ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަރަންޓު ޑިސްކައުންޓު ހިމަނައި މިރޭ އަލުން ބިލު ފޮނުވަނީ!

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރޯދަ މަހު ބޭނުން ކުރި ކަރަންޓަށް ޑިސްކައުންޓު ލިބޭހެން އަލުން ބިލުތައް ފޮނުވުމުގެ މަސައްކަތް މިރޭ ކުރިޔަށް ގެންދާނެކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.

އާންމު ދިރިއުޅުމުގައި ކުރަން ޖެހޭ ހަރަދުތުތައް ރޯދަ މަހު ބޮޑުވާތީ، ރައީސް އެންމެ ފުރަތަމަ ނިންމެވީ ރޯދަ މަހު ލިބޭ ކަރަންޓު ބިލުން ޑިސްކައުންޓު ދިނުމަށެވެ. އެކަމަކު ހޫނު މޫސުމާއި ވެސް ދިމާވެ، މި އަހަރުގެ ރޯދަ މަހުގެ ކަރަންޓު ބިލު އާދަޔާ ހިލާފަށް ބޮޑުވުމުގެ ޝަކުވާ އާންމު ރައްޔިތުންގެ ވަނީ އިތުރުވެފަ އެވެ.

ބިލުގެ ޑިސްކައުންޓުތަކާއި ގުޅޭގޮތުން ދާދިފަހުން ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުމުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ ވަނީ މީޑިއާތަކަށް މައުލޫމާތު ވެސް ދެއްވާފަ އެވެ.

ޑިސްކައުންޓުތައް ހިމަނައި ބިލުތައް އަލުން ފޮނުވާނެކަމަށް ސްޓެލްކޯ ވަނީ މި ހަފްތާގައި އިއުލާނުކޮށްފަ އެވެ. އަދި ސަރުކާރުން ވެސް ވަނީ، ރައީސް ޑރ. މުހައްމަދު މުއްޒުގެ އެންގެވުމާއި އެއްގޮތަށް ބިލުން ޑިސްކައުންޓު ނުދޭތީ އެކަން ހައްލު ކުރުމަށް އެންގިކަން މީޑިއާތަކަށް މައުލޫމާތު ދީފަ އެވެ.

އެބަދަލު ގެންނާނެ ގޮތަކާއި މެދު ސުވާލު އުފެދިފައި ވަނިކޮށް، ފަހުމީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކަރަންޓު ބިލަށް ފައިސާ ދައްކާފައިވާ ކަސްޓަމަރުންނަށް އެބައި ދެން ލިބޭ ބިލަކުން ހަމަޖައްސާނެ ކަމަށެވެ. ފަހުމީ ވިދާޅުވީ ޑިސްކައުންޓު ހިމެނުމުގެ ކުރިން ދައްކާފައިވާ ބިލްތަކުން، ޑިސްކައުންޓު ހިމެނުމުން ފަރަޤުވާ އަދަދު ޖެހިގެން އަންނަ މަހުގެ ބިލްތަކުން އުނިކޮށްދޭން ނިންމާފައިވާކަމަށެވެ.
ކަރަންޓު ބިލު ބޮޑުވުމުގެ ޝަކުވާތަކަށް ރައީސް އޮފީހުގައި މީގެ ހަފްތާއެއް ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފަހުމީ ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކާއި އެކު އަބަދުވެސް އޭގެ އަސަރު ކަރަންޓު ބިލުތަކުން ފެންނަ ކަމަށެވެ. ރޯދަ މަހަކީ އާންމު ދިރިއުޅުމުގެ ހަރަދު ބޮޑު މަހަކަށްވުމާއި އެކު، އެކަމަށް ލުޔެއް ދިނުމުގެ ގޮތުން ބިލުން ޑިސްކައުންޓެއް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީކަން ފާހަގަކުރައްވައި ފަހުމީ ވިދާޅުވީ ހުރިހާ ޑޮމެސްޓިކް ކޮންސިއުމަރުންނަށް ވެސް އެ ޑިސްކައުންޓު ދީފައިވާނެ ކަމަށެވެ.

ފަހުމީ ވިދާޅުވީ އަލަށް ކަރަންޓުގެ ހިދުމަތް ބޭނުން ކުރަން ފެށި ކަސްޓަމަރުންނަށް ވެސް، އެ މީހުން ކަރަންޓު ބޭނުންކުރި މިންވަރުގެ އެއްވެސް ހިސްޓްރީއެއް ނެތި ވެސް ސަރުކާރުން ނިންމި ރޭންޖުގެ ތެރެއިން ޑިސްކައުންޓު ދެވުނު ކަމަށެވެ.

ވަރަށް ގަދަ
55%ވަރަށް ގަދަ 45%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: