ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޖެންޑާ 19އިން ބޯހިޔާވަހިކަމުގެ ސިޔާސަތުވީ ފެއިލް: ހީނާ

ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެޖެންޑާ 19އިން ބޯހިޔާވަހިކަމުގެ ސިޔާތަތު ވީ ފެއިލް ކަމަށް ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ޕީއެންސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ އެމްޑީޕީން ބުނަމުން ދިޔައީ އެޖެންޑާ 19އިން ހުރިހާ ކަމަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ. އެހެންނަމަވެސް ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހައްލު ލިބިގެންގޮސްފައި ނުވާކަމަށާއި އަދި ރައްޔިތުންނަށް ސިއްހީ ގޮތުން ލިބިފައިވާ ފައިދާތަކާއިމެދު ހީނާ ވަނީ ށުވަލު ޢުފައްދަވާފައެވެ.

އެޖެންޑާ 19 ފެއިލް ވުމަށްފަހު އައީ އެޖެންޑާ 20 ކަމަށާއި އެއީ ރައީސް އަޒުލު ކުރުމަށް ގެނެއި އެއްޗެއްކަމަށް ހީނާ ވިދާޅުވިއެވެ. ނިމިދިޔަ ފަސްއަހަރާއި އަދި ކޮންމެ އެމްޑީޕީގެ ވެރިކަމެއްގައިވެސް ފެނިގެންދަނީ ވަރަށް ހަޑިހުތުރު މަންޒަރުކަމަށް ހީނާ ވިދާޅުވިއެވެ.

“އެމްޑީޕީގެ ހޯމް މިނިސްޓަރ މަގުމަތިން ފެނުނީމަވެސް ހަމަ ކޮންމެސް އަންހެން ބޭފުޅަކު އެމަނިކުފާނު ފަތަތުން ދުވޭ އެބަ ކޮންމެސް ކޭސް އަކާއި ގުޅިގެން. އިންސާފެއް ނުލިބުނު. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިނިސްޓަރަކު ނޫސްވެރިއަކަށް ފުރައްސާރަ ކުރި. އެމައްސަލައެއް ނުބެލުނު. ތަހުގީގެއް ނުކުރެވުނު. މީގެން ކޮންމެ ބޭފުޅަކަށްވެސް ލިބެނީ ބޮޑުމަގާމެއް އޭގެ ބަދަލުގައި. ކޮންމެސް ކުންފުންޏެއްގެ ޑީއެމްޑީގެ މިފަދަ މައްސަލަ ތަކެއްވެސް ފެންމަތިވެގެން ދިޔަ. އޭރުގެ ފަސްޓު ލޭޑީގެ ގާތް ބޭފުޅެއްވީމާ އޭނާ ސަޕެންޝަންގައި ކުޑަ ދުވަސްކޮޅަކަށް ބަހައްޓާފައި އަލުން ދިނީ ބޮޑު މަގާމެއް”

ރައްޔިތުންގެ މަޖިލީހުގައިވެސް ހުރީ މިފަދަ އެތައް މައްސަލަ ތަކެއް ކަމަށާއި އަންހެން ބޭފުޅެއްގެ ކަންފަތް މަތީގައި ޖެހުމާއި، އަދިި އަލަމްގިރްގެ މައްސަލަވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ. މިއީ ވަރަށް ހަޑިހުތުރު ލަދުވެތި ކަންކަން ކަމަށް ހީނާ ވިދާޅުވިއެވެ. ހީނާ ވިދާޅުވީ އަލަމްގިރް މައްސަލައިގައިވެސް ކުށްވެރިވީ އޭނާ އެކަނި ކަމަށާއި އެހެންއެވެސް މީހެއް މިކަމުގައި ކުށްވެރި ނުވާކަމަށެވެ.

އަލީވަހީދުގެ މައްޗަށް ޕީޖީން އުފުލި ދައުވާތަކުގެ ތެރޭގައި ވެސް ޖިންސީ ގޯނާ އާއި ރޭޕްގެ އެތައް މައްސަލައެއް ހުރި ކަމަށާއި އެހެންނަމަވެސް އެންމެ ފަހުން އޭރުގެ ރައީސުލްޖުމްހޫރިއްޔާ ނިކުމެވަޑައިގެން މިހާރު އުޅުއްވަނީ އަލީވަހީދުގެ ކުރިމަގު އުޖާލާކޮށް ދިނުމަށް ކަމަށް ހީނާ ވިދާޅުވިއެވެ. ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަވެސް ކުރެއްވި ކަމަކީ އެފަދަ ކަމެއްކޮށްފައިވާ މީހަކު މިނިވަންކުރުން ކަމަށް ހީނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ސަރުކާރުގައި މިފަދަ އެތައް ހަޑި އަމަލުތައް ހިންގާފައި ވާކަމަށް ހީނާ ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު މިބޭފުޅުން މި ނިކުންނަވަނީ ގައުމުގެ މިސްރާބު ހަމަމަގަށް އަޅުވަން ކަމަށާއި މިފަދަ ބަޔަކަށް ގައުމުގެ މިސްރާބު ހަމަމަގަށް އެޅުވޭނީ ކޮން ގޮތަކުންތޯ ހީނާ ވަނީ ސުވާކު އުފައްދަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: