ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްދަރު ހާމަކުރަން މަޖުބޫރުކޮށް ހުށަހެޅި އިސްލާހު ފާހެއް ނުވި

ޝެއާރކޮށްލާ ކަހަލަދޯ؟

ނޫސްވެރިންނަށް މަސްދަރު ހާމަކުރުމަށް މަޖުބޫރުކޮށް މިދިޔަ އަހަރު ފާސްކުރި ހެއްކާއިބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުތައް ފާސްނުކޮށް އަނބުރާ ކޮމިޓީއަށް ފޮނުވާލައިފިއެވެ.

ސަރުކާރުން މިދިޔަ އަހަރުގެ ޖޫން މަހުގައި ފާސްކޮށް ޖުލައި މަހުގެ ތެރޭގައި ތަސްދީގުކުރި ހެއްކާއިބެހޭ ގާނޫނުގައިވާ ގޮތުން ނޫސްވެރިން ލިޔާ ހަބަރުތަކުގެ މަސްދަރު ހާމަކުރުމަށް ކޯޓުތަކަށް މަޖުބޫރުކުރެވޭނެއެވެ.

ކޯޓްތަކަށް މަސްދަރު ހާމަކުރުމަށް މަޖުބޫރު ކުރެވޭނީ މަސްދަރު ހާމަކުރުމުގެ ސަބަބުން މަސްދަރަށް ނުވަތް އެެހެން ފަރާތަކަށް ލިބޭނެ ގެއްލުން ކުޑަ ކަމަށް ކޯޓްތަކަށް ފެންނަ ހާލަތެއްގައެވެ.

ހެއކާއިބެހޭ ގާނޫނުގެ ސަބަބުން މަސްދަރު ހާމަކުރުމުގެ ސަބަބުން އިތުރު މަސްދަރު ހޯދައި އެ މަސްދަރުތަކުގެ ސަބަބުން ނޫސްވެރިންނަށް ހުރަސްއެޅޭނެ މިންވަރު ކުޑަކަމަށް ކޯޓްތަކަށް ފެންނަ ހާލަތުގައި މަސްދަރު ހާމަކުރުމަށް މަޖުބޫރު ކުރެވޭނެއެވެ.

މީގެ އިތުރުން ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތު ހާމަކުރުނއ ހިމެނޭ ކަމަށް ހެއްކާއިބެހޭ ގާނޫނުގައިވެއެވެ. އެހެން ނަމަވެސް އެފަދަ މައުލޫމާތުތަކަކީ ކޮބައިކަމާއި އެކަމުގެ ތަފްސީލް ގާނޫނުގައި މާނަކޮށްފައި ނެތެވެ.

މަސްދަރު ހާމަކުރުމާއި ބެހޭ އިސްލާހާއި ގުޅިގެން ނޫސްވެރިން އިހްތިޖާޖުކޮށް އެކަމުގެ ކަންބޮޑުވުންތައް ކަމާއިބެހޭ އިދާރާތަކަށް ހުށަހެޅުނެވެ.

ޖުޑީޝަރީ ކޮމިޓީން ވަނީ މަސްދަރު ހާކަ ކުރުމަށް އެންގޭނީ ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ކަމަށާއި އެކަމާއި ގުޅިގެން ނިންމަންޖެހޭ ނިނމުން ނިންމޭނީ ހައިކޯޓަށް ކަމަށް ކަނޑައަޅާފައެވެ. އަދި އެފަދަ އަމުރެއް ނެރެވޭނީ އެކަމަކީ ގައުމީ ސލާތަކަށް ނުރައްކާވެދާ ފަދަ ކަމެއްކަމަށް މާނަކޮށްފައެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުން ހުށަހެޅި އިސްލާހުތައް ވަނީ ފާސްނުވެފައެވެ. ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންގެ ތެރެއިން އެމްޑީޕީގެ 31 މެމްބަރުން ބިލާއި ދެކޮޅަށް ވޯޓް ދެއްވިއިރު އިސްލާހުތަކާ އެއްކޮޅަށް ވޯޓް ދެއްވީ 12 މެމްބަރުންނެވެ. އެހެންކަމުން އެ އިސްލާހުތައް ފާހެއް ނުވިއެވެ. އެހެންކަމުން އެއިސްލާހުތައް ވަނީ އަނބުރާ ކޮމިޓީއަށް ފޮނުވާލާފައެވެ.

ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައި ވަނީ ޚަސްމަކު ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް ޝަރީއަތުން ފައިސަލާކޮށް ގޮތެއް ކަނޑައަޅަން ޖެހޭ ކަންކަމުގެ މައްޗަށް ރިއާޔަތް ކުރާއިރު ނޫސްވެރިޔާއަށް މައުލޫމާތު ދިން މީހާއަކީ ކާކުކަން ހާމަކުރުމުގައި އޮތް އާންމު މަސްލަހަތު ބައެއް ހާލަތްތަކަށް ވުރެ ބޮޑު ކަމުގައި ޝަރީއަތަށް ބުރަވެވޭ ނަމަ ނޫސްވެރިޔާ އަށް މައުލޫމާތު ދިން މަސްދަރު ޝަރީއަތަށް ހާމަކުރުމަށް ނޫސްވެރިޔާ އަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރުކުރެވޭނެ ކަމަށެވެ.

މި މާއްދާގެ ދަށުން، މަސްދަރު ހާމަކޮށްދިނުމަށް އެދި ދައުލަތުގެ އިތުރުން ދައުވާ ކުރާ މީހުންނަށް ވެސް ކޯޓުގައި އެދެވިދާނެއެވެ.

ހެއްކާ ބެހޭ ގާނޫނަށް މި އިސްލާހު ގެނަައުމަށްް ކޮމިޓީން ފާސްކުރީ ހެއްކާބެހޭ ގާނޫނު މިހާރު އެކުލަވާލާފައިވާގޮތުން ނޫސްވެރިން ފާޅުކުރި ކަންބޮޑުވުންތަކަށް ރިއާޔަތް ކުރުމަށްފަހުގައެވެ.

ނޫސްވެރިން މީގެކުރިން ކަންބޮޑުވުންފާޅުކުރީ މަސްދަރު ހާމަ ކުރަން މަޖުބޫރު ކުރެވޭނެ ހާލަތްތައް ފުޅާކޮށް މާނަ ކުރަން ހުޅުވާލެވޭ ގޮތަށް މަސްދަރު ހާމަކުރުމާ ބެހޭ މާއްދާ އޮތުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: