ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިވިލް ސާވިސް މުވައްޒަފުންނާ ގުޅޭ ގޮތުން ދެއްކި ވާހަކަތަކުގެ ސަބަބުން ސައްލެ ހޫނުފެނަަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ސިވިލް ސާވިސް މުވައްޒަފުންނަކީ “މޫނެއް ނެތް، އަޑެއް ނެތް” ބައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ސަލީމް ވިދާޅުވުމުން، އެތައް ބައެއްގެ ނުރުހުން އޭނާއަށް އަމާޒުވެއްޖެއެވެ.

މަޖިލީހުގެ ޖަލްސާގައި ސަލީމް އިއްޔެ ވިދާޅުވެފައި ވަނީ ސިވިލް ސާވިސް މުވައްޒަފަކީ “ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ކަށްވަޅަށް ދާންދެން އަނގަމަޑުންލައިގެން ހުންނަން ޖެހޭ މީހެއް” ކަމަށެވެ.

“އޭނާއަކީ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ކަށްވަޅަށް ދާންދެން އަނގަމަޑުންލައިގެން ހުންނަން ޖެހޭ މީހެއް،” ސަލީމް ވިދާޅުވި އެވެ.

ސަލީމްގެ އެ ވާހަކަފުޅަށް ވަރަށް ގިނަ ސިވިލް ސާވަންޓުންނާއި އާންމުން ވެސް އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން އެހެން ރައްޔިތުންނެކޭ އެއްފަދައިން ސިވިލް ސާވަންޓުންނަށް ވެސް ޙިޔާލު ފާޅު ކުރުމުގެ މިނިވަންކަން އޮންނަން ވާނެ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ސިއްހީ ދާއިރާގެ މުވައްޒަފުން ތަމްސީލްކުރާ މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން އިން ސަލީމްގެ ވާހަކައާ މެދު ކަންބޮޑުވުން ފާޅުކުރަމުން ފޭސްބުކް ޕޯސްޓެއްގައި ބުނިގޮތުގައި “ގާނޫނު އަސާސީ އިން އެންމެހައި ދިވެހިންނަށް ލިބިދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އެއްވެސް ހާލަތެއްގައި ހަނިކުރެވޭނެ ހައްގެއް ނޫނެވެ.”

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: