ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީސް އިންތިހާބުގެ ކެމްޕެއިނަށް ރައީސް ސާލިހު ވެސް އަތޮޅު ތެރެއަށް!

ކެމްޕެއިންގައި ރައީސް ސާލިހު އައްޑޫއަށް. ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރު އޮތް ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީއިން ކުރާ ކެމްޕެއިންއަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ބ އަތޮޅަށް ވަޑައިގެންފިއެވެ.

އެމްޑީޕީގެ އެޑްވައިޒަރުކަންވެސް ކުރައްވަމުން ގެންދަވާ ރައީސް ސާލިހުގެ މި ދަތުރާއި ގުޅިގެން އެމްޑީޕީގެ ތަރުޖަމާނު ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ވިދާޅުވީ ރައީސް ސާލިހު މިއަދު ބ ދަރަވަންދޫއަށް ވަޑައިގެންފައިވާކަމަށާއި، ބ އަތޮޅުން ކެންދޫ އަދި ތުޅާދޫއަށްވެސް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށެވެ. މި ރަށްރަށުގައި ދޮރުން ދޮރަށް ހިންގަވާނެކަމަށް ވިދާޅުވިއެވެ.

ރައީސް ސާލިހު ބައިވެރިވެވަޑައިގަންނަވާ، ކެމްޕެއިން ބައްދަލުވުމެއް ކެންދޫގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް މައުލޫމާތު ދެއްވިއެވެ.

މީގެ އިތުރުން މި ދަތުރުގެ ތެރެއިން ރ އަދި ނ އަތޮޅަށްވެސް ރައީސް ސާލިހު ވަޑައިގެންނެވުމަށް ހަމަޖެހިފައިވާކަމަށް އީސަ ވިދާޅުވިއެވެ.

ރައިސް ސާލިހު ބ އަތޮޅަށް ވަޑައިގެންނެވިއިރު، ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުވެސް ގެންދަވަނީ މާޅޮސްމަޑުލު އުތުރުބުރި އަދި މާޅޮސްމަޑުލު ދެކުނުބުރިއަށް ދަތުރު ކުރައްވަމުންނެވެ. މި ދަތުރުފުޅުވެސް ފެއްޓެވީ މިއަދުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: