ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއެމްއެލް ސްޓާފް އެވޯޑްސްގައި އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އެވޯޑް ދިނުމުގެ ހަފްލާގައި އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށްފިއެވެ.

ބީއެމްއެލް އިން މި ހަފްލާ ބާއްވާފައި ވަނީ ކްރޮސްރޯޑްސް ގައެވެ. މި ހަފްލާގައި އެވޯޑް ހަވާލުކޮށްދެއްވީ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަގެ އިތުރުން ބޯޑު ޑިރެކްޓަރުންނާއި ބޭންކުގެ އެގްޒެކްޓިވް މެނޭޖްމަންޓުގެ މެންބަރުންނެވެ. މުވައްޒަފުންގެ ތެރެއިން ފާހަގަކޮށްލެވޭ މުވައްޒަފުންނާއި ޓީމުތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެކި ކެޓަގަރީތަކުން ވަނީ އެވޯޑް ދީފައެވެ.

މުޙައްމަދު ޝާއިޤް އަޙްމަދު ( ކަސްޓަމަރ ސަރވިސް މެނޭޖަރ) ވަނީ އެމްޕްލޯއީ އޮފް ދަ އިޔަރ އެވޯޑް ހޯދާފައެވެ. ނައިފަރު ބްރާންޗުން ވަނީ ސީއީއޯ އެވޯޑް ފޯރ އައުޓްސްޓޭންޑިންގ އެޗީވްމަންޓް އެވޯޑް ހޯދާފައެވެ. ޢަލީ ފާރިޝް ޚަލީލް (ހެޑް އޮފް ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިންގ) ބެސްޓް ލީޑަރ އެވޯޑް ހޯދިއިރު އަޒާން ރަޝީދު (ޓަރމިނަލް މެނޭޖްމަންޓް ޔުނިޓް) ވަނީ ބެސްޓް މެނޭޖަރ އެވޯޑް ހޯދާފައެވެ.

މުވައްޒަފުންގެ ތެރެއިން ފާހަގަކޮށްލެވޭ ހިދުމަތްކޮށްފައިވާ މުވައްޒަފުންނާއި ޓީމުތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެކި ކެޓަގަރީތަކުން ވަނީ އެވޯޑް ދީފައެވެ. މީގެ ތެރޭގައި ބެސްޓް އެޓޯލް ބްރާންޗް، ބެސްޓް އެޓޯލް އެމްޕްލޯއީ، ބެސްޓް ޓީމް، ކަސްޓަމަރ ސަރވިސް ސްޓަރ އަދި އެވޯޑް ފޯ އިނޮވޭޝަން ހިމެނެއެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން ” ބޭންކުގެ ޓީމާ ދޭތެރޭ އަޅުގަނޑު ފަޙުރުވެރިވަން.. މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށްދޭ އަހައްމިއްޔަތުކަން އަހަރުން އަހަރަށް މުވައްޒަފުން ކުރާ ބުރަ މަސައްކަތުން ދައްކުވައިދޭ….މިރޭ އެވޯޑް ހާސިލްކުރި ހުރިހާ މުވައްޒަފުންނަށް އަޅުގަނޑު މަރުހަބާ ދަންނަވަން….ބޭންކު ކާމިޔާބީއާ ދިމާއަށް ދަތުރުކުރަނީ ތިޔަ މުވައްޒަފުންގެ ނަމޫނާ މަސައްކަތުގެ ސަބަބުން.” ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމް ވާހަކާގައި ފާހަގަކުރެއްވިއެވެ.

 

“ފާއިތުވި އަހަރު ބޭންކުން ވަނީ ރިކޯޑް ނަތީޖާއެއް ހޯދާފަ…. މިއީ ސާފު ފައިދާގެ ގޮތުގައި 2 ބިލިއަން ރުފިޔާ އަށް ވުރެ މަތީ އަދަދެއް ބޭންކަށް ލިބުނު ފުރަތަމަ ފަހަރު…. މި ނަތީޖާ ހޯދުނީ މުވައްޒަފުންގެ ބުރަ މަސައްކަތުގެ ސަބަބުން….. އެހެންކަމުން މި ފުރުސަތުގައި ކޮންމެ މުވައްޒަފަކަށްވެސް ވަކިވަކިން އަޅުގަނޑު ޝުކުރު އަދާކުރަން.” ކާރލް އިތުރަށް ވިދާޅުވިއެވެ.

ބޭންއޮފް މޯލްޑިވްސް އަކީ ރާއްޖޭގައި އެންމެ ބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެއް ކުންފުނިއެވެ. ބޭންއޮފް މޯލްޑިވްސްގައި ދިވެހިންނަށް ވަޒީފާ ދިނުމުގައި ޙާއްސަ އިސްކަމެއް ދޭކަން ފާހަގަކޮށަލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: