ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހު ކުރި ހޯދީ އާދަޔާހިލާފަށް ވޯޓު ލާފައިވާ މަދު ވޯޓު ފޮށިތަކަކުން: ރައީސް ނަޝީދުގެ ކެމްޕެއިން ޓީމު

އެމްޑީޕީ ރިޔާސީ ކެމްޕެއިން ޖަލްސާއެއްގައި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: އަރީހު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާޙިމް މުހައްމަދު ސާލިހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއިން ކުރި ހޯއްދެވީ އާދަޔާ ހިލާފަށް ވޯޓު ލާފައިވާ މަދު ވޯޓު ފޮއްޓެއް މެދުވެރިކޮށްކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ޓީމުން ބުނެފިއެވެ.

ފިކުރެއްގެ ދިރުން ކެމްޕެއިން ޓީމުން ނެރިފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުން، ރައީސް ނަޝީދުވަނީ ގިނަ ފޮށިތަކުން ކުރި ހޯދާފައެވެ. އެހެންނަމަވެސް ރައީސް ސާލިހަށް އިންތިހާބުގެ އަގުލަބިއްޔަތު ހޯއްދެވިފައިވުމަށް މަގުފަހިވެފައިވަނީ އާދަޔާ ހިލާފު ގޮތަކަށް ވޯޓު އެޅިފައިވާ މަދު ވޯޓު ފޮއްޓެއްގެ ސަބަބުންކަމަށް ވިދާޅުވިއެވެ. އަދި މިކަމާއި ގުޅިގެން ނަތީޖާ ޝީޓުތައް ރަނގަޅަށް ބަލައި ދިރާސާ ކުރަމުންދާކަމަށް ބުނެފައިވެއެވެ.

ސޯޯޝަލް މީޑިއާގައި ދައުރުމަުންދާ ނަތީޖާ ޝީޓުތަކުން ފެނިގެންދާގޮތުން، ބައެއް ވޯޓު ފޮށިތަކަށް އެ ފޮއްޓަށް ވޯޓު އެޅުމުގެ ހައްގު ލިބިގެންވާ އަަދަދަށްވުރެ ގިނަ އަދަދެއްގެ މީހުން ވޯޓު އަޅާފައިވެއެވެ.

ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުންވަނީ އިންތިހާބަށް އިއުލާނު ކުރުމާއި ގުޅިގެންވެސް ކަންބޮޑުވުންތައް ހުރިކަން ފާހަގަކޮށްފައެވެ. އެގޮތުން ވޯޓު އޮންނާނެ ދުވަސް އިއުލާނު ކުރުމާއި ގުޅިގެން ދަފްތަރުގައި ތިބި ގިނަ އަދަދެއްގެ މީހުން ވަކި ކުރެވި، ދަފްތަރު ގަޑުބަޑު ކުރެވިފައިވާކަމަށް ބުނެފައިވާއިރު، ވޯޓު ލުމާއި ގާތުންވެސް އެމަނިކުފާނުގެ ޓީމުންވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފައެވެ. އެންމެ ފަހުން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ރައީސް ނަޝީދުގެ އެޖެންޓު މެމްބަރު ހަސަން ލަތީފް ވިދާޅުވެފައިވާގޮތުން، ރައީސް ސާލިހުގެ ޓީމުންދަނީ ވޯޓު އޮޅުވާލެއްވުމަށް މަސައްކަތްކުރައްވަމުންނެވެ. އެގޮތުން އެކަކު ލައްވާ ދެ ފަހަރެއްގެ މަތިން ވޯޓު އެޅުވުމަށް އެއް ރަށުން އަނެއް ރަށަށް ގެންދިއުމަށް ނިންމާފައިވާކަމަށް ބުނެފައިވެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ނިމުމަކަށް އައިސްފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސާލިހުވަނީ މި އިންތިހާބު އަގުލަބިއްޔަތު އަދަދަކުން ކާމިޔާބު ކުރައްވާފައެވެ. އެމަނިކުފާނަށް 63 އިންސައްތަ ލިބިފައިވާއިރު، ރައީސް ނަޝީދަށް ލިބިވަޑައިގަތީ 37 އިންސައްތަކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: