް ބީޗު ސަރަހައްދުގައި ޕީޕީއެމްގެ ޕޯޑިއަމްގައި ވާހަކަ ދައްކަވަމުން ގެންދެވީ ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ އެވެ. އޭނާ ގެންދެވީ އެ ވަގުތުކޮޅުގައި ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
އިދިކޮޅު ލީޑަރު ޔާމީން ޖަލަށް ލާފައި ބަންދުކޮށްފައި ހުއްޓަސް ”މި ސަރުކާރު ކުރިމަތީ ކުޑަކަކޫ ނުޖައްސަވާނެ“ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އަބްދުލްރަހީމް ވިދާޅުވި އެވެ. އަދި އިދިކޮޅު ލަޝްކަރު ވެސް އެ ސާބިތުކަމާއެކު ތިބުމަށް ގޮވާލެއްވި އެވެ.

