ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީނަށް އިއްވި 11 އަހަރުގެ ހުކުމް ހައިކޯޓުން ބަލައިގެންފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު ހައިކޯޓުން ބަލައިގެންފި އެވެ.

ވ. އާރަށް ވިއްކައިގެން އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާއަށް ހިޔާނާތްވެ، އެ ފައިސާއިން މަންފާ ނެންގެވިކަމުގެ ކުށް ރައީސް ޔާމީންގެ މައްޗަށް ސާބިތުވީ މިދިޔަ ޑިސެމްބަރު 25 ގަ އެވެ. އެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކޯޓުން ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ކުރިޔަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 05 މިލިއަން ޑޮލަރު ދެއްކުމަށް ވެސް ހުކުމްކޮށްފަ އެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމްގެ އިސްތިއުނާފު މައްސަލަ ރެޖިސްޓްރީ ކުރިކަން ހައިކޯޓުން ހާމަކުރިއިރު މައްސަލަ ބަލައިގެންފައި ވަނީ އެމަނިކުފާނުގެ ގަނޫނީ ވަކީލުން ލިޔެކިއުންތައް ދެ ފަހަރަށް ހުށަހަޅައިގެންނެވެ. އެންމެ ފުރަތަމަ މައްސަލަ މިދިޔަ ފެބްރުއަރީގައި ހުށަހެޅިތާ މަހަކާއި ގާތްވެފައި ވަނިކޮށް، ހައިކޯޓުން ވަނީ އިސްތިއުނާފު ފޯމު އިސްލާހު ކުރުމަށް ރައީސް ޔާމީންގެ ވަކީލުންނަށް އަންގާފަ އެވެ. އެކަމަކު އިދިކޮޅުން ބުނީ، އެއީ ރައީސް ޔާމީންގެ މައްސަލައަށް ހުރަސްއެޅުން ކަމަށެވެ. އޭގެ ފަހުން އަނެއްކާވެސް އިސްލާހުތަކާއި އެކު ވަކީލުން މައްސަލަ ހުށަހެޅި އެވެ.

އިސްތިއުނާފު ބަލައިގަތުން ލަސްވާތީވެ އިދިކޮޅުން ވަނީ އެކަން ފާހަގަކޮށްފަ އެވެ. އެހެންވެ ކޯޓުގައި އެހެން މައްސަލަތަކެއް ހުރުމުގެ ސަބަބުން، އިސްތިއުނާފު އަވަސް އަރުވާލައިގެން ކުރިޔަށް ގެންދަން ނުޖެހޭކަމަށް ބައެއް މީހުން ވަނީ ބުނެފަ އެވެ. އެކަމުގެ ރައްދުގައި މިއަދު އިދިކޮޅުން ބުނެފައި ވަނީ، މިއީ ރައްޔިތުންގެ މަސްލަހަތާއި ގުޅިފައިވާ މައްސަލައަކަށްވާއިރު އެ ހައްގު ގެއްލިގެން ނުވާނެ ކަމަށެވެ.

ވަސީލަތްތައް ނެތްކަމަށް ބުނެ، ނުވަތަ ކުރިޔަށް ގެންދަން ޖެހޭ އެހެން ޝަރީއަތްތައް ފުނިޖެހިފައިވާކަމުގެ ބަހަނާ ދައްކައި ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ލަސް ކުރުމަކީ އެއީ ބަލައިގަނެވޭނެ އުޒުރެއް ނޫންކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. ހާއްސަކޮށް ރައީސް ޔާމީންގެ ޝަރީއަތަކީ، އެތައް ހާސް ދިވެހި ރައްޔިތުންނެއްގެ މަސްލަހަތު ހިމެނޭ މައްސަލައެއްކަން ފާހަގަކޮށް އަބްދުއްރަހީމް ވިދާޅުވީ އެމަނިކުފާނަކީ ރާއްޖޭގައި މިވަގުތު ހުރި ހަމައެކަނި އިދިކޮޅު ލީޑަރުކަމަށެވެ.

ރައީސް ޔާމީންގެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމަށް ފަހު ތަފާތު އެކި ފަހަރު މަތީން އެމަނިކުފާނުގެ ގާނޫނީ ޓީމުން މީޑިއާތަކާއި ބައްދަލު ކުރި އެވެ. އެގޮތުން، ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ހުކުމް ރިޕޯޓު އާދަޔާ ހިލާފު ބައެއް ކަންކަން ފާހަގަވެފައިވާ ކަމަށެވެ.

ޖަމީލް ވިދާޅުވީ، ހުލާސާ ބަޔާނާއި ހުކުމުގެ ރިޕޯޓާއި ދިމާ ނުވާކަމަށާއި ރިޕޯޓުގައި އޮތީ ދައުލަތުގެ ބަޔާނުގެ ކޮޕީއެއް ކަމަށެވެ. އިންސާފުވެރިކަމާއި އެކު މައްސަލަ ކުރިޔަށް ގެންގޮސްފި ނަމަ ރައީސް ޔާމީން ހައިކޯޓުން މިނިވަންވުމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ޖަމީލް ވިދާޅުވި އެވެ.

ވަރަށް ގަދަ
7%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 7%ބޮޑު ޖޯކެއް 7%ހައިރާންވެއްޖެ 7%ވަރަށް ދެރަ 21%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: