ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއިން ސަރަހައްދެއް ގެއްލުމަށްވުރެ ބޮޑު ބިރެއް ނޯންނާނެ: ސައީދު

މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޗާގޮސްގެ މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން އަމަލުކުރަމުންދާ ގޮތުގެ ސަބަބުން ރާއްޖޭގެ ސަރަހައްދެއް ގެއްލިގެންދާކަމަށާއި އެއަށްވުރެ ބޮޑު ބިރެއް ދިވެހިރާއްޖެއަށް ނޯންނާނެކަމަށް މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، ޗާގޮސް މައްސަލައިގައި އޭނާ ވާހަކައެއް ދެއްކެވުމަށްޓަކައި ދައްކަވަނީ ނޫންކަމަށެވެ. އަދި އޭނާ ނޫނަސް އެހިނިހެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ކަންބޮޑުވުން ފާޅުކުރައްވަމުންދާކަމަށް ސައީދު އިޝާރާތްކުރެއްވިއެވެ.

އޭނާ ވިދާޅުވީ، އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ މެމްބަރުންގެ އިތުރުން ކުރީގެ ރައީސް އަދި އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްވެސް ވަނީ އެކި ފުރުސަތުތަކުގައި ޗާގޮސް ނުވަތަ ފޯޅަވަހި ދިވެހިންނަށް ހޯދަވައިދެއްވުމަށް އެމަނިކުފާނުގެ ދެވަނަ ޒައާމަތެއްގައި މަސައްކަތްކޮށްދެއްވާނެކަމަށް ވިދާޅުވެފައިކަމަށެވެ.

ސައީދު ވިދާޅުވީ، ރާއްޖެއިން ބައެއް ދޫކޮށްލުމުން ނުވަތަ ވިއްކާލުމުން އަނބުރާ ހޯދުމަކީ ފަސޭހަކަމެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ، މިއަދު އެމްޑީޕީގެ ފިކުރެއްގެ ދިރުން ފެކްޝަނުންވެސް އެ ވާހަކަތައް ދައްކައި ކަންބޮޑުވުން ފާޅުކުރަމުންދާކަމަށެވެ. އޭނާ ވިދާޅުވީ، ހަގީގަތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އދގެ އާންމު މަޖިލީހުގެ އިސްވެރިޔާގެ މަގާމަށް އައްޔަނުވެގެންދިއުމުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް އެ ވާހަކަތައް އުފަލާއިއެކު ޝަރަފެއްގެ ގޮތުގައި ފާހަގަކުރެއްވިކަމަށެވެ.

އޭނާ ވިދާޅުވީ، ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ، އެމްއާރްއެމް އަދި އަދާލަތު ޕާޓީއިންވެސް އުފަލާއިއެކު މިނިސްޓަރު ޝާހިދުގެ ވާހަކަތައް ދެއްކެވި އިރު، ރައީސް ޔާމީން އަދި އިދިކޮޅުންވަނީ މިނިސްޓަރު ޝާހިދު އަމަލުކުރައްވަފާނެ ގޮތަކާއިމެދު ފާރަވެރިވާންޖެހޭކަމަށް ބުނެ އިންޒާރުތަކެއް ދެއްވާފައިކަމަށެވެ. ސައީދު ވިދާޅުވީ، އެ އިންޒާރުތައް ދެއްވި ސަބަބަކީ ރާއްޖޭގެ ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އދގެ އާންމު މަޖިލީހުގެ ރައީސްކަން ކުރެއްވުންކަމަށެވެ.

ސައީދު ވިދާޅުވީ، އެގޮތަށް އަމަލުކުރުމުން ރާއްޖޭގެ ފޮރިން މިނިސްޓަރެއް ނުހުންނަކަމަށެވެ. އޭނާ ވިދާޅުވީ، ސަރުކާރުގެ މަތީ ފަޑީގައި ރާއްޖޭގެ ހާރިޖީ ކަންކަމުގައި ކިރިޔާވެސް އެއްޗެއް ވިދާޅުވާ ބޭފުޅެއްގެ ގޮތުގައި ހުންނެވީ މިނިސްޓަރު ޝާހިދުކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް ސާލިހަށް ލަފާ އެއް އެރުއްވިޔަސް އެކަންވެސް ކުރެއްވީ މިނިސްޓަރު ޝާހިދުކަމަށެވެ. އަދި ސަރުކާރު ދެމެހެއްޓުމުގައި މިނިސްޓަރު ޝާހިދުވަނީ އިސް ދައުރެއް އަދާކުރައްވާފައިކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސައީދު ވިދާޅުވީ، މިނިސްޓަރ އަބްދުﷲ ޝާހިދު އަންގަވާ ކޮންމެ އެންގެވުމަކަށް ރައީސް ސާލިހަށް ދެކޮޅު ހައްދަވަން ކެރިވަޑައިނުގަންނަވާކަމަށެވެ. އޭނާ ވިދާޅުވީ، ކެރިވަޑައިނުގަންނަވަނީ މިނިސްޓަރު ޝާހިދުގެ ނުފޫޒު ސަރުކާރުގެ ތެރޭގައި ގަދަވެފައިވުމުންކަމަށެވެ. އޭނާ ވިދާޅުވީ، ޗާގޮސް މައްސަލަވެސް މިނިސްޓަރު ޝާހިދު އދގައި ހުންވައިގެން ނިންމާފައިވާކަން މިއަދު ހާމަވެފައިވާކަމަށެވެ. އޭނާ ވިދާޅުވީ، މިނިސްޓަރު ޝާހިދުވަނީ އދގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން މޮރިޝަސްއަށް ޗާގޮސް ދިނުމަށްޓަކައި ޑީލެއް ހައްދަވާފައިކަމަށެވެ.

ރައީސް ސާލިހު މޮރިޝަސްއަށް ފޮނުއްވި ސިއްރު ސިޓީއާއި މެދުވެސް ސައީދު ވާހަކަދެއްކެވިއެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ ތިން ބާރުގެ އިސްވެރިންނަށްވެސް އެ ވިދާޅުވާ ސިޓީ ފެނިފައިނުވާކަމަށެވެ. އޭނާ ވިދާޅުވީ، ސަރުކާރުގެ ތެރެއިންވެސް ފޮރިން މިނިސްޓަރު އަދި ރައީސް ސާލިހު ނޫން ބޭފުޅުންނަށް އެ ސިޓީ ފެނިފައިނުވާކަމަށެވެ. ސައީދު ވިދާޅުވީ، މަޖިލީހުގެ 241 ކޮމިޓީ އާއި ފޮރިން ރިލޭޝަންސް ކޮމިޓީއަށްވެސް އެ ސިޓީ ގެނެސްފައިނުވާކަމަށެވެ. އޭނާ ވިދާޅުވީ، އެ ސިޓީ ފެނުނު ދިވެހި ރައްޔިތަކުވެސް ނެތްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: