ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދާލަތުގެ ނިންމުމަށް ޝާހިދު މަރުހަބާ ވިދާޅުވެއްޖެ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ އާއި އެކު ކޯލިޝަނެއް ހަދައިގެން ރިޔާސީ އިންތިހާބުގައި މަސައްކަތްކުރުމަށް އަދާލަތު ޕާޓީއިން ނިންމާފައިވާތީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެ ޕާޓީއަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދު ކުރުމަށް ނިންމައި އަދާލަތުން ނެރިފައިވާ ގަރާރަށް އަލި އަޅުއްވައި ޝާހިދު ވިދާޅުވީ، އެ ޕާޓީގެ ނިންމުމަށް އެނާ މަރުހަބާ ކިޔާކަމަށެވެ.

ޝާހިދު ވިދާޅުވީ، އެ ދެ ޕާޓީއިންވަނީ 2018 ވަނަ އަހަރުގެ ތެރޭގައި އެކުގައި މަސައްކަތްތަކެއް ފައްޓާފައިކަމަށެވެ. އަދި އެއީ ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ހެވާއި ލާބަ ހޯދައިދެއްވުންކަމަށާއި، އަދާލަތުގެ ނިންމުމާއިއެކު އެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އަދާލަތު ޕާޓީގެ ނިންމުމަށް ރައީސް ސާލިހު ފެކްޝަނަށް ނިސްބަތްވާ މެމްބަރުން މަރުހަބާ ވިދާޅުވަމުންދާއިރު، އެމްޑީއޭއިންވެސް ވަނީ ކެނޑިޑޭޓެއް ނުނެރޭނެކަން ހާމަކޮށްފައެވެ. ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުން، އެ ޕާޓީއިންވެސް ވަނީ ރައީސް ސާލިހަށް ތާއީދު ކުރުމަށް ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: