ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަވާ އެރުވުމާއި އެކު ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމީ ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ފެސްޓިވަލްއެއް ބާއްވާއިރު ހަވާ އެރުވުމާއިއެކު ކުޑަކުދިންގެ މެދުގައި މަގްބޫލުކަން ހޯދައިފައިވާ ރޮބޯ މޭންވެސް ބައިވެރިވާނެ ކަމަށް މިނިސްޓްރީ އޮފް ސޯޝިއަލް އެންޑް ފެމިލީ ޑިވޮލޮޕްމެންޓް އިން ބުނެފިއެވެ.

“ސަންގު ޓީވީ” ގެ ފުރަމެންދުރު ޕްރޮގްރާމްގައި މިނިސްޓްރީގެ ފަރާތުން މައުލޫމާތު ދެއްވަމުން ސޯޝިއަލް ސާވިސް ވޯކަރ އަދި ކޯޑިނޭޓަރ ވިދާޅުވީ މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދަން ރާވާފައިވާ ފެސްޓިވަލް އޮންނާނީ މި މަހުގެ 10 އަދި 11 ވަނަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި ކަމަށެވެ. ދެ ދުވުގެ މުއްދަތަށް މި ފެސްޓިވަލް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި ދެ ދަންފަޅިއަކަށް ފެސްޓިވަލްގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.

މިގޮތުން އެ ދެ ދުވަހުގެ ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 10 އަށް ފެސްޓިވަލްގެ ހަރަކާތްތައް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. މިގޮތަށް ފެސްޓިވަލްގެ ހަރަކާތްތައް ކުރިއަށްދާއިރު ސްޓޯލް އަދި ސްޓޭޖް ހަރަކާތްކުގެ އިތުރުން އެކި އުމުރުފުރާގެ ކުދިން ޝައުގުވެރިވާނެ ފަދަ އެތައް ހަރަކާތްތަކެއް މި ފެސްޓިވަލްގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

މި ފެސްޓިވަލް ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާއިރު މިނިސްޓްރީގެ ފަރާތުން ރާވާފައިވާނީ ދެ ދުވަހު އެއް ހަރަކާތްތަކެއް ކުރިއަށްގެންދިއުމުގެ ބަދަލުގައި ފުރަތަމަ ދުވަހާ ތަފާތު ހަރަކާތްތަކެއް ދެވަނަ ދުވަހު ކުރިއަށްގެންދާ ގޮތަށް ކަމަށް ވިދާޅުވިއެވެ. މިގޮތުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ފުރަތަމަ ދުވަހު ކުރިއަށްގެންދަން ރާވާފައިވާ ހަރަކާތްތަކުގެ ތެރެއިން ހަވީރުގެ ދަންފަޅީގައި ކުޑަކުދިންގެ މެދުގައި ވަރަށް މަގްބޫލް ކަރެކްޓާ އެއް ކަމަށްވާ ރޮބޯމޭންގެ ހަރަކާތްތަކެއް ކުރިއަށްދާނެކަމަށާއި އަދި ފުރަތަމަ ދުވަހުގެ ރޭގަނޑުގެ ދަންފަޅީގައި ކުޑަކުދިންނަށް ހާއްސަ ބޮޑުބެރުގެ ހަރަކާތްތަކެއް ސްޓޭޖްގައި ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ފުރަތަމަ ދުވަހު މައިގަނޑު ގޮތެއްގައި ސްޓޯލް ހަރަކާތްތައް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާއިރު މިއިން ކޮންމެ ސްޓޯލެއްގައިވެސް ކުދިން ޝައުގުވެރިކަމާއެކު ބައިވެރިވެ މަޖާކުރެވޭނެ ކަހަލަ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފަައިވާ ކަމަށް ވިދާޅުވިއެވެ. ފެސްޓިވަލްގެ ދެވަނަ ދުވަހު ކުރިއަށްދާނެ ހާއްސަ ހަރަކާތްތަކަށް ބަލާއިރު ހަވީރު ފެނުގެ ކުޅިވަރުތަކުގެ އިތުރުން ކޭކު ފެޅުމުގެ ހަރަކާތެއް ކުރިއަށްގެންދާ ގޮތަށްވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީގެ ފަރާތުން ވަނީ މައުލޫމާތު ދީފައެވެ.

ދެވަނަ ދުވަހުގެ ރޭ ކުރިއަށްގެންދަން ރާވާފައިވަނީ މޫވީ ނައިޓެއްގެ ގޮތުގައި ކަމަށައި މީގެ އިތުރުން މި ފެސްޓިވަލް ނިންމާލުމުގެ ގޮތުން ހަވާ އެރުވުމުގެ ހަރަކާތެއް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
10%ވަރަށް ގަދަ 80%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 10%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: