ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިޒާމީ ވޯޓް ފަސްކޮށް ރައްޔިތުން ހޭލުންތެރި ކުރުމަށް ޑިމޮކްރެޓްސްގެ މެމްބަރުން ގޮވާލައްވައިފި

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ނިޒާމީ ވޯޓު ނެގުމަށް ގަރާރު ހުށަހެޅި ޑިމޮކްރެޓްސްގެ މެމްބަރުންގެ ހިޔާލަކީ ވެރިކަމުގެ ނިޒާމަށް ރައްޔިތުން ހޭލުންތެރިކުރުމަށް ވޯޓު ނަގާ ފަސްކުރުމަށް އެ ޕާޓީގެ މެންބަރުން ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިޒާމާ ގުޅޭ ވޯޓާ ގުޅިގެން އިލެކްޝަންސް ކޮމިޝަން (އީސީ)ން މަޖިލީހަށް ފޮނުވާފައި އޮތް ސިޓީގެ މައްސަލަ އެޖެންޑާ ކޮށްފައެވެ. އެ ކޮމިޝަންގެ ސިޓީގައި ވަނީ ނިޒާމާ ބެހޭ ވޯޓުގައި އޮންނަން ވާނެ ސުވާލު ސާފުކޮށްދޭން އެދިފައެވެ. އަދި، އިންތިޒާމުތައް ހަމަޖައްސައި، ވޯޓު ނެގޭނެ ސީދާ ތާރީޚެއް ފަހުން މަޖިލީހުގެ އިދާރާއަށް އަންގާނެ ކަމަށް އެ ސިޓީގައި ވަނީ ބުނެފައެވެ.

އެ ސިޓީއާ ގުޅިގެން ބަހުސް ކުރައްވަމުން މިއަދުގެ ޖަލްސާގައި ޑިމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ، ނިޒާމާ ބެހޭ ވޯޓެއް ނަގާއިރު ރައްޔިތުން ހޭލުންތެރި ކުރުވުމުގެ ވަރަށް ގިނަ މަސައްކަތްތައް ކުރަން ޖެހިފައި އޮތް ކަމަށެވެ.

އެކަމަކު، ނިޒާމީ ވޯޓެއް ނަގަން މަޖިލީހުން ފާސްކުރިތާ އެތައް ދުވަހެއް ވެފައިވާއިރު، މަޖިލީހުން އެ ކަމާ ގުޅިގެން އެންމެ އެކަށޭނެ މަސައްކަތެއް ނުކުރެވޭކަން އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ. ހަސަން ލަތީފް ވިދާޅުވީ، އެހެންވެ ނިޒާމީ ވޯޓާ މެދު ގޮތެއް ނިންމާއިރު އެ ކަންކަމަށް ރިއާޔަތްކޮށްފައި ގޮތެއް ނިންމުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ގަބޫލުކުރައްވައި ކަމަށެވެ.

ހަސަން ލަތީފްގެ ވާހަކަފުޅަށް އިޝާރާތް ކުރައްވައި ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ، މަޖިލީހުން ވަކި ތާރީޚެއްގައި ނިޒާމީ ވޯޓެއް ނަގަން ފާސްކުރި ނަމަވެސް ވޯޓެއް ނެގޭނެ ސީދާ ތާރީޚެއް ކަނޑައެޅޭނީ މަޖިލީހުން ކުރަން ޖެހޭ މަސައްކަތްތައް ކޮށް ނިމުމުން ކަމަށް އީސީން ވިދާޅުވެފައިވާ ކަމަށެވެ. އެހެންވެ، ނިޒާމީ ވޯޓެއް ނަގާ ތާރީޚަށް ބަދަލު ގެނެވިދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ނިޒާމީ ވޯޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، ނިޒާމީ ވޯޓަކަށް ދިއުމުގެ ކުރިީގައި ރައްޔިތުން އެ ކަމަށް ހޭލުންތެރިކުރުމުގެ އިތުރުން އެ ކަމާ ބެހޭ މަޝްވަރާތައް ސިޔާސީ ޕާޓީތަކާ އެކުގައި ވެސް ކުރަން ޖެހޭ ކަމަށެވެ.

އެކަމަކު، ރިޔާސީ އިންތިޚާބުގައި މައި ދެ ޕާޓީން މަސްއޫލުވުމާ ގުޅިގެން މިހާތަނަށް އެކަން ނުކުރެވިވާކަން ފާހަގަކޮށް، އީވާ ވެސް ވަނީ ނިޒާމީ ވޯޓު ފަސްކޮށްލަން ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

މިހާރު އޮތް ގޮތުން ނިޒާމީ ވޯޓަކަށް ދެން އޮތީ ދެ ހަފުތާކަން ފާހަގަކުރައްވާ އީވާ ވިދާޅުވީ ވަގުތު ކަނޑައަޅާފައި އޮތް ގޮތުން މި މުއްދަތުގެ ތެރޭގައި އެކަން ކުރެވޭނެތޯ އޭނާ ވަނި ސުވާލު އުފައްދަވާފައެވެ. ނިޒާމީ ވޯޓް ނެގުމުގެ މަސައްކަތުގައި ވިސްނަން ޖެހޭނީ ރައްޔިތުންގެ މަޖިލީސް މެންބަރުންނަށް މި ކަމުގައި ކުރަން ހުރި މަސައްކަތްތައް ކުރެވޭނެތޯ އާއި ނުވަތަ އިލެކްޝަންސް ކޮމިޝަނުން ފުރިހަމަ ކުރަން ހުންނަ ލޮޖިސްޓިކްސްގެ ކަންކަން ފުރިހަމަ ކުރެވޭނެތޯއެއް ނޫންކަމުގައި އީވާ ވިދާޅުވިއެވެ. އަދި ހަގީގީ ސުވާލަކީ ރައްޔިތުންނާއި ހަމައަށް މި މައުލޫމާތު ފޯރުކޮށްދޭން ޖެހޭ މިންވަރަށް ފޯރު ކޮށްދެވިއްޖެތޯވެސް އީވާ ވަނީ ސުވާލު އުފައްދަވާފައެވެ.

އީވާ ވެސް ވަނީ ހަސަން ލަތީފް ވިދާޅުވި ފަދައިން ނިޒާމީ ވޯޓު މިހާރު ކަނޑައަޅާފައި އޮތް ގޮތަށް މި މަހު ނަގަން ނުފެންނަ ކަމަށް ވިދާޅުވެފައެވެ.

އީވާގެ ވާހަކަފުޅަށް ފަހު ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ، އީސީއަށް މިކަން ވަރަށް ސާފު ކަމަށެވެ. އެހެންވެ، މަޖިލީހުން އެ ވޯޓާ ގުޅިގެން ނިންމަން ޖެހޭ ނިންމުންތައް ނިންމުމުން އެ ކޮމިޝަނަށް ފެންނަ ތާރީޚެއް ދެއްވާނެ ކަމަށް ގަބޫލުކުރައްވައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: