ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗާގޮސްގެ މައްސަލައިގައި ދައުރުވަމުންދަނީ ސައްހަ ސިޓީއެއްނޫން: ސަރުކާރު

ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޗާގޮސްގެ މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހް، މޮރިޝަސްގެ ސަރުކާރަށް ފޮނުއްވި ސިޓީކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަނީ ސައްހަ ސިޓީއެއް ނޫންކަމަށް ސަރުކާރުން ބުނެފިއެވެ.

”ސަންގަށް“ މައުލޫމާތު ދެމުން ރައީސްއޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އެ ސިޓީއަކީ އެއްވެސް އަސްލެއް ނެތް ސައްހަ ސިޓީއެއް ނޫން ކަމަށެވެ.

ސަރުކާރުގެ އިސްވެރިންނާއި ތާއީދުކުރައްވާ މަަޖިލީސް މެމްބަރު ރައީސް ނަޝީދު ގެންގުޅުއްވާކަމަށް ތުހުމަތުކުރާ “ހަސަން ކުރުސީ” ޓްވިޓަރ އައިޑީއިންވަނީ ދާދި ފަހުން ރައީސް ސާލިހު މޮރިޝަސްއަށް ފޮނުއްވި ސިޓީކަމަށް ބުނެ ލިޔެކިއުމެއް އާންމުކޮށްފައެވެ.

ރައީސް ފޮނުއްވި ސިޓީ ކަމަށް ބުނެ ސާޝަލް މީޑިއާގައި ދައުރުވަމުންދާ ސިޓީގައި ބުނެފައި ވަނީ ދިވެހި ރައްޔިތުންނާއި ސަރުކާރުގެ ފަރާތުން އދގެ އާންމު މަޖިލީހުން ޗާގޮސްގެ މައްސަލައިގައި މޮރިޝަސްގެ ކޮޅަށް ނިންމާފައިވާ ނިންމުމަށް ތާއީދުކުރާކަމަށް ނިންމާފައިވާ ކަމަށެވެ. އަދި މޮރިޝަސްއިން އެ ގައުމުގެ މިނިވަންކަމާއި ސިޔާދަތު އަނބުރާ ހޯދުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކަށް ހިތްވަރުދޭކަމަށާއި، ރާއްޖެ އެ ގައުމާއިއެކުގައި ވާކަމަށްވެސް ބުނެފައިވެއެވެ.

ސިޓީގައި ބުނެފައިވާގޮތުން ރާއްޖެއަކީ ސަރަހައްދީ ހަމަޖެހުމާއި މިނިވަންކަމުގެ މުހިންމުކަން ދަންނަ ގައުމެކެވެ. އެހެންކަމުން މޮރިޝަސްގެ ސަރަހައްދު ހޯދުމަށް ކުރާ މަސައްކަތްތައް ބަލައިގަންނަކަމަށާއި އެގޮތުން ޗާގޮސް އާކިޕެލެގޯގެ މައްޗަށް އެ ގައުމުގެ ހައްގު އޮތްކަމަށާއި އދގެ ނިންމުމަށް ތާއީދުކުރާކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ސިޓީގައި ވާގޮތުން ރާއްޖެއިންވަނީ އެ ގައުމުގެ އަސްކަރީ އަދި އާންމު އުޅަނދުތަކަށްވެސް ރައްކައުތެރިކަން ކަށަވަރުކޮށްދޭނެކަމަށް ބުނެފައެވެ. އަދި ކަނޑުމަތީ އިގްތިސާދުގެ މުހިންމުކަންވެސް ދަންނަކަމަށާއި އެހެންކަމުން ކުރީބައިގައި އެންމެހާ އުޅަނދުތަކަށްވެސް ދަތުރުކުރެވޭނެގޮތަށް “ޑިލްލޮމެޓިކް ނޯޓިސް” ދީފައިވާކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: