ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ އިންތިހާބުގައި އަދާލަތު ޕާޓީއާއި އެމްޑީޕީން ގުޅިގެން މަސައްކަތް ކުރުމުގެ މަޝްވަރާތައް ފަށައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިދިކޮޅު މައި ޕާޓީ އެމްޑީޕީއާއި އަދާލަތު ޕާޓީ ގުޅިގެން މަސައްކަތް ކުރުމުގެ މަޝްވަރާތައް ފަށައިފިއެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ކުރިއަށް ހުރި އިންތިހާބުތަކުގައި ދެ ޕާޓީ ގުޅިގެން ކުރެވިދާނެ ކަންކަން ދެނެގަތުމަށްޓަކައި މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށާއި އަދި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ބައްދަލުވުންތައް ބާއްވާނެ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްޑީޕީއާއި އަދާލަތު ޕާޓީ ގުޅިގެން ކުރިއަށް އޮތް އިންތިހާބުތަކުގައި މަސައްކަތް ކުރުމުގެ މަޝްވަރާތައް ފަށާފައިވާއިރު އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް އެމްޑީޕީއާއި އަދާލަތު ޕާޓީ ނިކުތީ ކޯލިޝަނެއްގެ ތެރެއިންނެވެ.

އެންމެ އަވަހަށް އޮތް ބޮޑު ދެ އިންތިހާބަކީ މާލޭގެ މޭޔަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަނާއި އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެވެ. މާލޭގެ މޭޔަރު ހޮވުމުގެ އިންތިހާބު އޮތީ ޖެނުއަރީ 13 ވަނަ ދުވަހު އެވެ. މަޖިލިސް އިންތިހާބު ބޭއްވުމަށް މިހާރު މަޝްވަރާކުރަނީ ރޯދައިގެ ކުރިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: