ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔަމީން ހުރީ އަނިޔާވެރިކަމުގެ ކުރިމަތީގައި ކުޑަކަކޫ ޖަހާގޮތަކަށް ނޫން: އަބްދުލްރަހީމް

އަބްދުއްރަހީމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޖަލުގައި ހުންނެވި ނަމަވެސް ހުންނެވީ އަނިޔާވެރިކަމުގެ ކުރިމަތީގައި ކުޑަކަކޫ ނުޖައްސަވާ ގޮތަކަށް ކަމަށް ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދާ ”ހޯޕް ކޮންފަރެންސް 2023“ އިފްތިތާހު ކޮށްދެއްވަމުން އަބްދުލްރަހީމް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ އަނިޔާވެރިކަމުގެ ސަބަބުން އެ ޕާޓީއިން ކުރިއަށް ގެންދާ ކޮންފަރެންސްއަކީ އުފާވެރި ކޮންފަރެންސްއެއްކަމަށް ދެންނެވެން ނެތްކަމަށެވެ. އެނާ ވިދާޅުވީ، އެ ކޮންފަރެންސްއަކީ ރައީސް ޔާމީންގެވެސް ހާޒިރީގައި ބޭއްވުމަށް ރާވާފައިވާ ބައްދަލުވުމެއްކަމަށެވެ. އެހެންނަމަވެސް އެ ހަރަަކާތަށް ތައްުޔާރީތަށް ވަމުންދަނިކޮށް ނުހައްގު ހުކުމެއްގެ ދަށުން ރައީސް ޔާމީންވަނީ ޖަލަށް ލާފައިކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީން އާއި ބައްދަލުކުރެއްވިކަމަށާއި އެމަނިކުފާނުގެ އަތުލިޔެފައިވާ މެޖެސެޖެއް ގެނެއުމަށްވެސް މަސައްކަތްކުރެއްވި ކަމަށް ފާހަގަކުރައްވާ އަބްދުލްރަހީމް ވިދާޅުވީ، ގާނޫނު ތަން ނުދިނުމުގެ ސަބަބުން އެކަން ނުކުރެވުނު ކަމަށެވެ. އެހެންނަމަވެސް ރައީސް ޔާމީން ޖަލުގައި ހުންނެވި ނަމަވެސް ހުންނެވީ ”ގަދަކޮށް“ ކަމަށާއި އެމަނިކުފާނު ހުންނެވީ އަނިޔާވެރިކަމުގެ ކުރިމަތީގައި ކުޑަކަކޫ ޖައްސަވާ ގޮތަށް ނޫންކަމަށްވެސް އަބްދުލްރަހީމް ވިދާޅުވިއެވެ.

ރައީސް ޔާމީން، ގައުމަށްޓަކައި މަތިވެރި ގުރުބާނީތަކެއް ވެވަޑައިގަންނަވަމުންދާކަމަށް ފާހަގަކުރައްވާ އަބްދުލްރަހީމް ވިދާޅުވީ، އެމަނިކުފާނު ހުންނެވީ އެ މަސައްކަތްތަކުގެ މަތީގައި ސާބިތުވެކަމަށާއި ފަހަތަޖެހިވަޑައިނުގަންނަވާނެކަމަށްވެސް ވިދާޅުވިއެވެ. އަދި ރައީސް ޔާމީން ހުންނެވީ ގައުމު މިނިވަންކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރައްވަމުންދާ މަސައްކަތްތައް ކުރިއަށް ގެންދެވުމުގެ ވިސްނުންފުޅުގައިކަމަށްވެސް އެނާ ވިދާޅުވިއެވެ.

ޕީޕީއެމްއަށް މިސްރާބު އޮޅިގެން ނުދާކަން ފާހަގަކުރައްވާ ވާހަކަދައްކަވަމުން އަބްދުލްރަހީމް ވިދާޅުވީ، ދިވެހިރާއްޖެއަކީ ދުނިޔެމަތީގައި ދިވެހިންނަށް އޮތް ”ސުވަރުގެ“ ކަމަށެވެ. އަދި ރާއްޖެއަކީ ކާބަފައިން ހޯއްދަވައިދެއްވާފައިވާ އަގު ހުރި ތަރިކައެއް ކަމަށްވުމުން ރާއްޖެ ދިވެހިންގެ އަތުން ދޫވެގެންދާ މަންޒަރު ބަލަން ނުތިބޭނެކަމަށްވެސް ވިދާޅުވިއެވެ. އެނާ ވިދާޅުވީ، ދިވެހިންގެ ގައުމު ސަލާމަތް ކުރަން ތައްޔާރަށް ތިބި ކަން ކޮންފަރެންސް ކުރިއަށް ގެންދާ ހޯލް އަށް ބަލާލުމުން ސާފުވެގެންދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ކުޑަކަކޫ ނުޖެހިޔަސް އޮންނާނީ ގޮޅީގަ ނުވެސް ނެރޭނަން ދެން ލަލަލާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: