ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަރުލަމާނީގެ ވާހަކަތަކުން ’ފިއްކަނޑައިގެންދޭ‘: ސައީދު

މާވަށު ދާއިރާގެ މެމްބަރު ސައީދު: ފޮޓޯ/ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ބަރުލަމާނީ ނިޒާމެއް ގެނައުމުގެ މަގުސަދުގައި ދެކެވެމުންދާ ވާހަކަތައް އިވުމުން ”ފިއްކަނޑައިގެން“ ދާކަމަށް މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބުރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ކެންޑިޑޭޓު ނަމްބަރު 4 ޕީއެންސީގެ ޑރ މުހައްމަދު މުއިއްޒުއަށް ތާއީދު ހޯދުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޖަލްސާއެއްގައި ސައީދުވަނީ ބަރުލަމާނީ ނިޒާމު ގެނައުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ޑިމޮކްރެޓުން ކުރަމުންދާ މަސައްކަތްތަކާއި މެދު ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ، އިވެމުންދަނީ އިންތިހާއަށް ހިތުގައި ބިރުވެރިކަން އާލާ ވާ ފަދަ ވާހަކައެއްކަމަށެވެ.

ސައީދު ވިދާޅުވީ، ޕޯޑިއަމްއެއްގައި ވާހަކަ ނުދައްކަވަން ހުންނެވިކަމަށާއި ސަބަބަކީ ދައްކަން ޖެހޭ ވާހަކަތައް ގިނަވުންކަމަށެވެ. ސައީދު ވިދާޅުވީ، ވެރިކަން ކުރާ ނިޒާމާއި ކުޅުމަށް ދިވެހިރާއްޖޭގެ މާލީ ހާލަތު ތަން ނުދޭކަމަށާއި 114 ބިލިއަނުން ރާއްޖެ ދަރުވާލާފައި ނިޒާމު ބަދަލުކުރަން ނުބުނެވޭނެކަމަށްވެސް ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، ޑރ މުއިއްޒު ހުންނެވީ އިންތިހާބުވުމުގެ މަގުމަތީގައިކަމަށާއި އެހެންކަމުން ކުއްލިގޮތަކަށް ފެށިފައިވާ ބަރުލަމާނީ ނިޒާމު ގެނައުމުގެ ވާހަކަތަކަކީ ކޮން ވާހަކަތަކެއް ތޯ އޭނާ ސުވާލު ކުރެއްވިއެވެ. އޭނާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ އަހުލާގީ މިންގަނޑާއި މޯރަލް އަދި އެތިކްސް ކޮބައިތޯވެސް ސުވާލު ކުރައްވާފައެވެ.

ސައީދު ވިދާޅުވީ، ރައީސުލްޖުމުހޫރިއްޔާގެ މަގާމު އަދާކުރައްވާ މީހުންގެ ކިބައިގައި ކޮންމެވެސް ސިފައެއް ހުންނަންވާނެކަމަށާއި އުސޫލެއްގެ މަތިން ކަންކުރުން އެ ސިފައިގެ ތެރޭގައި ހުންނަންޖެހޭނެކަމަށެވެ. ސައީދު ވިދާޅުވީ ވަލިއްޔުލް އަމްރުގެ އަހުލާގީ ސިފަ ނެތް ނަމަ އޭނާއާއި ލައްގާފައިވާ ކާޓެއް ނުވަތަ އޮނަކާއި ތަފާތެއް ނެތްކަމަށާއި އޮއެ އަދި ރާޅުތަކުގެ ނުފޫޒުގައި އެއްވެސް މިސްރާބެއް ނެތް ގޮތުގައި ދާނެކަަމަށް ސައީދު ވިދާޅުވިއެވެ. އެހެންކަމުން އެފަދަ މަންޒިލެއް ނެތް މީހަކާއި ގައުމު ހަވާލުވުމުން ކަންވެގެންދާނެ ގޮތާއިމެދު އޭނާ ސުވާލު ކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: