ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބުގެ ބިލު ދިގު މުއްދަތަކަށް ހިފަހައްޓައި އަނބުރާ ފޮނުވުމުން ކަންބޮޑުވޭ: އެމްޑީޕީ

މަޖިލީހުގެ ނައިބުރައީސް އަހުމަދު ސަލީމް: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކުރުމަށް އެކުލަވާލި ބިލު ތަސްދީގުނުކޮށް ފޮނުވާލީ ބޭއްވޭނެ އެންމެ ދިގު މުއްދަތަކަށް ބޭއްވުމަށްފަހުކަމަށްވުމުން ކަންބޮޑުވެވަޑައިގަންނަވާކަމަށް މަޖިލީހުގެ ނައިބު ރައީސް ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކުރުމަށް އެމްޑީޕީއިން އެކުލަވާލާފައިވާ ގާނޫނު ތަސްދީގުނުކުރައްވާ ރައީސް އޮފީހުން އަނބުރާ މަޖިލީހަށް ފޮނުވާލި މައްސަލައިގައި ވާހަކަދައްކަވަމުން ސަލީމްވަނީ އެ މައްސަލައިގައި އިލެކްޝަންސްއިން އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ރައްޔިތުންގެ ކަންބޮޑުވުންތައް ހުރިކަން ހިއްސާކުރައްވާފައެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީ އަދި މަޖިލީސް މެމްބަރުންނާއި ހިސާބަށް އެ މައްސަލަ ބޮޑު ހިތްހަމަ ނުޖެހުމެއްގެ ގޮތުގައި އަންނަކަމަށާއި އެހެންނަމަވެސް އެމްޑީޕީ އަދި އޮފިޝަލުންނަށްވެސް ފަސޭހަވަނީ ހަމަ އިންތިހާބު އަވަހަށް ނިމުމުންކަމަށް ހިއްސާކުރެއްވިއެވެ.

އެހެންމަވެސް މިހާރުގެ އިންތިޒާމުތަކުގެ ސަބަބުން އުނދަގޫތައް ކުރިމަތިވެގެންދާކަމަށް ވޯޓުލާން ތިބި ރައްޔިތުން ރަމަޟާން މަހުގެ ތެރޭގައި އިންތިހާބެއްގެ ތެރޭގައި އުޅެން ޖެހުމުން ދަތިތައް ހުރިކަމަށް ބުނަމުންދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ސަލީމް ވިދާޅުވީ، އިސްލާހުގެ ބިލު ހުށައެޅިގެން ކުރެވުނު ބަހުސްގައި ގިނަ އަދަދެއްގެ މެމްބަރުން ވާހަކަދެއްކެވިކަމަށާއި އިންތިހާބު ލަސްކުރުމަށް ތާއީދުކުރެއްވިކަމަށެވެ. އަދި މަޖިލީހުން ފާސްވެގެން އައީ އެ ސަބަބާއި ގުޅިގެންކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މަޖިލީހުން ނިންމާ ނިންމުމާއި އެއްގޮތަށް ކަންކަން ކުރަން ސަރުކާރުން އިންތިހާބު ލަސްކުރަން ބޭނުން ނުވާކަމަށެވެ. އަދި އެމަނިކުފާނު ބިލު މަޖިލީހަށް އަނބުރާ ފޮނުއްވީ އެންމެ ފަހުވަގުތާއި ޖެހެންދެން ތަސްދީގު ނުކުރައްވާ ބޭއްވުމަށްފަހުކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ތަސްދީގު ނުކުރައްވާ ބޭއްވޭނެ އެންމެ ދިގު މުއްދަތަކަށް ބޭއްވުމަށްފަހު މަޖިލީހަށް އަނބުރާ ފޮނުވާލާފައިވުމާއިމެދު އެމްޑީޕީގެ ޕީޖީ ގުރޫޕުން ކަންބޮޑުވާކަމަށެވެ.

ސަލީމް ވިދާޅުވީ، 47 މެމްބަރުންނާއިއެކު ބިލު ފާސްވެގެން އައި އިރު އެކަމުގެ ތެރޭގައި ހިމެނެނީ ހަމައެކަނި އެމްޑީޕީގެ މެމްބަރުން ނޫންކަމަށާއި ޖުމްހޫރީ ޕާޓީގެ އިތުރުން ޑިމޮކްރެޓްސްއިންވެސް ބިލު ފާސްކުރުމަށް ތާއީދުކުރެއްވިކަމަށް ވިދާޅުވިއެވެ. އަދި އެއީ މަޖިލީހުގެ ތަޅުމުގައި ޖުމުލަ ރޫހު ހުރި ގޮތްކަމަށާއި އިތުރަށް ފަސްކުރެއްވުމެއް ނެތި ރައީސުލްޖުމުހޫރިއްޔާ މި ބިލު ތަސްދީގުކުރައްވާކަމަށް އުންމީދުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައްޔިތުންގެ ތެރޭގައި ހުރި އޮޅުންތައް ސާފުވެގެންދާ ގޮތަށް ކަންކަން ކުރެއްވުމަށް އެދިވަޑައިގަންނަވާކަމަށާއި ރޯދަމަހުގެ ތެރޭގައި އިންތިހާބު އޮންނާނެ ތާރީހު ސާފުވެގެންދާނެ ގޮތަށް ކަންކަން ނިންމެވުމަށް ސަރުކާރުގައި އެދިވަޑައިގަންނަވާކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: