ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ޕީއެސްއައިޕީ މަޝްރޫޢުތަކަށް މިހާތަނަށް 2.8 ބިލިއަން ހަރަދުކޮށްފި: ފިނޭންސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު/ ފޮޓޯ: އަވަަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕަބްލިކް ސެކްޓަރ އިންވެސްޓުމެންޓު ޕްރޮގްރާމްގެ ދަށުން 2.8 ބިލިއަނަށްވުރެ ގިނަ ރުފިޔާ މިއަހަރުގެ މިހާތަނަށް ހަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީއިން ހާމަކޮށްފިއެވެ.

ފިނޭންސްއިން ހާމަކޮށްފައިވާގޮތުން، ސަރުކާރުން މި އަހަރުގެ ބަޖެޓުން މިހާތަނަށް ހަރަދުކޮށްފައިވަނީ 12.3 ބިލިއަން ރުފިޔާއެވެ. ޕީއެސްއައިޕީ މަޝްރޫޢުތައް ހިންގުމަށްޓަކައި މިހާތަނަށް ހޭދަކޮށްފައިވަނީ 2824.8 ބިލިއަން ކަމަށް ފިނޭންސްއިން ބުނެފައިވެއެވެ.

އެގޮތުން ގައުމުގެ އަމަން އަމަންކަން ބެލެހެއްޓުމުގެ ދާއިރާގެ ތަރައްގީއަށްޓަކައި 73.9 މިލިއަން ރުފިޔާ މިހާތަނަށް ހޭދަކޮށްފައިވާއިރު، ދާއިރާގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ފުލުހުންގެ މުއައްސަސާއަށެވެ. އެ މުއައްސަސާއަށް ސަރުކާރުންވަނީ 58 މިލިއަން ހަރަދުކޮށްފައެވެ.

ޕީއެސްއައިޕީގެ ދަށުން ވަކި ދާއިރާއަކަށް އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ދަތުރު ފަތުރުކުރުމުގެ ދާއިރާއަށެވެ. އެ ދާއިރާއަށް 868.1 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާއިރު މި އަދަދުގެ ތެރެއިން އެއަޕޯޓުތައް ބިނާކުުރުމަށް 334 މިލިއަން ހަރަދުކޮށްފައިވެއެވެ. އަދި ބަނދަރު ހެދުމަށްޓަކައިވެސް 353.3 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާއިރު، ބުރިޖު މަސައްކަތްތަކަށް 180.5 މިލިއަން ރުފިޔާ މިހާތަނަށް ހަރަދުކޮށްފައިވާކަމަށް ފިނޭންސްއިން ފާހަގަކޮށްފައިވެއެވެ.

ސަރުކާރުންވަނީ ނަރުދަމާ ގާއިމު ކުރުމުގެ މަޝްރޫޢުއަށްވެސް ބޮޑެތި ހަރަދުތަކެއް ކޮށްފައެވެ. އެގޮތުން މިހާ ހިސާބަށް 396.7 މިލިއަންގެ ހަރަދެއް ކޮށްފައިވާކަމަށް މިނިސްޓްރީއިންވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: