ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްކޫލުތައް އެއް ދަންފަޅިއަށް ބަދަލު ކުރުމުގެ މަޝްރޫއުތައް ވަނީ ބަޖެޓު ކުރެވިފައި: މިނިސްޓަރު

އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސުކޫލުތައް ސިންގަލް ސެޝަންއަށް ހެދުމަށް، 248 މަޝްރޫއުއެއް ވަނީ ބަޖެޓުކުރެވިފައިކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިހާރު އެޑިއުކޭޝަން މިނިސްޓްރީއިން ކުރަމުންދާ މަސައްކަތްތަކާއި ބެހޭ ގޮތުން މިއަދުގެ މަޖިލީހުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރާއި ހަވާލުވުމަށްފަހު ފުރަތަމަ 100 ދުވަހުގެ ތެރޭގައި ސުކޫލުތައް ސިންގަލް ސެޝަންއަށް ހެދުމަށްޓަކައި ބޭނުންވާނެކަންކަން ދެނެގަނެވިފައިވާކަމަށެވެ. އެ ޕްލޭންއާއި އެއްގޮތަށް މި ހަތަރު އަހަރުގެ ތެރޭގައި މަޝްރޫއުތައް ބަޖެޓުކުރެވިފައިވާކަމަށާއި، އަދި ސުކޫލުތަކުގެ އުމްރާނީ ތަރައްގީގެ މަސައްކަތްތައް ކުރިއަށްދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން ޖުމްލަ 248 މަޝްރޫއު ބަޖެޓުކުރެވިފައިވާކަމަށާއި، އޭގެ ތެރޭގައި 1،780 ކްލާސްރޫމާއި، 95 މަލްޓި ޕާޕޮސް ހޯލް ހިމެނޭކަމަށް ވިދާޅުވިއެވެ. އަދި 596 އިތުރު މަޝްރޫއު ކުރިއަށް އެބަދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެ ތެރޭގައި ސުކޫލު ލެބް އާއި، ފާހަނާ، ލެބޯޓްރީ އަދި ލައިބްރަރީތައް ތަރައްގީކުރުންފަދަ މަޝްރޫއުތައް ކުރިއަށްދާކަމަށް ފާހަގަކުރިއެވެ.

ކުރިއަށްދަނީ 114 މަޝްރޫއުއެއްކަމަށާއި، މި މަޝްރޫއުތަކުގެ ތެރެއިން 48 މަޝްރޫއެއްގެ މަސައްކަތް އެއްކޮށް ނިމިފައިވާކަމަށާއި ފާހަގަކޮށް، އެ އިމާރާތްތައް ބޭނުންކުރަންވެސް ފަށާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އިތުރަށް ހުރި މަޝްރޫއުތައް މިހާރު ހުރީ ކޮންޓްރެކްޓް ކުރުމުގެ މަރުހަލާގެ ތެރޭގައިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: