ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއިން ކުރިހާވެސް ކަމަކީ، ޤާނޫނުތަކުގައި ތަޅު އެޅުވުން: ހީނާ

އެންސްޕާގެ ސީއީއޯ ހީނާ ވަލީދު: ފޮޓޯ/ ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއިން ވަނީ ޤާނޫނުތަކުގައި ތަޅު އަޅުވާ ފައިސާ ޗާޕުކޮށް، ޤައުމު އަނދަވަޅަކަށް ވައްޓާލާފައިކަމަށް ޕީޕީއެމް/ޕީއެންސީގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެެއްޖެއެވެ.

ހީނާ މިފަދައިން ވިދާޅުވީ މިއަދު ޕީއެންސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެމްޑީޕީއަށް ފާޑު ވިދާޅުވެ، އެ ޕާޓީގެ ސަރުކާރުން ބިލިއަނުން ލޯނު ނަގާ އަންނަން އޮތް ޖީލު ދަރަނިވެރި ކޮށްފައިވާކަމަށް ހީނާ ވިދާޅުވިއެވެ.

އަދި އެމްޑީޕީގެ ވެރިކަމުގެ ސިޔާސަތުތައް އޮތީ ފެއިލްވެފައިކަމަށާއި، މަސައްކަތް ކުރެއްވީ އަމިއްލަ ފައިދާއަށްކަމަށް ހީނާ ވިދާޅުވިއެވެ.

ވެރިކަން ނިމުނުއިރު އިޤްތިސާދު އޮތީ އަނދަވަޅަކަށް ވައްޓާލާފައި، އެހެންކަމުން އިޤްތިސާދުގެ ވާހަކަ ދައްކަން މިސްރާބު ހަމަ މަގަށް އެޅުވުމުގެ ވާހަކަ އެމްޑީޕީއަށް ދެއްކޭކަށް ނެތް.

ހީނާ ވިދާޅުވިއެވެ.

ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލާ އެމްޑީޕީގެ މަޝްރޫއުތައް އޮތީ ފެއިލްވެފައިކަަމަށާއި އަދި މިދިޔަ ވެރިކަމުގައި އިސްލާމްދީނުގެ ހުރުމަތް ކަނޑާ، އިސްލާމްދީނަށް ފުރައްސާރަ ކޮށްފައިވާކަމަށްވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ މުޅި އެ ޕާޓީ ފެއިލްވެފައިވާ މިންވަރު، އެ ޕާޓީގެ ލީޑަރުކަން ކުރެއްވި ރައީސް މުހައްމަދު ނަޝީދު ވަނީ ހާމަކޮށްދެއްވާފައިކަމަށެވެ.

މަޖިލީސް އިންތިހާބަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީއިން ކުރަނީ އެންޓި ކެމްޕެއިންކަމަށްވެސް ހީނާ ތުހުމަތު ކުރެއްވިއެވެ. އެ މައްސަލަ ޕީޕީއެމް/ޕީއެންސީގެ ފަރާތުން އިލެކްޝަން ކޮމިޝަނަށްވެސް ހުށައަޅާފައިވާކަން ފާހަގަކުރެއްވިއެވެ.

އެގޮތުން މާލޭގެ މަގުތަކުގައި ދަމާފައިހުރި ބެނާތަކާއި ޕޯސްޓަރުތަކުގައި އެންޓި ކެމްޕޭނަށް މަގުފަހިވާ އެތައް އެތައް ކަމެއް ފެންނަކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: