ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނަސްގެ މަރުގެ މައްސަލައިގެ ހުކުމް 6 އަހަރު ފަހުން ކުރަނީ

ރ. މީދޫ، މުހައްމަދު އަނަސް: އަނަސްއަށް ހަމަލާދީފައިވަނީ، ލިޓަސް ސާވިސް ސެންޓަރު ތެރޭގައި
ޝެއާރކޮށްލާ ކަހަލަދޯ؟

އަނިޔާވެރި ގޮތަކަށް މީގެ 6 އަހަރު ކުރިން މަރާލި ތ މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް ގެ މަރުގެ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން ނިންމާލައިފިއެވެ.

އަނަސް މަރާލާފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 17 ވަނަ ދުވަހުގެ ރޭ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައެވެ.

އަނަސްގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް މި ރޯދަ މަހުގެ ކުރިން ވަނީ ބާއްވާފައެވެ. އެ އަޑުއެހުމުގައި ވަނީ ހެއްކާއި ބެހޭ ގޮތުން ވާހަކަ ދެކެވިފައެވެ.

މިއަދު ބޭއްވި ޝަރީއަތުގައި އޮތީ ހުލާސާ ބަޔާން އިއްވުމެވެ. މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި މައްސަލައިގައި ހުކުމް ކުރާނެ ކަމަށެވެ.

އަނަސްގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި ސ ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އާއި ތ ކިނބިދޫ ގުލްފާމުގޭ މުހައްމަދު ޝާޒް އާއި މ ދިމިޝްގު އުސްމާން ޝަރީފް އާއި ލ ގަން ތުނޑީ ނަންނާރިގޭ ޖުނައިހު އާއި ޅ ކުރެންދޫ އަސުރުމާގެ އަހުމަދު ޒަޔާން އާއި މ ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގް ގެ މައްޗަށެވެ.

މި މައްސަލައިގައި ދައުވާކޮށްފައިވާ މީހުންގެ ތެރެއިން، ސާޒު އާއި ޖުނައިހު އާއި މަހްފޫޒު އަދި ސިމާހުގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އެ ހަތަރު މީހުންނަކީ އަނަސްއަށް ހަމަލާ ދިންމީހުން ގޮވައިގެން ސައިކަލްތަކުގައި އައި މީހުންކަމަށް ދައުލަތުން ވަނީ ބުނެފައެވެ. އަނަސް އަށް ހަމަލާ ދީފައިވަނީ ޒަޔާނާއި އަފްރާހު އަދި އުސްމާން ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. އެ ތިން މީހުންގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

ހަމަލާ ދިނުމަށް ބަޔަކު އަނަސްއަށް ފާރަލާން ފެށުމުން، ސަލާމަތްތެރިކަން ހޯދުމަށް އަނަސް ދުވެފައި އައިސް ވަނީ ލިޓަސް ސާވިސް ސެންޓަރަށެވެ. އަދި އެ މީހުން އަނަސްއަށް ހަމަލާ ދިނީ އެ ސެންޓަރު ތެރޭގައެވެ.

އެ މީހުން އަނަސްއަށް ހަމަލާދީ ދުވެ ފިލާފައި ވަނީ އަނަސްގެ ގައިގެ 24 ތަނަކަށް ވަޅި ޖެހުމަށް ފަހުއެވެ.

ވީޑިއޯއިން ފެންނަ ގޮތުގައިި އަނަސްއަށް ހަމަލާ ދިން އެންމެން ތިބީ މޫނު ފޮރުވައިގެންނެވެ. އަނަަސް މަރުގެ މައްސަލައިގައި ފަހުން ހާމަވި ގޮތުގައި، ހަމަލާ ދިން މީހުންގެ އަމާޒަކީ އޭނާއެއް ނޫނެވެ. ނަމަވެސް އެ ދުވަހު އެ މީހުން ފާރަލަމުން ދިޔަ މީހާ އާއި އަނަސް އާއި އެއް ވައްތަރެއްގެ ޓީޝާޓެއްގައި ހުރުމުން ހަމަލާ ދިން މީހުން އަނަސް އާއި އެ މީހަކާއި އޮޅުނީކަމަށް ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: