ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާކްކުރެވޭނެ ގޮތެއް ނުދައްކާ ކޮށްފައިވާ ޖޫރިމަނާ މިހާރުން މިހާރަށް މާފުކޮށްދެއްވުމަށް މުއިއްޒު ގޮވާލައްވައިފި

ސިޓީ ކައުންސިލުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

 

މާލެސިޓީގައި އެއްގަމު އުޅަނދު ޕާކުކުރެވޭނެ ފުރިހަމަ އިންތިޒާމްތަކެއްނެތި ޕާކިން މައްސަލައިގައި ޖޫރިމަނާކޮށްފައިވާ ރައްޔިތުންގެ ޖޫރިމަނާ މިހާރުން މިހާރަށް މާފުކޮށްދެއްވުމަށް މާލެސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ސަރުކާރަށް ގޮވާލައްވައިފިއެވެ.

މޭޔަރު މިފަދައިން ގޮވާލެއްވީ މިއަހަރުގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުމުގައި މާލެސިޓީގެ ޕާކިން މައްސަލައާއި ގުޅިގެން ކަންބޮޑުވުންތައް ހިއްސާކުރައްވަމުންނެވެ.

މޭޔަރު މުޢިއްޒު ވިދާޅުވީ ޕާކްކުރުމުގެ ދަތިކަމާއިގުޅިގެން ރައްޔިތުންނަށް އެތައް ކަމަކުން ދަތިވާކަމަށާއި، ޕާކުކުރެވޭ ތަންތަނުގެ ތޮއްޖެހުން ބޮޑުކަމުން ރައްޔިތުންގެ އަގުބޮޑު އުޅަނދުތަކަށް ގެއްލުންވާކަމަށެވެ. އެހެންކަމުން މިކަމުގެ ހައްލަކީ ރައްޔިތުންގެ އުޅަނދުތައް ޖޫރިމަނާކުރުމެއް ނޫންކަމަށާއި، ހައްލަކީ ޕާކުކުރެވޭނެ އިންތިޒާމު ހަމަޖެއްސުން ކަމުގައި މޭޔަރު ވިދާޅުވިއެވެ.

މާލޭގެ ކާރޫބާރޫ ބޮޑުކުރާ އަނެއް މައްސަލައަކީ ޕާކިން މައްސަލަ. ރައްޔިތުންގެ އުޅަނދުތައް ޕާކުކުރެވޭނެ ގޮތެއް ނެތުން. މި ކަމުގެ ވެސް ހައްލަކީ ރައްޔިތުންގެ އުޅަނދުތައް ޖޫރިމަނާކުރުމެއް ނޫން. ހައްލަކީ ޕާކުކުރެވޭނެ އިންތިޒާމު ހަމަޖެއްސުން. 

މިއާއިއެކު ގަރާޖު ސިޓީގެ ނިޒާމު ވަގުތުން އުވާލުމަށާއި އަދި ޕާކިން މައްސަލައިގައި ޖޫރިމަނާކޮށްފައިވާ ރައްޔިތުންގެ ޖޫރިމަނާ މިހާރުން މިހާރަށް މާފުކޮށްދެއްވުމާއިއެކު ރައްޔިތުންނަށް ހައްލު ހޯދައިދިނުމުގެ އަޚުލާޤު ދަސްކުރުމަށް މޭޔަރު މުޢިއްޒު ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

އަދި އެއާއެކު ގަރާޖު ސިޓީގެ ނިޒާމު ވަގުތުން އުވާލަން ގޮވާލަން. އަދި ޕާކިންގ މައްސަލައިގައި ޖޫރިމަނާކޮށްފައިވާ ރައްޔިތުންގެ ޖޫރިމަނާ މިހާރުން މިހާރަށް މާފުކޮށްދެއްވުމަށް ގޮވާލަން. ރައްޔިތުންގެ ޖީބަށް އަތް ބޭނުމުގެ ބަދަލުގައި ރައްޔިތުންނަށް ހައްލު ހޯދައިދިނުމުގެ އަޚުލާޤު ދަސްކުރަން އަޅުގަނޑު ސަރުކާރަށް ގޮވާލަން. 

ޕާކިން މައްސަލަ ހައްލުކުރުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތްތަކަށް މޭޔަރުވަނީ އަލި އަޅުވާލައްވަފައެވެ. އެގޮތުން މާލެ ސިޓީ ކައުންސިލުން މި ކަމާ ބެހޭ ދިރާސާތައްކޮށް ނިންމާ 8 ޕާކިން ބިލްޑިންގް ބިނާކުރަން ކުރަންޖެހޭ ހުރިހައި މަސައްކަތެއް ކޮށް ނިންމާފައިވާކަން ފާހަގަކުރެއްވިއެވެ.

މޭޔަރު އިތުރަށް ވިދާޅުވީ ރައްޔިތުންނަށް މި މައްސަލައަށް ހައްލު ހޯދައިދިނުމަށް ހަމައެކަނި ބޭނުންވަނީ ސަރުކާރުގެ ހުއްދަ ކަމަށާއި، އެހެންކަމުން މާލޭގެ ޕާކިން މައްސަލަ ހައްލުކުރަން މާލެ ސިޓީ ކައުންސިލުން އިމާރާތްކުރަން ފަރުމާކޮށްފައިވާ 8 ޕާކިންގ ބިލްޑިންގް އެޅުމަށް އެއްބާރުލުން ދެއްވަން މޭޔަރު މުޢިއްޒު ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: