ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ އާއި ޕާކިސްތާން ދެމެދު ސީދާ ވައިގެ ދަތުރުތައް ފަށަނީ

ޕާކިސްތާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާއްޖެ އާއި ޕާކިސްތާން ދެމެދު ވައިގެމަގުން އަލުން ސީދާ ދަތުރުތައް ފަށަން ދެ ގައުމުގެ ދެމެދު މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކުރިޔަށް ގެންގޮސްފައި ވަނީ، ޕާކިސްތާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވައިސް އެޑްމިރަލް (ރިޓަޔަރޑް) މުހައްމަދު ފައްޔާޒް ގިލާނީ، ނައިބު ރައީސް ފައިސަލް ނަސީމާއި އެކު ބޭއްވި ރަސްމީ ބައްދަލުވުމުގަ އެވެ.

މި ބައްދަލުވުމުގައި ފައިސަލް އާއި ޕާކިސްތާނުގެ ސަފީރު ވަނީ ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ ރަޙްމަތްތެރި ގުޅުން ބިނާވެފައި

ވަނީ ދެ ގައުމުގެ ދެމެދުގައިވާ އެއްގޮތް ކަންކަމާއި އަދި ދެ ގައުމުން ގެންގުޅޭ އެއްކަހަލަ ގަބޫލުކުރުންތަކާއި އުސޫލުތަކުގެ މައްޗަށްކަމުގައި ވިދާޅުވެފައެވެ. އަދި ދެބޭފުޅުން ވަނީ ދެ ގައުމުގެ މި ގުޅުން އިތުރަށް ބަދަހި ކުރެއްވުމާއި ބެހޭގޮތުން ވެސް މަޝްވަރާ ކުރައްވާފައެވެ.

މިގޮތުން ރާއްޖެއާއި ޕާކިސްތާނާ ދެ ގައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުފަތުރުގެ ގުޅުން ގާއިމު ކުރުމާއި، ފަތުރުވެރިކަމާއި ސަގާފީ ދާއިރާއިންނާއި، ކުޅިވަރުގެ ދާއިރާއ އަދި ތަމްރީނާއި ތައުލީމްގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރިޔަށް ގެންދިޔަ އެވެ. ހަމަ އެއާއި އެކު ދެ ގައުމުގެ ދެމެދުގައި މަޝްވާރާތައް ކުރަމުންދާ އެމްއޯޔޫތައް އަވަހަށް ނިންމުމަށްވެސް މި ބައްދަލުކުރެއްވުމުގައި އެ ދެބޭފުޅުން މަޝްވަރާކުރެއްވެވިއެވެ.

ފައިސަލް ވަނީ ޕާކިސްތާނުގެ ސަފީރުގެ އަރިހުން މިދިޔަ އަހަރު އެ ގައުމަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާލަތު ވެސް އޮޅުންފިލުއްވާފައެވެ. އަދި މި ބައްދަލުވުން ނިންމަވާލައްވަމުން ފައިސަލް އާއި ޕާކިސްތާނުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ކުރިއަށް އޮތް ތާނުގައިވެސް ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ޝައުޤުވެރިކަން ފާޅުކުރެއްވެވިއެވެ.

ދިވެހިރާއްޖެއިން ޕާކިސްތާނާ ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1966 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: