ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމިއްލައަށް ޤާނޫނު ތަންފީޒުކުރަން ނޫޅުމަށް އަދާލަތު ޕާޓީން ގޮވާލައިފި!

ހެންވޭރު ދެކުނު ދާއިރާގެ އިންތިހާބީ މެމްބަރު އިމްރާން ލަތީފާއި، ކުރީގެ މިނިސްޓަރ އިމްރާން އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

އަމިއްލައަށް ޤާނޫނު ތަންފީޒުކުރަން އުޅުމާއި ޤާނޫނުގެ ވެރިކަން ނެގެހެއްޓުމަށް ހުރަސް އެޅުމަކީ އާންމު ރައްޔިތުންގެ ކިބައިންވެސް އަދި ވަކިން ޚާއްސަކޮށް ޤާނޫނު ހެދުމުގެ ޒިންމާ ހަވާލުކުރެވޭ މެންބަރެއްގެ ކިބައިން ވެސް ފެނިގެންވާނެ ކަންކަމެއް ނޫން ކަމަށް އަދާލަތު ޕާޓީން ގޮވާ ލައިފިއެވެ.

އަދާލަތު ޕާޓީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރ ޝައިހް އިމްރާން އަބްދުﷲގެ ކާރުގައި ޕިކަޕެއް ޖެހި އެކްސިޑެންޓެއް ހިނގައި ދިޔުމުން ޕިކަޕް ދުއްވި ޑްރައިވަރަށް މަޢާފް ކުރުމަށް ހެންވޭރު ދެކުނު ދާއިރާގެ އިންތިހާބީ މެންބަރު އިމްރާން ލަތީފް ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ޝައިހް އިމްރާން އަށް މަޢާފް ނުކުރެވޭ ހާލަތުގައި ކާރަށްވީ ގެއްލުން ދެއްވާނެ ކަމަށްވެސް އިންތިހާބީ މެންބަރު އިމްރާން ވަނީ ވިދާޅުވެފައެވެ.

އަދާލަތު ޕާޓީން އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ އިއްޔެ ދަތުރުކުރައްވަމުން ގެންދެވި ކާރުގައި ޕިކަޕެއް ޖެހި އެކްސިޑެންޓެއް ހިނގުމުން, ފުލުހުން އެ ސީނަށް ހާޒިރު ވަންދެން ޝައިޚް އިމްރާން އަދި ޕިކަޕް ދުއްވި ޑްރައިވަރ މަޑުކުރައްވައިގެން ތިއްބަވަނިކޮށް, ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ މެންބަރު އިމްރާން ލަތީފް އެތަނަށް ހާޒިރުވެފައިވާ ކަމަށެވެ.

ޝައިޚް އިމްރާން އަށް ނިސްބަތްކޮށް ދޮގު ތުހުމަތުކޮށް ޕިކަޕް ޑްރައިވަރަށް ނިސްބަތްކޮށް ނިކަމެތި ބަސް ބޭނުންކޮށް ސޯޝަލް މީޑިއާގައި ޕިކަޕް ޑްރައިވަރާއި ޝައިޚް އިމްރާން ފަޟީޙަތްކުރުމަށް ކުރި މަސައްކަތް ކުއްވެރި ކުރާކަމަށް އެޕާޓީން ވަނީ ގޮވާލާފައެވެ. އަދާލަތު ޕާޓީން ބުނެފައިވަނީ މަގުމަތީގައި ހިނގާ އެކްސިޑެންޓްތަށް ފުލުހަށް ރިޕޯޓް ކުރުމުގެ ޤާނޫނީ ޒިންމާއެއް އޮތްއިރު މި ޒިންމާ އަދާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ މެންބަރަކު ހުރަސް އެޅުއްވުމަކީ ތަންފީޒީ އިދާރާތަކަށް ދަތިވާނެ ކަމެއް ކަމަށެވެ.

މީގެއިތުރުން ސިޔާސީގޮތުން ޚިޔާލު ތަފާތުވާ ފަރާތްތަކަށް މަގުމަތިން ދިމާކޮށް ފުރައްސާރަ ކުރުންފަދަ ކަންކަމަކީ ޤާނޫނު ތަންފީޒު ކުރުމަށް ތަންފީޒީ އިދާރާތަކަށް ދަތިވާނެ އަދި މުޖުތަމަޢުގެ މަސަލަސްކަން ގެއްލުމަށް މެދުވެރިވެދާނެ ފަދަ ކަންކަން ކަމަށްވެސް އެޕާޓީން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
45%ވަރަށް ގަދަ 15%ވަރަށް ގަޔާވޭ 27%ބޮޑު ޖޯކެއް 3%ހައިރާންވެއްޖެ 3%ވަރަށް ދެރަ 7%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ބަލަ އިމްރާން މިނިސްޓްރީގައި ހުރި އިރުގޮވިހާ އެއްޗެއްސެއް ކޮބާ ގައުމުގެ އިޖުތިމާއީ ފޭރާން ހަލާކު ކުރިބައެއްތީ ކޮބާ ބުނި ބިޔަލަސް ކަރު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: