ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޫސްވެރިން ދޮގު ހަދާކަމަށް ބުނާ މެމްބަރުން މަޖިލީހުގައި ވެސް ހަދަނީ ދޮގު: ސަލީމް

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ  ޕީޖީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ނޫސްވެރިން ދޮގު ހަބަރު ލިޔާ ވާހަކަ ދައްކާއިރުގައި، މަޖިލީހުގައި ތެދު ހަދަނީ ކިތައް މެމްބަރުން ތޯ އާއި މަޖިލީހުގައި މެމްބަރުން ވާހަކަ ދައްކަނީ ތެދަށްތޯ ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވިއެވެ.

ސަރުކާރުން މީޑިއާތަކަށް ނުފޫޒު ފޯރުވައި، ނޫސްވެރިން ގަނެފައިވާކަމަށް ބުނެ އެމްޑީޕީގެ ބައެއް މެމްބަރުން މަޖިލީހުގައި ތަކުރާރުކޮށް ވާހަކަ ދައްކަން ފެއްޓެވީ ޕާޓީގެ އެތެރޭގައި އުފެދުނު މައްސަލަތަކަށް ފަހު އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ހެއްކާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި އާއި، ސޯޝަލް މީޑިއާގައި ވެސް ސަރުކާރުގެ ބައެއް ހަބަރުތައް މީޑިއާތަކުން ގެންނަނީ ސަރުކާރު ހިއްސާވާ އެސްއޯއީތަކުން ސްޕޮންސާކޮށް އެކަމަށް މަޖުބޫރު ކުރުވާފައިވާތީކަމަށް މެމްބަރުން ވިދާޅުވި އެވެ.

މިއަދު މަޖިލީހުގައި ކުރިޔަށް ދިޔަ، އެ ބިލުގެ ބަހުސްގައި ސަލީމް ވިދާޅުވީ ރާއްޖޭގައި ފަހަކަށް އައިސް މައްސަލަތަކުގއި ކުށްވެރިންގެ މައްޗަށް ދައުވާތައް ކުރަނީ އެވަގުތަކާއި އެންމެ ކައިރި ކުރާ މާއްދާއެއްގެ ދަށުން ކަމަށެވެ. މިސާލެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ޓެރަރިޒަމްގެ ކުށާއި، މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އެވެ.

މަޖިލީހުގައި ތެދުބަހުން ނޫން ގޮތަކަށް ވާހަކަ ދެއްކުމަށް ގަރާރެއް ހުށައެޅުމުން އެ ބިލު ބޭރުކޮށްލި މެމްބަރުން އިތުރު ބައެއްގެ ބޮލުގައި އިލްޒާމެއް އެޅުވުމުގެ ކުރިން ތެދު ހަދާ ގާނޫނަށް ތަބައަ ވާން ޖެހޭކަމަށް ސަލީމް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެއަށް ފަހު ދެން އެހެން މީހުން ތެދުބަހުން ވާހަކަ ދެއްކުމަށް ނަސޭހަތް ދީ ވާހަކަ ދައްކަންވީކަމަށެވެ. ސަލީމް ވިދާޅުވީ އެ ނޫން ގޮތަކަށް ތެދު ބަހުން ވާހަކަ ދެއްކުމަށް ގޮވާލުމުގެ ފުރުސަތު މަޖިލީހުގެ މެމްބަރުންނަށް ނެތް ކަމަށެވެ.

ސަލީމް ވިދާޅުވީ މަސްދަރު ހާމަކުރަން ނޫސްވެރިޔާއަށް މަޖުބޫރު ކުރާ އެއްވެސް ހާލަތެއް އޮވެގެން ނުވާނެ ކަމަށެވެ.

ސަރުކާރުގެ ކުންފުނިތަކުން މީޑިއާތަކަށް ސްޕޮންސާރ ދޭ މައްސަލައިގައި ސަލީމް ވިދާޅުވީ، ގިނަ ފަހަރަށް އެތަނެއްގެ ތެރޭގައި ހިނގާ ނޭއްގާނީ އަމަލުތަކުގެ ވާހަކަތައް އެ މީޑިއާއަކުން ރިޕޯޓު ނުކުރާކަމަށެވެ. ސަލީމް ވަނީ މިއީ ހައްލު ކުރަން ޖެހޭ މައްސަލައެއްގެ ގޮތުގައި ފާހަގަކުރައްވާފަ އެވެ.

ރައްޔިތުންގެ މައްޗަށް ތިބޭ ވެރިން، ރައްޔިތުންނާއި ގުޅުންހުރި ކަމެއް އޭނާގެ ބޮލުގައި އެޅުމުން ކަން ހިނގި ގޮތް ރައްޔިތުންނަށް ސާފުކޮށްދޭންޖެހޭ ކަމަށް ސަލީމް ވިދާޅުވިއެވެ. އެކަން ސާފުކޮށްދިނުމުން އެކަން ހުންނާނީ ހަމަޖެހިފައި ކަމަށް ސަލީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: