ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމިއްލަ ގޮތުން ވާދަކޮށް ހޮވުނު ހަ މެމްބަރެއް ޕީއެންސީއަށް، ޖުމްލަ 72 އަށް!

އަމިއްލަ ގޮތުން ވާދަކުރި ހަ މެމްބަރެއް ޕީއެންސީއަށް ސޮއި ކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކޮށް ހޮވުނު ހަ މެމްބަރެއް ސަރުކާރުގެ މައި ޕާޓީ ޕީއެންސީއަށް ސޮއިކޮށްފި އެވެ.

ވާދަވެރިކަމެއް ފެނިގެން ދިޔަ މަޖިލިސް އިންތިހާބުގައި ސީދާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރި 66 ކެންޑިޑޭޓަކު ގޮނޑި ކާމިޔާބު ކުރި އެވެ. އަދި އަމިއްލަ ގޮތުން ވާދަކޮށްގެން ހޮވުނު 11 މެމްބަރުންގެ ތެރޭގައި ސަރުކާރުގެ ތާއީދު ލިބުނު ހަތަރު މެމްބަރުން ތިއްބެވެ. އިތުރު ދެ ބޭފުޅެއް ހިމެނޭހެން ރޭ ޕީއެންސީއަށް ސޮއި ކުރި މެމްބަރުނާއި އެކު އަންނަ ދައުރުގައި އެ ޕާޓީ ތަމްސީލު ކުރާނެ 72 މެމްބަރުން މަޖިލީހުގައި ތިބޭނެ އެވެ. އެއީ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެވެ.

މުލިއާގޭގައި އޮތް ބައްދަލުވުމުގައި، ރޭ ޕީއެންސީއަށް ސޮއި ކުރި ހަ މެމްބަރުންނަކީ:-

ޑރ. އަނާރާ ނަޢީމް – ހުރާ ދާއިރާ
ޙަސަން ޒަރީރު – މަތިވެރި ދާއިރާ
އަހްމަދު ޒަމީރު – މައްޗަންގޮޅި މެދު ދާއިރާ
އަޙްމަދު ރިޔާޒް – ތިމަރަފުށި ދާއިރާ
ޔާސީން ޢަބްދުﷲ – ނައިފަރު ދާއިރާ
ޢާޒިމް ޢަބްދުލް ޢަޒީޒް – ވިލިނގިލި ދާއިރާ

މީގެއިތުރުން އަމިއްލަ ގޮތުން ގޮނޑި ކާމިޔާބު ކުރި އެހެން ބައެއް ކެންޑިޑޭޓުންގެ ތެރޭގައި، ޕީއެންސީގެ މެމްބަރުންގެ ގޮތުގައި ތިބެ ވަދަކުރި ބޭފުޅުން ހިމެނެ އެވެ. އެހެންކަމުން އަދި އިތުރު ބޭފުޅުން ޕާޓީއަށް ސޮއި ކުރުމުގެ ފުރުސަތު ބޮޑެވެ. އެއީ އަމިއްލަ އިންތިހާބީ މެމްބަރުންގެ ނަން ޕީއެންސީން ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި އިއުލާނުކޮށްފައި ވާތީ އެވެ. އޭގެ ތެރޭގައި އައްޑޫ މީދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހްމާނާއި ރޭ ސޮއި ކުރި ނައިފަރު ދާއިރާގެ އިންތިހާބީ މެމްބަރު ޔާސިންގެ ނަން ވެސް އިއުލާނުކޮށްފައި ވެއެވެ.

ރޭ ބޭއްވި ބައްދަލުވުމުގައި ރައީސް މުއިއްޒު މެމްބަރުންނާއި ދެއްކެވި ވާހަކައިގައި ވަނީ ސަރުކާރާއި އެކު 81 މެމްބަރުން ތިބޭނެކަމަށް ވިދާޅުވެފަ އެވެ. އެމްޑީޕީއަށް ލިބުނު 12 ގޮނޑި ނުހިމަނައި، ބާކީ ދެން މަޖިލީހުގައި ތިބޭނީ 81 މެމްބަރުންނެވެ.

އަމިއްލަ ގޮތުން ހޮވުނު ކެންޑިޑޭޓުން ޕީއެންސީއަށް ސޮއިކުރިއިރު، އެންޓި ޑިފެކްޝަން ގާނޫނެއް ވަނީ ގެނެސްފަ އެވެ. އިންތިހާބީ މަގާމަކަށް ހޮވޭ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭނެކަމަށް ބުނާ އެ ގާނޫނުގައި މެމްބަރުންނަށް އިސްތިއުފާ ދޭން ދީފައި ވަނީ އިހުތިޔާރެކެވެ. އަދި އެ މެމްބަރެއް އައު ދައުރުގެ ހުވާ ކުރުމުގެ ކުރިން ޕާޓީ ބަދަލު ކުރުމުން ދެން ދިމާވާނެ ހާލަތެއް ގާނޫނުގައި ބަޔާންކޮށްފައި ނެތެވެ.

އެކަމާއި ގުޅޭގޮތުން އިލެކްޝަން ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވަނީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކޮށް ކާމިޔާބު ކުރުމަށް ފަހު ހުވާ ކުރުމުގެ ކުރިން ޕާޓީ ބަދަލުކޮށްފި ނަމަ އިލެކްޝަންސް ކޮމިޝަނުން އޭނާ ނިސްބަތްވާ ޕާޓީ ހުވާ ކުރުމަށް ފަހު ފޮނުވުމުން ދެން އަންނާނެ ހާލަތާއި މެދު ސުވާލު އުފައްދަވާފަ އެވެ.

ވަރަށް ގަދަ
32%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 22%ބޮޑު ޖޯކެއް 3%ހައިރާންވެއްޖެ 19%ވަރަށް ދެރަ 11%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: