ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު ރައީސް ސާލިޙްގެ ފެކްޝަނަށް: ބޮނދުވައްޓާލާފައި ކުޅިބައި އަލުން އަތުރާ

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ބޮނދު ވައްޓާލުމަށްފަހު ކުޅިބައި އަލުން އެތުރުމަށް ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

މިއަދު ރައީސް ނަޝީދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގެ ނަތީޖާ  މިހާރު ރައީސް އިބްރާހިމް މުހައްމަދު ސާލިހް އަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

ރައީސް ސާލިހާއި އެމަނިކުފާނުގެ ޓީމަށް މިހާރު ނަތީޖާ އެނގިވަޑައިގަންނަވާނެ. ބުއްދިވެރިގޮތަކަށް ވާނީ ބޮނދު ވައްޓާލާފައި އަލުން އަނބުރާ ކުޅިބައި އެތުރުން.

ރައީސް ނަޝީދު ވިދާޅުވީ ރީތިކޮށް ކުޅޭ މީހުން ކުރިއަށްހުރި ހަތަރު ކުޅި ފެނުމުން، އަދި ހުސް ބޮނދަށް ވާތަން ފެނުމުން އަމިއްލައަށް ބޮނދު ވައްޓާލާނެ ކަމަށާއި އެއީ ރިވެތި އުސޫލުކަމަށާއި އެއީ ޑިމޮކްރަޓިކް އުސޫލު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ މި ޕްރައިމަރީ އަދި ވެރިކަން ލިބުމުގެ ކުރީގައި ރައީސް ސާލިހު ދަންނަ ގިނަބަޔަކު އެމްޑީޕީގައި ނުތިބޭނެ ކަމަށެވެ. އަދި ރައީސް ސާލިހަކީ އެމްޑީޕީގެ ދަތުރަށް އާ ބޭފުޅެއް ކަމަށާއި އެމަނިކުފާނު ޖަލަށް ވަޑައިގެންނެވީ އެންމެ ފަހަރަކު ކަމަށާއި އެއީ މިފަހަރު ރިޔާސީ އިންތިހާބުގެ ކުރިން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މިހާލަތުގައި އެމްޑީޕީއަށް ރަނގަޅުގޮތަކަށް ވާނީ މި ޕްރައިމަރީ ރައީސް ނަޝީދު ކާމިޔާބު ކުރެއްވުން ކަމަށެވެ. އަދި ރައީސް ނަޝީދު ޕްރައިމަރީ ކާމިޔާބު ކުރައްވައި ރިޔާސީ ޓިކެޓް ލިބިވަޑައިގަތުމާއެކު ރައީސް ސާލިހްގެ ޓީމްގައި ތިއްބެވި ބޭފުޅުންގެ ތާއީދު ވެސް ރައީސް ނަޝީދަށް ލިބިގެންދާނެ ކަން ރައީސް ނަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ.

ރައީސް ނަޝީދު ވަނީ ރައީސް ސާލިހުގެ އައްޑޫ ދަތުރުގައި ތާއީދު ކުޑަކަން ފާހަގަކުރައްވާފައެވެ. އެގޮތުން އައްޑޫގެ އެކި ރަށްރަށުން ބައެއް ބޭފުޅުން ގުޅުއްވައި އެރަށްރަށުން ނިކުތީ މަދު ބައެއްކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދާއި ރައީސް ސާލިހުގެ ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކުރެވިގެންދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މި ޖަނަވަރީ މަހުގެ 28 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: