ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ރައީސަކަށް މާފެއް ނުކުރެވޭނެ: ސައީދު

ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު/ ފޮޓޯ: މުހައްމަދު އަހުޒަމް - ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

އާމްދަނީގެ ގޮތުގައި ދިވެހި ރައްޔިތުންނަށް ލިބެން އޮތް ހަތަރު ބިލިއަން ރުފިޔާ މާފުކޮށްދިނުމަކީ ރައީސް އިބްރާޙިމް މުހައްމަދު ސާލިހަށް ކުރެއްވޭނެ ކަމެއް ނޫންކަމަށް ޕީއެންސީގެ ނައިބުރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ހަބަރަށް ފަހު“ ޕްރޮގްރާމްގައި ސައީދު ވަނީ ރައީސް ސާލިހުގެ ސަރުކާރުން ކުރައްވަމުންދާ މާލީ މަސައްކަތްތަކާއިމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރާއްޖޭގެ 60 އިންސައްތަ ރައްޔިތުންވަނީ ރައީސް ސާލިހަށް ނޫން ގޮތެއް ބޭނުންވާކަމަށް ބުނެފައިކަމަށެވެ. އަދި އެކަން އެގޮތަށް އޮތް އިރު ރިސޯޓު ކުލީގެ ގޮތުގައި ލިބެން ހުރި އާމްދަނީ އެމަނިކުފާނަށް މާފުކުރެއްވޭނެކަމާއި ސައީދުވަނީ ސުވާލު އުފައްދަވާފައެވެ.

ސައީދު ވިދާޅުވީ، އާންމު އަހުލާގީ މިންގަނޑުތަކާއި ކަންކަން ކުރުމުގައި  ގެންގުޅެންޖެހޭ އުސޫލުތަކަށް ބެލި ނަމަވެސް އެއީ އެމަނިކުފާނު ކުރައްވައިގެންވާނެކަމެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ، މާދަމާ މުޅިން އައު ރައީސަކު އައުމުގެ ފުރުސަތު އޮތްއިރު، ދައުރު ނިމިގެންދާ ރައީސް ރައްޔިތުންނަށް އާމްދަނީގެ ގޮތުގައި ލިބެން އޮތް 4 ބިލިއަން މާފުކޮށްދިނުމަކީ އާންމު ސުލޫކީ މިންގަނޑުތަކާއި ހިލާފުވާކަމެއްކަމަށެވެ. އޭނާ ވިދާޅުވީ، އެކަމަކީ ރައީސް ސާލިހަށް ކުރެއްވޭނެ ކަމެއް ނޫންކަމަށެވެ.

އޭނާ ވިދާޅުވީ، 2022 ވަނަ އަހަރު އިންޑިއާއިން ނެގި ލޯނުތަކާއި މަޝްރޫއުތަކުގެ ޓެކްސް މާފުކުރުމުގެ ގޮތުން އެމްޑީޕީއިން މީރާގެ ގާނޫނު ބަދަލުކުރިކަމަށެވެ. އޭނާ ވިދާޅުވީ، އެމްޑީޕީއިން އެ މަގުސަދު ހާސިލުކުރުމުގެ ގޮތުން ރައީސުލްޖުމުހޫރިއްޔާއަށް ޓެކްސް މާފުކުރެވޭނެ ގޮތަށް ބަދަލު ގެނައިކަމަށާއި މިއަދު އެ ކަމުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާކަމަށެވެ.

ސައީދު ވިދާޅުވީ، 4 ބިލިއަން ރުފިޔާއަކީ ރައީސް ސާލިހާއި ”ބެހޭ“ އެއްޗެއް ނޫންކަމަށާއި އެއީ ދިވެހި ރައްޔިތުންނަށް ލިބެންޖެހޭ ފައިސާކަމަށެވެ. އޭނާ ވިދާޅުވީ، ކޮންމެ ރިސޯޓަކަށް އެ ރަށެއް ދޫކޮށްފައިވަނީ 99 އަހަރަށްކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މުދަލެއް އެހާ ގިނަ ދުވަހަށް ކުއްޔަށް ދިނުމުން ނުހެދި ލަސްވުމުން ކުރާ ޖޫރިމަނާކުރާކަމަށާއި އެހެންނަމަވެސް ރައީސް ސާލިހު އެ ޖޫރިމަނާ މާފުކުރައްވާކަމަށް ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައީސް ސާލިހު ވެރިކަން ހޯދުމަށްޓަކައި ކޮންމެފަދަ އަމަލެއްވެސް ހިންގަވަފާނެކަން އެކަމުން އެނގިގެންދާކަމަށެވެ. ސައީދު ވިދާޅުވީ، ރައީސް ސާލިހު ކުރައްވަމުންދާ ”ވޯމް އަޕް“ އަކީ ނުރައްކާ ބާވަތެއްކަމަށެވެ. އެގޮތުން އަތުޖެހުނު ކޮންމެ ކަމެއް ބަދަލުކުރައްވަމުންދާކަމަށާއި ޑިމޮކްރެޓުންގެ އެއްބަސްވުން ހޯދުމުގެ މަގުސަދުގައި ވެރިކަން ކުރާ ނިޒާމު ބަދަލުކުރުމަށް މާދަމާ ވޯޓެއް ނެގުމަށްވެސް އެމްޑީޕީއިން އެއްބަސްވެދާނެކަމަށް ސައީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: