ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަބްދުއްރަހީމާއެކު 16 މެމްބަރުންގެ ވަފްދެއް ޕާކިސްތާނަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ 16 މެމްބަރުންގެ ހިމެނޭ ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ވަފްދެއް ޕާކިސްތާނަށް ފުރާވަޑައިގެންފިއެވެ.

މި ވަފުދުގައި އިސްކޮށް ހުންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲއެވެ. އެމަނިކުފާނުގެ އިތުރަށް ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ނައިބު ލީޑަރުންނާއި، ޕާޓީގެ ނައިބުރައީސް އަދި ބާރަށު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އިބްރާހީމް ޝުޖާއުވެސް މި ވަފުދުގައި ހިމެނިވަޑައިގަންނަވާނެއެވެ.

މިއީ ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ދައުވަތަކަށް އެބޭފުޅުން ކުރައްވާ ދަތުރުފުޅެއް ކަމަށް ޕީއެންސީން ބުނެފައިވެއެވެ. މި ދަތުރުފުޅުގައި ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހަށް ޒިޔާރަތްކުރައްވައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާ މި ވަފުދުން ބައްދަލުކުރައްވަައި ތަޖުރިބާއާއި ހިޔާލު ބަދަލުކުރައްވާނެ ކަމަށް ވަނީ ބުނެފައެވެ.

ޕާކިސްތާނަށް ވަޑައިގަންނަވާ ކޮންގްރެސް ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ވަފުދުގައި ރައްޔިތުންގެ މަޖިލީހުގެ 16 މެންބަރަކު ބައިވެރިވެވަޑައިގަންނަވައެވެ.

މިދިޔަ އަހަރު ވެސް ސެޕްޓެމްބަރު މަހުގައި މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ވަނީ ޕާކިސްތާނަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފައެވެ. އެ ދަތުރުފުޅުގައި ވެސް މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ޕާކިސްތާނު ސަރުކާރުގެ ބައެއް އިސްވެރިންނާ ބައްދަލުކުރައްވާފައެވެ.

މިދިޔަ އަހަރުގައި ޕާކިސްތާނަށް ކުރެއްވި މި ދަތުރުފުޅުގައި މަޖިލީހުގެ ރައީސްގެ އަރިހުގައި ގެންދެވި ވަފުދުގައި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދާއި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކާއި ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު އަދި ހުޅުމާލެ މެދުދާއިރާގެ މެންބަރު މެންބަރު އަބްދުﷲ ޝަޒީމް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: