ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

65 އަހަރުން މަތީ މީހުންގެ އައިޑީކާޑު މުއްދަތު ހަމަނުވާގަޮތަށް ބަދަލު ކުރަނީ

އައިޑީކާޑެއް/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

އުމުރުން 65 އަހަރުން މަތީގެ މީހުންގެ އައިޑީކާޑުގެ މުއްދަތު ހަމަނުވާގޮތަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން ބުނެފި އެވެ.

އައިޑީކާޑާއި، ޕާސްޕޯޓު ބޭނުން ކުރެވޭނެ މުއްދަތުގެ ގޮތުގައި ދީފައި ވަނީ އެކަށީގެންވާ މުއްދަތެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ. މި މައްސަލަ ދިރާސާ ކުރަމުން އަންނަ ގައުމީ ތަރައްގީއާއި، ތަރިކައިގެ ކޮމިޓީން އެކަމުގެ ހިޔާލު ހޯދުމަށް ޑީއެންއާރާއި ބައްދަލު ކުރި އެވެ.

ކޮމިޓީގެ ބައްދަލުވުމުގައި ހޯމް ލޭންޑް މިނިސްޓްރީގެ ސްޓޭޓް ޔޫސުގް އަބްދުލްޣަފޫރު ވިދާޅުވެފައި ވަނީ 10 އަހަރާއި، 40 އަހަރާއި އުމުރުގެ މީހުންގެ ކާޑުގެ މުއްދަތަކަށް ފަސް އަހަރުދީފައިވާއިރު އެ އުމުރުން މަތީގެ މީހުންގެ އައިޑީކާޑުގެ މުއްދަތަކަށް ދީފައި ވަނީ 10 އަހަރު ކަމަށެވެ. މިއާއި އެކު އުމުރުން ދުވަސްވީ މީހުންގެ އައިޑީކާޑުގެ މުއްދަތު ހަމަނުވާ ގޮތަށް ބަދަލު ގެނައުމަށް ނިމްމާފައި ވަނީ ޣަފޫރު ވިދާޅުވި ގޮތުގައި ދިމާވާ ދަތިތަކަށް ބެލުމަށް ފަހު އެވެ.

އެ އުސޫލަށް ބަދަލު ގެނައުމަށްޓަކައި މިހާރު ކަރުދާހެއް ތައްޔާރުކޮށް، ކެބިނެޓަށް ފޮނުވާފައިވާއިރު ގޮތް ނިންމާނީ ވަޒީރުންގެ މަޖިލީހުގައި ކުރެވޭ މަޝްވަރާތަކަށްކަމަށް އޭނާ ވިދާޅުވި އެވެ.

ޑީއެންއާރުން ބައެއް ފަންނީ ހޯދުންތަކެއްގެ ދިރާސާތައް ވެސް ކުރިކަން ފާހަގަކުރުމުން، ކޮމިޓީގެ މެމްބަރުން އެކަމަށް މަރުހަބާ ކިޔާފައި ވެއެވެ. އަދި މެމްބަރުން ވަނީ ވީހާވެސް އަވަހަށް އެ އުސޫލަށް އަމަލު ކުރަން ފެށުމަކީ ބޭނުންވާ ގޮތްކަމަށް ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: