ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިކުރެއްގެ ދިރުމުން ހުށަހެޅި މަސްވެރިކަމުގެ ގަރާރުގެ ނަތީޖާ ފެންނަން ފަށައިފި: ހަސަން ލަތީފް

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް--
ޝެއާރކޮށްލާ ކަހަލަދޯ؟

ފިކުރެއްގެ ދިރުމުގެ ފަރާތުން ހުށަހެޅި މަސްވެރިކަމާ ގުޅޭ ގަރާރުން ނަތީޖާ ފެންނަން ފަށާފައިވާ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ތިން ރަށެއްގައި ކޯލްޑް ސްޓޯރޭޖް އެޅުމަށް ފިނޭންސް މިނިސްޓްރީން ކުރި އިއުލާނާއި ގުޅޭ ހަބަރު ހިމަނައި ކުރި ޓްވީޓް ގައި ހަސަން ލަތީފް ވިދާޅުވީ އެކަން ކުރުމަށް ފިނޭންސް މިނިސްޓްރީން އިއުލާން ކުރީ މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާންގެ ސަބަބުން ކަމަށެވެ. އަދި އެކަމަށްޓަކައި ހަސަން ލަތީފް ވަނީ ފިރުޝާން އަށް މަރުހަބާ ދަންނަވާފައެވެ.

 

ހަސަން ލަތީފް ފިރުޝާން އަށް މަރުހަބާ ދަންނަވާފައިވަނީ މިދިޔަ މަހުގެ ހަވަނަ ދުވަހު މަސްވެރިކަމާ ގުޅޭ ގޮތުން ފިރުޝާން މަޖިލީހުގައި ހުށަހެޅި ގަރާރަށް ނިސްބަތްކޮށެވެ. އެ ގަރާރުގައި ވަނީ 2018 ވަނަ އަހަރުގެ އިންތިހާބާ ދިމާކޮށް އެމްޑީޕީން ހުށަހެޅި މަސްވެރިކަމުގެ މެނިފެސްޓޯ ފަންފީރުކުރާނެ ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސާލިހް ވައުދުވެ ލައްވައި އެ މެނިފެސްޓޯ ރައީސް އޮފީހުގެ ވެބްސައިޓްގައި ޝާއިޢު ވެސް ކުރިއެވެ.

ފިރުޝާން ވިދާޅުވީ މަސްވެރިކަމުގެ ނަފާ ފުޅާ ދާއިރާއެއްގައި ހާސިލްކުރުމަށް ރައްޔިތުން އެދެމުންދިޔައީ ފޮނި އުއްމީދުތަކާއެކުއެވެ. އެގޮތުން މިސަރުކާރު ވެރިކަމާ ހަވާލްވުމާއެކު އެންމެނަށްވެސް ގަބޫލުކުރެވިގެންދިޔައީ މަސްވެރިކަމުގެ ހެޔޮ ފައިދާ ސިނާއަތުގެ އެންމެނަށް ލިބިގެންދާނެ ކަމަށް ފިރުޝާން ވިދާޅުވިއެވެ. އަދި ހަމައެހެންމެ މަހަށް ހަމައަގު ލިބޭނެ ކަމަށް ރައްޔިތުން ގަބޫލުކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން 2019 ވަނަ އަހަރު މަސްވެރިކަމުގެ އާ ގާނޫނެއް އެކުލަވާލައި އަމަލުކުރަން ފެށި ނަމަވެސް މަސްވެރިކަމުގެ ސިޔާސަތުތައް ތަންފީޒް ނުކުރެވި ފަހަތު ފަޔަށް ބުރަވެ ވައުދުތައް ނުފުއްދާ ކަމަށް ފިރުޝާން ވިދާޅުވިއެވެ.

މިއަދު ސަރުކާރުގެ ދައުރު ނިމިގެންދާއިރު މަސްވެރިންނަށް ވީ ވައުދުތަކުގެ ތެރޭގައި ހިމެނޭ މައިގަނޑު ކަންކަމުގެ ތެރެއިން އެއްކަމެއްވެސް ކޮށްފައިނުވާ ކަމަށް ފިރުޝާން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: