ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެކްޕޯޓު، އިމްޕޯޓު މުދާ އިތުރުވެ އާމްދަނީއަށް ކުރިއެރުމެއް

މާލޭ ވިޔަފާރި ބަނދަރު ސަރަހައްދުގައި އޮތް ދޯންޏަކަށް ފޯކްލިފްޓަކުން މުދާ އަރުވަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ފާއިތުވި މާޗު މަހު ރާއްޖެއަށް އިމްޕޯޓު ކުރި މުދަލުގެ ސީއައިއެފް އަގު، މިދިޔަ އަހަރާއި އަޅާބަލާއިރު 10 އިންސައްތަ އިތުރުވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ތަފާސްހިސާބުތަކުގައި ވާގޮތުން 2022 ވަނަ އަހަރުގެ މާޗު މަހު ރާއްޖެއަށް އެތެރެ ކުރީ 3.9 ބިލިއަން ރުފިޔާގެ މުދަލެވެ. އަދި މި އަހަރުގެ އެ މުއްދަތުގައި 4.3 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް ވަނީ އެތެރެކޮށްފަ އެވެ.

މީގެއިތުރުން، މާޗް މަހު ދައުލަތަށް ލިބުނު އާމްދަނީ 2022 ވަނަ އަހަރުގެ މާރޗް މަހާ އަޅާބަލާއިރު 3 އިންސައްތަ އިތުރުވެފައިވާކަމަށް ރެކޯޑުތަކުން ދައްކަ އެވެ. އެގޮތުން 2022 ވަނަ އަހަރުގެ މާޗް މަހު 320 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ މާޗް މަހު މި އަދަދު ވަނީ 330 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. އެއީ 03 އިންސައްތައިގެ އިތުރުވުމެކެވެ.

މިދިޔަ އަހަރުގެ މާޗު މަހު ރާއްޖެއަށް އެކްސްޕޯޓު ކުރި މުދަލުގެ ތަފްސީލުތަކުގައި ވަނީ އާމްދަނީގެ ގޮތުގައި 51 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށެވެ. އެއީ މިދިޔަ އަހަރުގެ މާޗު މަހު ލިބުނު 228 މިލިއަން ރުފިޔާ އާއި 344 މިލިއަން ރުފިޔާ އަޅާ ކިއުމުން ޖެހޭ އަދަދެވެ.

ތަފްޞީލް މާރޗް 2022

(ދިވެހި ރުފިޔާއިން)

މާރޗް 2023

 (ދިވެހި ރުފިޔާއިން)

އިތުރުވި/ދަށްވި އިންސައްތަ
ދައުލަތަށް ލިބުނު އާމްދަނީ 320 މިލިއަން 330 މިލިއަން 3% އިތުރު
އެކްސްޕޯޓް ކުރެވުނު މުދާ (އެފް.އޯ.ބީ އަގު) 228 މިލިއަން 344 މިލިއަން 51% އިތުރު
އިމްޕޯޓް ކުރެވުނު މުދާ  (ސީ.އައި.އެފް އަގު) 3.9 ބިލިއަން 4.3 ބިލިއަން 10% އިތުރު

މާޗު މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޔޫ.އޭ.އީ، އިންޑިއާ، އޮމާން، ސިންގަޕޯރ، އަދި ޗައިނާ އެވެ. ޔޫ.އޭ.އީ 753 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާ އިން 696 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފަ އެވެ.

މީގެއިތުރުން އޮމާން އިން 467 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. ސިންގަޕޯރ އިން 408 މިލިއަން ރުފިޔާގެ މުދާ އަދި ޗައިނާ އިން 357 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: