ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާފު އަގުލަބިއްޔަތު ލިބޭތަން ފެނޭ: ރައީސް ސާލިހު

ކުރީގެ ރައީސް، އަދި އެމްޑީޕީގެ އެޑްވައިޒަރ އިބްރާހީމް މުހައްމަދު ސާލިހު. ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

20 ވަނަ މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް މެޖޯރިޓީ ލެބޭ މަންޒަރު ފެނިވަޑައިގަންނަވާކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލެއްވުމަށް ވަޑައިގެން ހުންނެވި ވަގުތު މީޑިއާތަކަށް ދެއްވި އިންޓަރވިއުއެއްގައި ރައީސް ސާލިހުވަނީ އެމްޑީޕީއަށް މި އިންތިހާބުގައި އުންމީދު ގެއްލިފައިނުވާމަށް ހިއްސާކުރައްވާފައެވެ. އެމަނިިކުފާނު ވިދާޅުވީ، އުންމީދުކުރައްވަނީ ވޯޓުލުމުގެ މަސައްކަތްތައް ނިމޭއިރު އެމްޑީޕީއަށް އަގުލަބިއްޔަތު ލިބިގެންދިއުންކަމަށެވެ. އަދި އެ މަންޒަރު ކެެމްޕެއިންގެ ތެރެއިންނާއި ވޯޓުލާ މާހައުލުގެ ތެރެއިން ފެންނަ ކަންކަމުގެ ސަބަބުން ކުލަވާކަމަށްވެސް ހިއްސާކުރެއްވިއެވެ.

ރައީސް ސާލިހު ވިދާޅުވީ، ވީހާވެސް ގިނަ މީހުން ވީހާވެސް އަވަހަށް ނުކުމެ ވޯޓުލައްވާނެކަމަށް އުންމީދުކުރައްވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ވޯޓުލުމަކީ ގާނޫނީ ގޮތުން ކަށަވަރުކޮށްދެވިފައިވާ މުހިންމު ހައްގެއްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެ ހައްގުގޭ ބޭނުން ހިފުމަކީ ކޮންމެ ރައްޔިތަކުވެސް ގައުމުގެ މަސްލަހަތަށްޓަކައި އަދާކުރައްވަންޖެހޭ ޒިންމާއެއްކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، މި އިންތިހާބުންވެސް އެމްޑީޕީއަށް ސާފުކޮށް އަގުލަބިއްޔަތު ލިބިގެންދާ މަންޒަރު ފެންނަ ކަމަށެވެ. އަދި ބޮޑެތި ސިޓީތަކުން އެމްޑީޕީއަށް އަގުލަބިއްޔަތު ލިބޭނެކަމަށް ގަބޫލުކުރައްވާކަމަށް ހާމަކުރެއްވިއިރު، ކުދި ރަށްތަކުންވެސް އެމްޑީޕީއަށް ތާއީދު އޮތްކަން ފެނިގެންދާކަމަށް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ، ކެމްޕެއިން ދުވަސްވަރުގެ ތެރޭގައި ސަރުކާރުންވަނީ ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ގޮތުން ދައުލަތުގެ ވަސީލަތްތަކުގެ ބޭނުންކޮށްފައިކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެއީ އޮޅުމެއް ނެތި ސާފުކޮށް ފެންނަން ހުރި ކަންކަން ކަމަށާއި ހާއްސަ ގޮތެއްގައި ސަރުކާރުގެ ކުންފުނިތަކުގެ ނަހަމަ ބޭނުން އިންތިހާއަށް ކުރަމުންދިޔަކަމަށާއި ވޯޓުލަމުންދާއިރުވެސް އެކަމުގެ ޝަކުވާތައް ލިބިވަޑައިގަންނަވަމުންދާކަމަށްވެސް ވިދާޅުވިއެވެ. އަދި ބިރު ދެއްކުމާއި ނުފޫޒު ފޯރުވުމުގެ އަމަލުތައް ވަރަށް ބޮޑަށް ފާހަގަކުރެވިފައިވާކަމަށްވެސް ހިއްސާކުރެއްވިއެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 75%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: