މިއަހަރުގެ ދިރާގު ރަމަޟާން މަހުގެ ބޮޑު ހަދިޔާ ކެމްޕެއިންގެ ބޯނަސް ހަދިޔާއެއްގެ ގޮތުގައި ދިރާގުގެ ނަސީބުވެރި އެއް ކަސްޓަމަރަކަށް ދެމީހުންގެ ހިލޭ އުމްރާ ދަތުރެއް ލިބިގެންދާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.
މި ގުރުއަތުގައި ދިރާގުގެ ހުރިހާ އެކްޓިވް ކަސްޓަމަރުންނަށްވެސް އިތުރު އެއްވެސް މަސައްކަތަކާއި ނުލާ ބައިވެރިވޭނެއެވެ. ދިރާގު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، މޮބައިލް ބްރޯޑްބޭންޑް އަދި ފައިބަރ ބްރޯޑްބޭންޑް ބޭނުންކުރާ އެކްޓިވް ކަސްޓަމަރުންނަށްވެސް މި އަގުހުރި އިނާމު ލިބުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ.
މި އުމްރާ ދަތުރާއެކު އަޅުގަނޑުމެންގެ އަމާޒަކީ މި ރަމަޟާން މަހު އަގުހުރި ހަދިޔާއަކާއެކު ކަސްޓަމަރުން އަޅުގަނޑުމެންނަށް ކުރާ އިތުބާރަށް ޝުކުރު ދަންނަވަން. ދިރާގުގެ މިހާރުގެ ހުރިހާ ކަސްޓަމަރުންގެ އިތުރުން މި މަހުގެ ތެރޭގައި އަޅުގަނޑުމެންނާ އަލަށް ގުޅޭ ކަސްޓަމަރުންނަށް ވެސް މި އިނާމު ގުރުއަތުގައި ބައިވެރިވެވޭނެ. އަދި މި ގުރުއަތުގެ ނަސީބުވެރިޔާ ހޮވާނީ ރަމަޟާން މަސް ނިމުމުން،“ ދިރާގުގެ އެސިސްޓެންޓް މެނޭޖަރ އެޑްވަޓައިޒިންގ ހަސަން ޝާރިހު
ދިރާގުން ކޮންމެ އަހަރަކުވެސް ދަނީ ކަސްޓަމަރުންނަށް ޚާއްސަ އައު އޮފަރތައް ގެނެސްދެމުންނެވެ. އަދި މި ރޯދަމަހަކީ ހުރިހާ ކަސްޓަމަރުންނަށް ބަރަކާތްތެރި މައްސަރަކަށްވުމަށްވެސް އެކުންފުނިން ވަނީ އެދިފައެވެ.

