ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބީ މެމްބަރުން ހަވާ އަރުވަނީ އަމިއްލަ ހަރަދުގައި، ސަރުކާރުގެ ބައިވެރިވުމެއް ނެތް: ހީނާ

ރައްޔިތުންގެ މަޖިލިސް އިންތިހާބުން ސަރުކާރު ކޯލިޝަންއަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަ ކުރުން/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި މެމްބަރުން ހަވާ އެރުވުމުގެ ހަރަކާތްތައް ބާއްވަމުން ދަނީ އަމިއްލަ ހަރަދުގައިކަމަށާއި، އެކަމުގައި ސަރުކާރުގެ ބައިވެރިވުމެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

އައު ދައުރަކަށް ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި މެމްބަރުން ކާމިޔާބީ ފާހަގަކުރުމަށް ހަވާ އެރުވުމުގެ ހަފްލާތައް ބާއްވާއިރު ބައެއް މީހުން ވަނީ އެއީ ސަރުކާރުން ފަނޑުކޮށްގެން ބާއްވާ ހަރަކާތެއްކަމަށް ތުހުމަތުކޮށްފަ އެވެ. ރައްޔިތުންގެ މަޖިލީހުން ލިބުނު ސުޕަ މެޖޯރިޓީއާއި އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ހުރިހާ އިންތިހާބީ މެމްބަރުންނާއި އެކު ބޭއްވި ހަފްލާގައި ވެސް ހަވާ އެރުވި އެވެ.

އެއަށް ފަހު އިންތިހާބީ މެމްބަރުން ދާއިރާގެ މެމްބަރުންނާއި ބައްދަލު ކުރުމަށް ބޭއްވި ހަފްލާތަކުގައި ހަވާ އެރުވި އެވެ. އެކަމުގައި ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް އެބައޮތް ތޯ، ސުވާލު ކުރުމުން ހީނާ ވިދާޅުވީ އެއީ އިންތިހާބީ މެމްބަރުންގެ ޓީމުތަކާއި، ދާއިރާގެ ރައްޔިތުންނަށް ޝުކުރު އަދާކޮށް އުފާފާޅުކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތަކެއްކަމަށެވެ. އަދި އެކަމުގައި ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް ނެތްކަމަށް ހީނާ ވިދާޅުވި އެވެ.

އެއީ  އެބޭފުޅުންގެ ޓީމުތަކާއި އެބޭފުޅުން އުފާފާޅު ކުރުމަށް ކުރަމުންދާކަމެއް… އެއީ އަނެއްހެން ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް އޮތްކަމެއް ނޫން..

މަޖިލީހަށް އިންތިހާބުވުމުގެ އުފާފާޅު ކުރުމަށް މިހާތަނަށް ގިނަ އަދަދެއްގެ އިންތިހާބީ މެމްބަރުން ހަވާއެރުވިއިރު، ވިޔަފާރި އުސޫލުން ރާއްޖޭގައި ހަވާ އަރުވަނީ އެމްއެންޑީއެފްގެ ކުންފުނި ސިފްކޯ އެވެ.

ހަވާ އެރުވުމުގެ އާންމު ރޭޓަކީ މިނެޓަކަށް 1000 ޑޮލަރު، ނުވަތަ ދިވެހި ފައިސާއިން ބަލާނަމަ 15،000 ރުފިޔާއަށެވެ. ގިނަ މެމްބަރުން ހަވާ އަރުވާފައި ވަނީ 3 މިނެޓު ނުވަތަ 5 މިނެޓަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: