ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިހަ އަހަރުންވެސް ތިލަމާލެ ބުރިޖު ނުނިމޭނެ: ސައީދު

ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު/ ފޮޓޯ: މަޖިލިސް
ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ފަށާފައިވާ ބުރިޖު މަޝްރޫޢު އަދި 10 އަހަރުގެ ތެރޭގައިވެސް ނުނިންމޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، ތިލަމާލެ ބުރިޖު 10 އަހަރު ދުވަހުންވެސް ނުނިމޭނެކަމަށާއި އެހެންނަމަވެސް ސަރުކާރުންވަނީ އެ މަސައްކަތްތަކަށް 700 މިލިއަން ޑޮލަރު ހަރަދުކޮށްފައިކަމަށް ފާހަގަކުރެއްވިއެވެ. ސައީދު ވިދާޅުވީ، ފެނިގެންދަނީ ކޮރަޕްޓު ޕޮލިޓީޝަނުންގެ ވިޔާނުދާ ވިސްނުންތަކުގެ ނަތީޖާކަމަށެވެ.

އޭނާ ވިދާޅުވީ، ދިވެހިރާއްޖޭގެ ދަރަނީ ހުރީ 122 ބިލިއަން ރުފިޔާގައިކަމަށާއި އިތުރަށް ބެލުމުން އެ އަދަދު އިތުރުވެގެންދާނެކަން ފެންނަކަމަށެވެ. އޭނާވަނީ ދަރަނީގެ މައްސަލައިން ސަލާމަތްވާނެ ގޮތާއިމެދު ސުވާލު އުފައްދަވާފައެވެ. ސައީދު ވިދާޅުވީ، އިންސާފު ހޯދައިދިނުން އައުޓް ސޯސްކޮށްފި ހާލަތެއްގައި މާ ރަނގަޅަށް ކަންކަން ކުރިއަށް ދާނެކަމަށް ބެލެވޭކަމަށެވެ. އޭނާ ވިދާޅުވީ، އިންސާފުވެރި ބަޔަކަށް އެ މަސައްކަތްތައް ހަވާލުކޮށްފި ނަމަ އެ ކަން ކުރެވޭނެކަމުގެ ޔަގީންކަމެއް އޮންނާނެކަމަށެވެ.

ސައީދު ވިދާޅުވީ، އިންސާފު ގާއިމުކުރުމުގެ މުހިންމުކަން ގުރުއާނުގައި ވާކަމަށާއި އެހެންކަމުން އިންސާފާއި ދުރަށް ގޮސްފިނަމަ ސިޔާސީ ގޮތުން ލިބޭނެ ފޮނިމީރުކަމެއް ނުވަތަ ގައުމަށް ލިބޭނެ ތަރައްގީއެއް ނޯންނާނެކަމަޡށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ފޮނި ވައުދުތަކުގެ ވެވިދާނެކަމަށެވެ. އެހެންނަމަވެސް މިހާރު އޮތް ގޮތުން ރާއްޖެ ދުވަހަކުން ދުވަހަކަށް ދަރަނިވެރިވަމުންދާނެކަމަށާއި އަޅުވެތިވެގެންދާ ދިއުން ހުއްޓުމަކަށް ގެންނަންޖެހޭކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: